
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަންހެނުންނަށް ވަރަށް ހާއްސަ ކުޅިވަރެއްގެ ގޮތުގައި ފާހަގަކުރެވޭ ހޭންޑް ބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ތުޅާދޫގައި ފައްޓަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ތުޅާދޫގެ ރައްޔިތުން ހޭންޑް ބޯޅަ ކޯޓަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭކަމެއްކަމަށެވެ.
”ކުޅިވަރު ދާއިރާއިން އަޅުގަނޑު ފާހަގަކޮށްލަން އިރަަދުކުރެއްވިއްޔާ އަންހެން ބޭފުޅުންނަށއ ވަރަަސް ހާއްސަ ކުޅިވަރެއްގޮތުގައި ފާހަގަ ކުރެވޭ އަދި މިރަށުގެ އަންހެން ބޭފުޅުން ވަރަށް ބޮޑަށް އެދޭކަމެއް ހޭންޑްބޯލް ކޯޓު އެޅުން. އެ މަޝްރޫއު އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން ވަރަށް އަވަހަށް“ ރައީސް ވިދާޅުވިއެވެ. ހޭންޑްބޯޅަ ކޯޓުގެ އިތުރުން ބޮޑު ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތްވެސް ތުޅާދޫގައި މިއަހަރުތެރޭގައި ފައްޓަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތުޅާދޫގައި މިހާރު އޮތް ފުޓްސަލް ދަނޑުގެ ބަދަލުގައި އެރަށުގައި އަޅާދެއްވާނީ ސައިޒު ބޮޑު އައު ދަނޑެއް ކަމަަށެވެ.
About Post Author
މާދަމާ ނިއުސް
“އަޚްލާޤީ މިންގަނޑުގެތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޫސްވެރިން ވަކިފަރާތަކަށް ނުޖެހި، އަޚްލާޤީ...
“މީޑިއާއަށް ފަހި މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް މަޞްލަޙަތު”
(ފޮޓޯ ކްރެޑިޓްސް: ރަައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، ދިވެހި ނޫސްވެރިންނަށް ރައްކާތެރި...
ގަލަމުގެ ބާރު ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު!
ކޮންމެ އަހަރެއްގެ މޭ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. 1993 ވަނަ އަހަރުން ފެށިގެން އދ. އިން ފާހަގަކުރާ މި...
ޒުވާނުންނާއި ކުޅިވަރު: އެެއް ވުޒާރާއަކަށް، ހެޔޮ ބަދަލެއްް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނަމަށް ބަދަލުކޮށް، ވަޒީރު އަބްދުﷲ ރާފިޢުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ...
“މައުލޫމާތު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސް ދައުރު ފުރިހަމަ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕީއެސްއެމް ނިއުސްއިން އަދާކުރާ ދައުރު ފާހަގަކުރައްވައި، ވަޒީރު...
ރާއްޖެ-ލަންކާ: އަބަދުވެސް އޮތީ ގާތް ގުޅުމެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާއަކީ 1965 ވަނަ އަހަރުން ފެށިގެން ސިޔާސީ ގުޅުން ގާއިމުކޮށް، ސަގާފީ އަދި އިގްތިސާދީ ގޮތުން ގާތް...
