
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެންމެ އިސްކަން ދެއްވަނީ ރައްޔިތުން އެދޭ ތަރައްޤީ ހާސިލުކޮށްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފުޅަދޫގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްކުރުމަށް އެންމެހާ ތައްޔާރިތައް ބާރު ސްޕީޑުގައި ގެންދެވިފައިވާތީ، ކުރިއަށް އޮތީ އަމަލީގޮތުން އެކަންކަން ތަންފީޒުކުރުންކަމަށެވެ. އަދި އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ބޭނުމަކީވެސް އެކަމުގެ ޔަޤީންކަން ދެއްވައި، އެ މަޢުލޫމާތު ހިއްސާކުރުންކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ ގާތަށް ވަޑައިގެން ބޭނުންވާ ކަންކަން ބުނުމުގެ ފުރުޞަތުދީ، ރައްޔިތުން ބޭނުންވާގޮތަށް ކަންކަންކުރިއަށް ގެންދިއުމަކީވެސް ދަތުރުފުޅުގެ ބޭނުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފުޅަދޫއަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގުންކަމަށް ވިދާޅުވިއެވެ. އެ މަޝްރޫޢު އަވަހަށް ނިންމުމަކީ ރަށަށް މުހިންމުކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ މަޝްރޫޢަކީ ފުޅަދޫގެ ރައްޔިތުންގެ އާންމު ދިރިއުޅުމާއި، ޓޫރިޒަމް ދާއިރާއިން ކުރިއަށް ދިއުމަށްވެސް މުހިންމު މަސައްކަތެއްކަމަށެވެ. އެހެންކަމުން ވަރަށް އިސްކަންދެއްވައިގެން އެ މަސައްކަތް ބާރު ސްޕީޑުގައި ހިންގައި އަވަހަށް ނިންމައިދެއްވާނެކަމުގެ ޔަޤީންކަންދެއްވާކަމަށް ރައީސް ވިދާޅުވިއެެވެ. ފުޅަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވާކަމަށާއި، މަޝްރޫޢުއަށް ބޭނުންވާ ތަކެތިވެސް މިހާރު ހޯދާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“މިމަހުގެ ތެރޭގައި އެ މަސައްކަތްތައް ފަށައިގަނެވި ވަރަށް އިސްކަންދީގެން ބާރު މިނުގައި ނިންމާނެ މަޝްރޫޢުއެއްކަމުގެ ޔަޤީންކަން ތިބޭފުޅުންނަށް އަޅުގަނޑު ދެން. އޭރުން ތިބޭފުޅުނަށް ދިމާވެފައިވާ ދަތި ފިލުވާލެވުނީ” ފުޅަދޫގައި ގިނަ މަޝްރޫޢުތަކެއް ހިންގަންޖެހިފައިވާކަމަށާއި، އެރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށަކަށްވާތީ، އެރަށަށް ޒިޔާރަތްކުރާ މީހުން ތިބުމަށް ދަތިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރަށުގެ ސިއްޙީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުން ރަށުގައި ޤާއިމްވެ ތިބުމަށް އޮތް ދަތިކަން އޮތުމުން އެކަމަށް ހައްލެއް ގެނެސްދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގައިވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އިސްކަންދެއްވާކަަމަށާއި، އެގޮތުން ރަަށުގައި ޤާއިމްވެ ތިބެންޖެހޭ މުވައްޒަފުން ތިބުމަށް އެކަމޮޑޭޝަން ބްލޮކެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހިންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އޭރުން ބޮޑު އަގުގައި ތަންތަން ނަގައިގެން ކުރަންޖެހުން ޚަރަދުތައް ނިމުމަކަށް އައިސް، ހެޔޮ އަގުގައި ކައުންސިލާ ސްކޫލާ ސިއްޙީ މަރުކަޒަށްވެސް ފަސޭހަވާނެ” ރައީސް ވިދާޅުވިއެވެ. ފުޅަދޫގައި ދުއިސައްތަ ސާޅީހަށްވުރެ ގިނަ އެނދާއެކު 16 ގެސްޓު ހައުސް އަންނަނީ ހިންގަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ސިއްޙީ ދާއިރާއަށް މުހިންމު ކަންތައްތަކެއް އެބަހުރިކަމަށާއި، އެގޮތުން ލެބޯޓްރީ ޤާއިމްކުރުމަކީ ހުރިހާ ރަށެއްގައި ކުރާނެ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ފުޅަދޫ ސިއްޙީ މަރުކަޒުގެ ގޯތީގެ ތެރޭގައި ސިއްޙީ މަރުކަޒުގެ އައު ޢިމާރާތެއް ބިނާކޮށް، ލެބޯޓްރިއާއި އެހެން ޚިދުމަތް ފަށްޓަވައިދެއްވާނެކަމަށާއި، އެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އާބާދީގައި 416 މީހުން ހިމެނޭ ފުޅަދޫގައި ދިރިއުޅޭނީ ދުއިސައްތައެއްހާ މީހުންނެވެ. ފުޅަދުއަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ މީހުންވެސް ގިނަ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ލެބޯޓްރީއާއި ސިއްޙީ އެހެނިހެން ޚިދުމަތްތައްވެސް ޤާއިމްކުރުމުން އެފަރާތްތަކަށް ފަރުވާ ހޯދުމަށް ލުއިތަކެއް ލިބޭނެކަމަށް ވިދާޅުވެފައެވެ. ތަޢުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެދާއިރާއަށް ސަމާލުކަންދީގެން މަޝްރޫޢުތައް ކުރިއަށް ގެންދާނެކަމަށެވެ، އަދި ކުޅިވަރުގެ ދާއިރާއިން ކޮންމެ ރަށެއްގައިވެސް ހިންގާ މަޝްރޫޢުތައް ފުޅަދޫގައިވެސް ކުރިއަށްދާނެކަމަށާއި އެގޮތުން މިއަހަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފުޅަދޫގައިވެސް ފެށުމަށް ތައްޔާރުުފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވޮލީ ކޯޓެއް އެޅުމުގެ މަޝްރޫޢުއެއްވެސް ހިމަނުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން އިސްކަންދީގެން ހުރިހާ ކަމެއް ފުރިހަމަ ފުޓްސަލް ދަނޑު ތަރައްްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފުޅަދޫގެ ތަރައްޤީ ކުރިއަށް ގެންދާނީ ތަރުތީބުކުރެވިގެންކަަމަށާއި، ފުޅަދޫއަކީ ޓުރިޒަމުގައި މުހިންމު ރަށެއްކަމަށްވެފައި، ރައްޔިތުން އެދޭގޮތަށް އެރަށާއި ކައިރީގައި އޮތް އިންނަފުށި ރަށު ކައުންސިލަށް ލިބޭނެގޮތް ހައްދަވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންނަފުށި ކައުންސިލާ ހަވާލުކުރާނީ އެރަށަށް ލިބޭ އާމްދަނީވެސް ރަށަށް ލިބޭނެގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފުޅަދޫގައި މިސްކިތެއް ބިނާކުރުމަށްވެސް ނިންމާފައިވާކަމަށާއި، އެ މަސައްކަތް އަންނަ އަހރުގެ ބަޖެޓުގައި ހިމަނާނެކަމަށެވެ. އަދި އެމަނިކުފާނުގެ ހުރިހާ ޝަޢުގުވެރިކަމެއްވެސް އޮތީ ރައްޔިތުން އެދޭ އަމާޒަށް ތަރައްޤީ ގެންގޮސްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
