
އެމެރިކާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް 26000 ވޮލަންޓިއަރުން ހޯދަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން މަސައްކަތް ފަށައިފި އެވެ. އެ ޖަމާއަތުން ބުނީ ފުރަތަމަ ފަހަރަށް 48 ގައުމު ބައިވެރިކޮށްގެން ކުޅޭ ދުނިޔޭގެ އެންމެ ޝަރަފުވެރި އަދި އެންމެ މަގުބޫލު މުބާރާތަށް މިހާ ގިނަ އަދަދަށް ވޮލަންޓިއަރުން ބޭނުންވަނީ ކުޅޭ ޓީމުތަކުގެ އަދަދާއި މުބާރާތް ކުޅޭ ސިޓީތަކުގެ އަދަދު އިތުރުވުމުން ކަމަށެވެ. ފީފާއިން ނިންމާފައިވަނީ މި މުބާރާތް އެމެރިކާގެ އިތުރުން ކެނެޑާ އާއި މެކްސިކޯގައި ވެސް ކުޅުމަށެވެ. މި ގޮތުން މި ތިން ގައުމުގެ 16 ސަރަހައްދެއްގައި މެޗުތައް ކުޅޭނެ އެވެ. ޖުމުލަ 39 ދުވަހަށް ދިގުދެމިގެންދާ މުބާރާތް އޮންނާނީ އަންނަ އަހަރުގެ ޖޫން 11 އިން ފެށިގެންނެވެ.
“ވޮލަންޓިއަރުންނަކީ ފީފާގެ މުބާރާތްތަކުގެ ހިތް، ފުރާނަ. އެހެންވީމާ ވޮލަންޓިއަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް މި މުބާރާތަށް ވެސް ބޭނުންވާނެ. ހާއްސަކޮށް މުބާރާތް ކުޅޭ ސަރަހައްދުތަކުން ވޮލަންޓިއަރުން ލިބިއްޖެނަމަ ވަރަށް ފަސޭހަވާނެ،” ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވި އެވެ. ފީފާއިން އަންދާޒާ ކުރަނީ މި މުބާރާތް ބަލަން 6.5 މިލިއަން މީހުން ދާނެ ކަމަށެވެ. އެއީ އެމެރިކާއިން 3.7 މިލިއަން މީހުންނާއި މެންސިކޯގައި 1.5 މިލިއަން މީހުން އަދި ކެނެޑާގައި 1.3 މިލިއަން މީހުން ހިމެނޭ ގޮތަށެވެ. ފީފާ ވޯލްޑް ކަޕް އެންމެ ފަހުން ބޭއްވީ ގަތަރުގަ އެވެ. ފީފާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މުބާރާތް 1.6 ބިލިއަން މީހުން ވަނީ ބަލައިފަ އެވެ. ވޯލްޑް ކަޕް 48 ޓީމަށް ބަދަލު ކުރުމަކީ ބައެއް ގައުމުތަކުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމެކެވެ.
ނަމަވެސް ފީފާއިން ބުނީ މިއީ ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށާއި ފީފާ ވެސް ގިނަ ގައުމުތަކަށް ވޯލްޑް ކަޕުގައި ތަޖުރިބާ ކޮށްލަން ފުރުސަތު ދިނުމަކީ އެ ޖަމާއަތުން އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މެޗުތައް ގިނަވެގެން ނުވަތަ މުބާރާތް ދިގުވެގެން މައްސަލަ ޖައްސަންޖެހޭ ފަދަ ކަމެއް ދިމާވާ ނުވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
