
2025 އޮގަސްޓް 15 ގައި ފަށާ އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަންގައި، ދިވެހިރާއްޖޭގެ ބްރޭންޑް ލިވަޕޫލް އެފްސީގެ އެންފީލްޑް ސްޓޭޑިއަމްގައި އަނެއްކާވެސް ދައްކާލާނެ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުނެފިއެވެ. ވީއެމްސީން ބުނި ގޮތުގައި، މިކަމުގެ ސަބަބުން މިލިއަނަށްވުރެ ގިނަ ބެލުންތެރިންނަށް ރާއްޖޭގެ ބްރޭންޑް ފެންނާނެ ކަމަށާއި، ލައިވް މެޗުތަކާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް 600 މިލިއަން ބެލުންތެރިންނަށް ރާއްޖެ އިސްތިހާރުވާނެއެވެ. އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ލިވަޕޫލް އެފްސީގެ ޕްރީ-ސީޒަން ހަރަކާތްތަކުގައި ވިޒިޓް މޯލްޑިވްސް ބައިވެރިވެފައިވާއިރު، ވީއެމްސީގެ ވެބްސައިޓަށް ޒިޔާރަތްކުރި މީހުންގެ އަދަދު 400 އިންސައްތަ އިތުރުވެފައިވެއެވެ.
މާރޗް 13، 2025 ގައި ވެވުނު އެއްބަސްވުމުގެ ދަށުން، 2025-2028 އަށް ރާއްޖެއަކީ ލިވަޕޫލް އެފްސީގެ ރަސްމީ ޓުއަރިސްޓް ޑެސްޓިނޭޝަން ޕާޓްނަރެވެ. މި އެއްބަސްވުމާއެކު 200 މިލިއަނަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެ އިސްތިހާރުވާނެއެވެ. ވީއެމްސީން ބުނީ މި ކެމްޕެއިން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި 400 މިލިއަނަށްވުރެ ގިނަ މީހުންނަށް ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ވާސިލްވެފައިވާކަމަށާއި، މިއީ ރާއްޖެއަށް މިހާތަނަށް ލިބިފައިނުވާ ވަރުގެ ގްލޯބަލް އެކްސްޕޯޝަރއެއް ކަމަށެވެ. ކެމްޕެއިންގެ ތެރެއިން ލަންޑަންގެ ދެ ބުރި ބަސްތަކާއި ދުބާއީގެ ޓެކްސީތަކުގައިވެސް ރާއްޖޭގެ ބްރޭންޑިންގ ހަރުކުރެވުނެވެ.
މިއީ ހަމައެކަނި ފަތުރުވެރިންނަށް އަމާޒުކުރި ކެމްޕެއިނެއް ނޫން ކަމަށާއި، ފުޓްބޯޅައާއި ޤައުމީ ފަޚުރާއި ޤައުމީވަންތަކަމާ ގުޅިފައިވާ ކަމެއް ކަމަށް ވީއެމްސީން ބުނެއެވެ. މިގޮތުން، ރާއްޖޭގައިވެސް އެލްއެފްސީ ފޭން ޒޯންތައް ތަޢާރަފުކޮށް، ހުޅުމާލޭގައި ބޭއްވި މޯލްޑިވްސް ފުޑް ކާނިވަލުގައި ލިވަޕޫލްގެ ލެޖެންޑް ޑެރކް ކައުޓް ބައިވެރިވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
