
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް ނިސްބަތްވާ 50 މީހުން މަރައިލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ މި އަސްކަރީ އޮޕަރޭޝަނުގައި، މި ހަނގުރާމަވެރިންތައް މަރާލާފައިވަނީ އެ ޤައުމުގެ ހުޅަނގު ދެކުނު ސަރަޙައްދެއް ކަމަށްވާ ބަލޮޗިސްތާނު ޕްރޮވިންސުގައި ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުންޏެވެ.
ބަލޮޗިސްތާނަކީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ޙަރަކާތްތެރިވާ ހަލަބޮލި ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ޕާކިސްތާން ޠާލިބާނާއި މަނާކޮށްފައިވާ ބަލުޗް ލިބަރޭޝަން އާމީއިން ވެސް ޙަރަކާތްތެރިވެއެވެ. ވަކިވެގަނެފައިވާ ޖަމާޢަތްތަކުން ބޭނުންވަނީ ޕާކިސްތާނުގެ މައި ސަރުކާރާ ވަކިވާށެވެ. އެ ސަރަޙައްދުގައި ދޭ ޙަމަލާތަކާއި ހިނގަމުންދާ ހަމަނުޖެހުންތައް ބޮޑުތަނުން ހުއްޓުވާފައިވާ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނި ނަމަވެސް، އެ ސަރަަޙައްދުގައި ޙަމަލާތަކާއި ލޭއޮހޮރުވުންތަައް އަދިވެސް ހިނގައެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިން ހުއްޓުވުމަށް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ޕާކިސްތާނުން އަބަދު ވެސް ތުހުމަތުކުރެއެވެ. ނަމަވެސް އަފްޣާނިސްތާނުން އެ ތުހުމަތުތައް ދޮގުކުރެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
