
އޭނާއާ މެދު ފްރާންސްގެ ޕެރިސް ސެންޓް ޖަމައިންއިން ކަންތައްތައް ކުރި ގޮތުން ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެ ކަމަށް ބުނެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރޫމާ އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ. އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ދޫކޮށްލި މެސެޖްގައި ބުނެފައިވަނީ ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެ ކަމަށާއި އޭނާއާ މެދު ކަންތައްތައ ކުރި ގޮތުން އެވަރަށް ދެރަ ވެއްޖެ ކަމަށެވެ. ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތް ނަމަވެސް ޕީއެސްޖީން ވަނީ ޑޮންނަރޫމާ އެ ކުލަބުން އެންމެ އަވަހަށް ކުޅެން އޮތް ޔޫއޭފާ ސުޕަ ކަޕް ފައިނަލް މެޗުގެ ސްކޮޑުގައި ނުހިމަނައި ދޫކޮށްލައިފަ އެވެ. މިއީ އޭނާ ބޭނުން ކުލަބަކަށް ބަދަލުވުމަށް ދިން ފުރުސަތެކެވެ.
ޑޮނަރޫމާ އާއި ޕީއެސްޖީ މައްސަލަ ޖެހިގެން އުޅެނީ ކޮންޓްރެކްޓް އައު ކުރުމުގެ ތެރޭގަ އެވެ. އޭނާ އަކީ އެ ކުލަބުގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް ޕީއެސްޖީން މިހާރު ބޭނުންވަނީ 26 އަހަރުގެ ޑޮންނަރުންމާއާ އެކު ކުރިއަށް ދިއުމުގެ ކުރިން އެ ކުލަބުގެ ޕޮލިސީތަކަށް އޭނާ އެއްބަސްވުމަށެވެ. މި ގޮތުން ފުރަތަމަ ކަމަކީ އެ ކުލަބުގެ އައު މުސާރައިގެ އޮނިގަނޑަށް ޑޮންނަރުންމާ އެއްބަސްވުމެވެ. އޭނާގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. މި އެއްބަސްވުން އައު ކުރަން ދެ ފަރާތުން މިހާތަނަށް ދެއްކި ވާހަކަތަކަށް ކޮޅެއްގައި ނުޖެހި އޮތީ ވެސް އައު މުސާރައިގެ އޮނިގަނޑަށް ޑޮންނަރުންމާ އެއްބަސް ނުވާތީ އެވެ. ސަބަބަކީ އެ އޮނިގަނޑުގެ ދަށުން އޭނާ އަށް މިހާރު ލިބޭ މުސާރަ ބޮޑުތަކުން ކުޑަވާނެތީ އެވެ.
ޑޮންނަރުންމާ އަކީ ހުސްވި ސީޒަނުގައި ޕީއެސްޖީގެ ތާރީހުގައި އެކުލަބަށް އަލަށް ލިބުނު ބޮޑު ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. ފްރާންސް ކަޕާއި ފްރާންސް ލީގު އަދި ފުރަތަމަ ފަހަރަށް ޔޫރަޕިއަންސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ އޭނާގެ ހުށިޔާރު ކަމާއެކުގަ އެވެ. މިއަށް ފަހު ފީފާ ކުލަބު ވޯލްޑް ކަޕް ފައިނަލަށް އެ ޓީމު ދަތުރު ކުރީ ވެސް އޭނާ ގޯލުގައި ހުރެގެންނެވެ. ނަމަވެސް ކޮންޓްރެކްޓާ މެދު ގޮތެއް ނުނިމުމުން އެ ކުލަބުން ވަނީ ފުރަތަމަ 11ގައި ކުޅެން ކީޕަރުން ގެންނަން ފަށައިފަ އެވެ. މި ގޮތުން ގެނައި ކީޕަރަކީ ފްރާންސްގެ ލިލްއަށް ކުޅޭ ކީޕަރު ލޫކަސް ޝިވަލިއާ އެވެ. އޭނާ ގެނައީ 40 މިލިއަން ޑޮލަރު ދީފަ އެވެ. މީގެ އިތުރުން ވެސް ބައެއް ކީޕަރުން ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ޑޮންނަރޫމާ އަށް ޝައުގުވެރިވާ ކުލަބުތަކުގެ ތެރޭގައި އޭނާގެ ގައުމު އިޓަލީ އާއި އިނގިރޭސިވިލާތުގެ ކުލަބުތައް ހިމެނެ އެވެ. އިޓަލީގެ އިންޓަމިލާނުން އޭނާ އަށް ޝައުގުވެރިވި ނަމަވެސް މިހާތަނަށް ބިޑެއް ނުކުރެ އެވެ. އިނގިރޭސިވިލާތުން މިކަމާ އުޅެނީ މެންޗެސްޓާ ގެ ދެ ކުލަބެވެ. މީގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑުން އޭނާ ގަތުމަށް ޕީއެސްޖީއާއެކު ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް ކުޅުންތެރިޔާޣެ މުސާރަ ބޮޑުވުމާއި އޭނާ ވިއްކަން ޕީއެސްޖީ ކިޔާ އަގު 50 މިލިއަން ޔޫރޯ އަށް ވުރެ މަތިވާތީވެ މި ވާހަކަތައް ވަނީ މަޑުޖެހުން އައިސްފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
