
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިޔާއާއި އެ ޤައުމުގެ ބައެެއް ސަރަޙަައްދީ ބައިވެރިން ހިމެނޭ ގޮތަށް މިޔަންމާއަށް ވަފުދެއް ފޮނުވުމަށް ނިންމާފައިވާ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާޙިމް އިޢުލާނުކުރައްވައިފިއެވެ. ދެކުނު ބަންގްލަދޭޝްގައި ހުންނަ ރެފިއުޖީ ކޭމްޕުތަކުގައި ރޮހިންޔާގެ އެއް މިލިޔަނަށް ވުރެ ގިނަ ރެފިއުޖީން ތޮއްޖެހިގެން ދިރިއުޅެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ 2017ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ރެފިއުޖީންނަށް އިންތިހާ ދަރަޖައަށް އަނިޔާވެރިވުމުން މިޔަންމާއިން ފިލާފައިވާ މީހުންނެވެ. ނަމަވެސް އެއަށްވުރެ ކުރިންސުރެ ވެސް އެ ކޭމްޕުތަކުގައި ދިރިއުޅެމުން އައި ރެފިއުޖީން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
މިޔަންމާގެ މީސްމަދު ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ކުރާ އަނިޔާއާއި ގޯނާތަކުގެ ސަބަބުން މިޔަންމާއާއި ބަންގްލަދޭޝުން ޙިއްޞާ ކުރާ ސަރަޙައްދީ ރޮނގު ހުރަސްކޮށް، ބަންގްލަދޭޝްގެ ހިމާޔަތް ހޯދުމަށް ގިނަ ޢަދަދެއްގެ މީހުން އެ ޤައުމަށް އެތެރެވެއެވެ. ޔޫއެންއެޗްސީއާރުން ބުނީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށް މުޅިން އަލަށް 150،000އަށްވުރެ ގިނަ ރޮހިންޔާ ރެފިއުޖީން ހިޖުރަކޮށްފައިވާ ކަމަށެވެ. ރޮހިންޔާގެ ރެފިއުޖީންގެ ހައްޤުގައި ވަކާލާތުކުރުމަށް މިޔަންމާއަށް ވަފުދެއް ފޮނުއްވާނެކަން އަންވަރު އިޢުލާނުކުރައްވާފައި ވަނީ ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ އިސްވެރިޔާ، މުޙައްމަދު ޔޫނުސް، އެ ޤައުމަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅެއްގެ ތެރޭގައެވެ.
ޔޫނުސްއާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަންވަރު ވިދާޅުވީ މި ވަގުތު އެންމެ ޚާއްޞަ އިސްކަމެއް ދެއްވަނީ މިޔަންމާގައި ޞުލްޙަ ޤާއިމުކުރުމަަށާއި ދަތިތައް ތަޙައްމަލްކުރަމުންދާ މީހުންނަށް ތަސައްލީއެއް ހޯދައިދިނުމަށް ކަމަށެވެ. އޭގެ ތެރޭގައި ރެފިއުޖީންނަށާއި ދުވަސްކޮޅެއް ކުރިން އައި ބާރުގަދަ ބިންހެލުމެއްގައި ޙާލުގައި ޖެހުނު މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަންވަރު ވިދާޅުވި މިޔަންމާއަށް ދަތުރުކުރާ ވަފުދުގެ ކަންކަން ވިލަރެސްކުރައްވާނީ މެލޭޝިޔާގެ ޚާރިޖީ ވަޒީރު ކަމަށެވެ. ކުރިއަށް އޮތް ހަފްތާތަކުގައި އެ ވަފުދު މިޔަންމާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، މެލޭޝިޔާއާއި ބަންގްލަދޭޝްގެ އިތުރުން އިންޑޮނޭޝިޔާއާއި ފިލިޕީންސްއާއި ތައިލެންޑުގެ މަންދޫބުން ވެސް އެ ވަފުދުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް އަންވަރު ވިދާޅުވިއެވެ. ދެކުނު އިރުމަތީ އޭޝިޔާގެ އިއްތިޙާދު، އާސިއާންގެ މުޤައްރިރުގެ މަޤާމުގައި ހުންނެވި އަންވަރު އިތުރަށް ވިދާޅުވީ އެތައް ހާސް ރޮހިންޔާ ރެފިއުޖީންގެ ކަންކަން ބެލެހެއްޓުމުގެ ބުރަ ބަންގްލަދޭޝުން އުފުލަންޖެހޭތީ ޤައުމުތަކުން ކަންބޮޑުވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
