
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން އިބްރާހިމް ރަމީޒް (އިއްކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ފެށުމުގެ ސަބަބުން އެތުލީޓުންނަށް އިތުރު ކާމިޔާބީތައް ހޯދުމަށް އިތުރު ހިތްވަރެއް ލިބެގެންދާކަމަށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން، އިބްރާހިމް ރަމީޒް (އިބޭ) ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިބްރާހިމް ރަމީޒް ވިދާޅުވީ ސްޕެޝަލް އޮލިމްޕިކްސްއިން ވަރަށް ގިނަ ކާމިޔާބީތަކެއް ފާއިތުވި ހަތަރުވަރަކަށް އަހަރު ރާއްޖޭގެ އެތުލީޓުން ހޯދި ކަމަށާއި އެހެންނަމަވެސް އެކާމިޔާބީތައް ގިނަބަޔަކަށް ނޭންގިދާނެ ކަމަށެވެ. ރަންމެޑަލްތަކާއި ރިހި އަދި ލޯ މެޑަލްވެސް ސްޕެޝަލް އޮލިމްޕިކްސްއިން ރާއްޖެއަށް ލިބިފައިވާކަމަށާއި، އެހެންނަމަވެސް އެ ކާމިޔާބީތައް އަރުޝީފުކުރެވިފައި ނެތްނަމަ އެކަންކަން ނޭންގޭނެ ކަމަށް އިބްރާހިމް ރަމީޒް ވިދާޅުވިއެވެ.
އެހެންކަމުން އަރުޝީފުގެ ތެރެއިން މި މައުލޫމާތު ލިބެން ހުރުމަކީ އެތުލީޓުންނަށް އިތުރު ކާމިޔާބީތައް ހޯދުމަށް ލިބޭނެ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަރޝީފުކުރަން ފެށުމުން، ގިނަ ބަޔަކަށް ކުރިން ނޭންގި ހުރި ކުޅިވަރުގެ ކާމިޔާބީތައް އެނގިގެންދާނެކަމަށާއި ކުރީގެ ކާމީޔާބީތަކާއި ގުޅޭ ފޮޓޯތައް ފެންނުމަކީ އެންމެން އެކަތިގަނޑަކަށް ހެދުމުގެ ވަރަށް ބޮޑު ހިތްވަރަކަށްވެގެންދާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ފެށުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި، މިއީ އެތުލީޓުންނަށް ރަނގަޅު ފިލާވަޅުތަކެއްވެސް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.އަދި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ފެށުމާއި ކުޅިވަރު ވަޒީރުންގެ އަގުވަޒަން ކުރުމަށް ބޭއްވި ޖަލްސާއަކީ ވަރަށް އުފާވެރި ފެށުމެއް ކަމަށާއި، އެކި ފިކުރުތައް އެއްކިބާކޮށް އެއްބައެއްގެ ގޮތުގައި ހުރިހާ ވަޒީރުން ކަހަލަ ގޮތަކަށް އެއް ސްޓޭޖަކުން ފެނުމަކީ އުފާވެރި މަންޒަރެއް ކަމަށް އިބްރާހިމް ރަމީޒް ފާހަގަ ކުރެއްވިއެވެ.
ކުޅިވަރަކީ އެންމެ އެއްބައިވަންތަ ކުރުވާ ކަމެއްކަމަށާއި، ކުޅިވަރުގެ ކާމިޔާބީތައް ފޮޓޯތަކުން ފެންނަން ހުރުމަކީވެސް އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ދާއިރާއިން އެކިއެކި ތެރަޕީތައް ދިނުމާއި ހެލިފެލިވެ އުޅުންފަދަ ކަންކަމަށް ފުރުސަތު ފަހިކޮށްދިނުމަށް އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.
ސްޕެޝަލް އޮލިމްޕިކްސްއިން ރާއްޖޭން ހޯދާފައިވާ ބައެއް ކާމިޔާބީތަކުގެ ތެރޭގައި 2023 ވަނަ އަހަރު ޖަރުމަންގެ ބާލިންގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ބެޑްމިންޓަނުން ރާއްޖޭގެ އައިޝަތު މާނިޔާ އާދަމް ރަން މެޑަލް ހޯދިއެވެ. އަދި 100 މީޓަރު ދުވުމުން އައިޝަތު ލައިކާ ހަސަން ރަން މެޑެލް ހޯދިއެވެ. އަދި ހަމަ އެ މުބާރާތުން ރާއްޖޭގެ ދުވުންތެރިޔާ ޒާނާ އަލީ ޝަރީފް، އެތުލެޓިކްސްގެ 200 މީޓަރު އިވެންޓުން ލޯ މެޑެލް ހޯދިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
