
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގެ އިރުމަތީ ސޫމީ ސަރަޙައްދުގައި އޮތް ދެ އަވަށެއް އެ ޤައުމުގެ އަސްކަރިއްޔާގެ ކޮންޓުރޯލުގެ ދަށަށް ގެންގޮސްފިއެވެ. އެއީ، ސްޓޯޕިން އަދި ނޯވޯކޮސްޓިޔަންޓިނިވްކާއެވެ. އެ ސަރަޙައްދަށް އަތްގަދަކޮށްގެން ތިބި ރަޝިޔާގެ ފައުޖުން އެ ދެ އަވަށް މިނިވަން ކޮށްފައި މި ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޮގަސްޓު 15ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން އޮންނާނީ އެމެރިކާގެ އެލެސްކާގައެވެ. ސްޓޯޕިން އަދި ނޯވޯކޮސްޓިޔަންޓިނިވްކާ މިނިވަން ކުރެވިފައިވާ ކަން ޔޫކްރެއިންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު އެލޮކްސާދްރަ ސިޔެރްސްކީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. “އެ ކަން ވަރަށް އުނދަގޫ. އަޅުގަނޑުމެންގެ ފައުޖުތަކުން ދަނީ ދުޝްމަނުންގެ ލަޝްކަރުތައް ހިފަހައްޓަމުން،” ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ސިޔެރްސްކީ ވިދާޅުވިއެވެ.
ސޫމީ ސަރަޙައްދުގައި ރަޝިޔާގެ ފައުޖުތަކުން އަތްގަދަ ކޮށްފައިވާ ރަށްތަކާއި އަވަށްތައް މިނިވަން ކުރުމަށް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ހިންގަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޓޯޕިން އަދި ނޯވޯކޮސްޓިޔަންޓިނިވްކާ މިނިވަން ކުރުމުގެ އެއް ދުވަސް ކުރިން ޔޫކްރެއިންގެ ފައުޖުން ވަނީ އެ ސަރަޙައްދުގައި އޮތް އެހެން އަވަށެއް ކަމުގައިވާ ބަޒްސަލިވްކާ ވެސް މިނިވަން ކޮށްފައެވެ. ޕުޓިންއާއި ޓްރަމްޕާ ދެމެދު ބާއްވާ ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. އެ ބައްދަލުވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެކުލަވައިލެވޭ އެއްބަސްވުމެއްގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ބިން ބަދަލު ކުރަން ޖެހުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. ނަމަވެސް، މިއީ ޔޫކްރެއިނުން ވެސް އަދި ރަޝިޔާއިން ވެސް ރުހޭނެ ކަމެއް ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޔޫކްރެއިންގެ ފައުޖުން ސޫމީ ސަރަޙައްދުގެ ބައެއް އަވަށްތައް މިނިވަން ކޮށްފައި މި ވަނީ، އެ ޤައުމުގެ އިރުމަތީގައި އޮތް ދޮންބާސްގައި ހިމެނޭ ދޮންޏެސްކުގެ ގިނަ ރަށްތަކަކާއި އަވަށްތަކަކަށް ރަޝިޔާގެ ލަޝްކަރުން އަތްގަދަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދެ ޤައުމުގެ ފައުޖުތަކުގެ ދެމެދުގައި ވަރުގަދައަށް ޙަމަލާ ބަދަލު ކުރަމުންދާ ހަނގުރާމައިގެ ކުރީ ސަފުގެ ދިގުމިން 1,000 ކިލޯމީޓަރަށް ވަނީ ދެމިގެން ގޮސްފައެވެ. ޔޫކްރެއިންގެ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ސޫމީގެ 200 އަކަކިލޯމީޓަރުގެ ސަރަޙައްދެއް މި ވަގުތު އޮތީ ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށުގައި ކަމުގައެވެ. އަދި، މުޅި ޔޫކްރެއިންގެ 114,000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އޮތީ ރަޝިޔާގެ ކޮންޓުރޯލުގެ ދަށުގައެވެ. އެއީ، ޔޫކްރެއިންގެ ބިމުގެ ފަސްބައިކުޅަ އެއްބައެވެ. އޭގެ ތެރޭގައި ދޮންބާސްގައި ހިމެނޭ ދޮންޏެސްކާއި ލުހާންސްކްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ގިނަ ރަށްތަކެއް ހިމެނެއެވެ. މީގެ އިތުރުން، ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ 2014ވަނަ އަހަރު ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ބިމެކެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
