
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
ފަލަސްޠީނުގެ ޣައްޒާގެ ކިޔަވާ ކުއްޖެއް ކަމަށްވާ މަހާ ޢަލީ ކުޑައިރުއްސުއް ދެކެމުން އައި ހުވަފެނަކީ ނޫސްވެރިއަކަށް ވުމުގެ ހުވަފެނެވެ. އޭނާ އުއްމީދު ކުރަމުން ދިޔައީ ކިޔަވައި މޮޅު މީހަކަށްވެ، ކޮންމެވެސް ދުވަހަކުން ނޫސްވެރިއެއްގެ ވަޒީފާ ޢަދާކޮށް ޣައްޒާގެ ޚަބަރުތައް މުޅި ދުނިޔެއަށް ފޯރުކޮށްދޭ އަޑަަކަށް ވުމަށެވެ. ނަމަވެސް މިއަދު މަހާއާއި ފޮނި އުއްމީދުތައް ކުރަމުން އައި ޣައްޒާގެ އެހެން ދަރިވަރުންގެ އޮތީ އެންމެ އަމާޒެކެވެ. އެއީ ކާނެބޯނެ އެއްޗެއް ހޯދައި، ބަނޑުފުރާނަ މުއްތިކޮށް ދިރިހުރުމެވެ. ޣައްޒާގެ ރައްޔިތުން ނަސްލޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ލާސިންސާނީ ޙަމަލާތައްދީ އެތައް ބަޔަކު ޝަހީދުކުރަމުންދާއިރު، މަހާ ދިރިއުޅެމުންދަނީ ސުންނާފަތިވެފައިވާ ޣައްޒާގެ އިސްލާމިކް ޔުނިވަސިޓީގެ އިމާރާތުގައެވެ. ޣައްޒާގެ މައި ތަޢުލީމީ މަރުކަޒެއްގެ ގޮތުގައި ކުރިން ހިންގަމުން ދިޔަ މި އިމާރާތް މިއަދު ވެފައި މި ވަނީ ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުންނަށް ހިޔާވަހިކަންދޭ މަރުކަޒަކަށެވެ. ޣައްޒާގެ ހުރިހާ ތައުލީމީ މަރުކަޒުތަކަކީ މިއަދު މި ޙާލަތުގައި ހުރި އިމާރާތްތަކެވެ.
“އަހަރެމެން ބޭނުންވަނީ ދިރި ހުންނަން ކަމަށް އަހަރެމެން އަބަދު ވެސް މި ދަނީ ބުނަމުން. އަހަރެމެން ބޭނުންވަނީ ތަޢުލީމު އުނގެނި، މޮޅު ބަޔަކަށް ވާން. އެކި ތަންތަނަށް ދަތުރުކޮށް، ދުނިޔެ ބަލައިލަން ވެސް އަހަރެމެންގެ ހިތް އެދޭ. އެކަމަކު މިއަދު އަހަރެމެން އެންމެ ހިތްއެދޭ ކަމަށް ވެފައި މި ވަނީ ކާނެ އެއްޗެއް ލިބުން،” މަހާ ބުންޏެވެ. މަހާއަކީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގެ ސަަބަބުން ތަޢުލީމު އުނގެނުމުގެ ފުރުޞަތުން މަހުރޫމުވެފައިވާ ޣައްޒާގެ ޒުވާން ޖީލަށް ނިޞްބަތްވާ ޒުވާނެކެވެ. ޔަހޫދީންގެ ޙަމަލާތަކުގައި މަދަރުސާއަކަށް ހަސްފަތާލަކަށް ނުބަލައި ވަރުގަދަ ޙަމަލާތައް ދެމުންދާއިރު، އެ ސަހަރުގެ އެ ފަދަ އެންމެހާ މަރުކަޒުތައް މިއަދު ވަނީ ބިމާ ހަމަވެ ވީރާނާވެފައެވެ ޔަހޫދީންގެ ޙަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 61،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
ފަލަސްޠީނުގެ ތަޢުލީމީ ވަޒީރު، އަމްޖަދު ބަރްހަމް ވިދާޅުވީ ޣައްޒާގެ މަދަރުސާތަކާއި ޔުނިވަސިޓީތަކަށް ޔަހޫދީން ޙަމަލާދީ ސުންނާފަތިކުރަމުން ދަނީ ވަކި މަޤްޞަދެއް ޙާޞިލް ކުރުމަށްޓަކައި ޚާއްޞަ ރޭވުމެއްގެ ދަށުން ކަމަށެވެ. އޭނާ ވިދާޅުވީ ޣައްޒާގެ 307 މަދަރުސާގެ ތެރެއިން 293 މަދަރުސާ ޔަހޫދީންގެ ޙަމަލާތަކުގައި ސުންނާފަތިވެފައިވާ ކަމަށެވެ. ޔަހޫދީންގެ މަޤްޞަދަކީ ޣައްޒާގެ ދަރިންގެ ހިތުގައިވާ އުންމީދުގެ ހުޅުކޮޅު ނިވައިލުން ކަމަށް އޭނާ ވިދާޅުވިއެވެ. އދގެ އިންސާނީ އެހީދިނުމާ ގުޅޭ އިދާރާ، އޯސީއެޗްއޭއިން ބުނީ މިދިިޔަ ޖުލައި މަހުގެ ތެރޭގައި ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާއަށް ލިބިފައިވާ ގެއްލުން ވަޒަންކުރުމަށް ސެޓެލައިޓް މެދުވެރިކޮށް ބެލިބެލުމުން އެނގިގެން ދިޔައީ ޣައްޒާގެ މަދަރުސާތަކުގެ 97 އިންސައްތައަށް ޔަހޫދީންގެ ޙަމަލާތަކުގައި އެކިވަރުގެ ގެއްލުން ލިބިފައިވާކަން ކަމަށެވެ. އޭގެ ތެރެއިން 91 އިންސައްތަ މަރުކަޒު އަލުން ބޭނުން ކުރެވޭނީ ބޮޑެތި މަރާމާތުތައް ކޮށްގެން ނުވަތަ އަލުން އެ އިމާރާތްތައް ބިނާކޮށްގެންނެވެ.
އޯސީއެޗްއޭއިން އިތުރަށް ބުނީ ޣައްޒާއަށް ކިޔަވައިދިނުމަށް ބޭނުންކުރާ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާ ކަމަށެވެ. މި ސަބަބުތަކާހުރެ ޣައްޒާގައި ތަޢުލީމު ދިނުމަށް ބޮޑެތި ހުރަސްތައް ވަނީ ކުރިމަތިވެފައެެވެ. އުމުރުން 19 އަހަރުގެ ޔާސްމީން އަލް ޒަޢްނީން އޭނާ ދިރިއުޅެމުންދާ ފޭލިގޭގައި ވަގުތު ހޭދަކުރަނީ އޭނާ އުނގެނެން ބޭނުން ކުރާ ފޮތްތަކުގެ ތެރެއިން ޔަހޫދީންގެ ޙަމަލާތަކުގައި ސަލާމަތްވި ފޮތްތަކާ އެކުގައެވެ. މާޒީގެ ހަނދާންތައް އައު ކުރަމުން ޔާސްމީން ބުނީ އޭނާއަކީ ކިޔެވުމަށް ވަރަށް އަހައްމިއްޔަތުކަން ދިން ޒުވާނެއް ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެފައިވާ ކަމަށާއި، ނަ އަހަރުތަކެއްގެ ބުރަ މަސައްކަތުން އަމިއްލަ ނަފްސަށްޓަކައި ބިނާކުރި ހުރިހާ ކަމެއް ހިނދުކޮޅެއްގެ ތެރޭގައި ގެއްލިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޣައްޒާގެ އަޒްހަރު ޔުނިވަސިޓީގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނޭ އުމުރުން 19 އަހަރުގެ ސަޖާ އަޛްވާން ވެސް އޭނާގެ ޢާއިލާއާއެކު މިހާރު ދިރިއުޅެމުންދަނީ ޣައްޒާގެ މަދަރުސާއެއްގައެވެ. އޭނާ އެއް ޒަމާނެއްގައި އެ ތަނެއްގައި ތަޢުލީމު ޙާޞިލް ކުރި ޔުނިވަސިޓީއަށް ޔަހޫދީން ބޮންއެޅި ގޮތް އޭނާ ކިޔައިދިނެވެ. ހަނގުރާމައިގެ ޙާލަތުގައި އޭނާގެ ފޮތްތަކާއި ކިޔެވުމަށް ބޭނުންކުރާ ހުރިހާ ސާމާނު ވަނީ ގެއްލިފައެވެ. އޭނާގެ ސިކުނޑި ތާޒާކޮށް ބެހެއްޓުމަށް އޭނާގެ ޚިޔާލުތަކާއި ލިބިފައިވާ މަޢުލޫމާތު، އަތުގައި ހުރި މަދު ކަރުދާހުގައި ލިޔެއުޅެއެވެ. “އަހަރެންގެ އެންމެހާ ހަނދާންތަކާއި ހުވަފެންތަކާއި ލަނޑުދަނޑިތައް ގުޅިފައި ވަނީ އަހަރެން ކިޔަވަން ދިޔަ ޔުނިވަސިޓީއާ. އަހަރެން ދިޔައީ އަހަރެންގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަމުން. އެ ތަނަކީ އަހަރެންގެ ދިރިއުޅުން. އެ ތަނަށް ދިޔުމުން އަހަރެންގެ ސިކުނޑިއަށް ތާޒާކަން ލިބޭ،” ސަޖާ ބުންޏެވެ.
ޣައްޒާގެ ދަރިވަރުންނަށް އަނބުރާ ކުލާސްތަކަށް ދެވޭނީ ކޮން އިރަކުން ކަމެއް ލަފާކުރަން ދައްޗެވެ. ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު މެދުވެރިންގެ އެހީއާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އަދިވެސް އާދެވިފައެއް ނުވެއެވެ. ޢުދުވާން ހުއްޓައިލުމުގެ ބަދަލުގައި ޔަހޫދީން އަދިވެސް ރާވަމުން ދަނީ ޣައްޒާގައި ކުރިއަށް ގެންދާ އަސްކަރީ ޙަރަކާތް އިތުރަށް ފުޅާކޮށް، މުޅި ޣައްޒާ އިސްތިއުމާރު ކުރާށެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
