
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ ޙައްޖު ކޯޓާގައި ފުރުސަތު ދެނީ އުސޫލުގެ ތެރެއިންކަމަށާއި ވަކި މީހަކަށް ޚާއްސަ އިސްކަމެއް ދީފައިނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޙައްޖު ކޯޓާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޙައްޖު ކޯޕަރޭޝަނަކީ ހެޔޮ އަގުގައި ޙައްޖާއި އުމްރާގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާ ތަރައްގީކޮށް ޒަމާނަށް ފެތޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށެވެ.
ސަޢުދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް 1000 ކޯޓާ ދެމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިއަހަރުވެސް ޙައްޖަށް މީހުން ގެންދިއުމުގައި ފުރުސަތު ދީފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން، މިއަހަރަށް ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައި ތިބީ 850 މީހުން ކަމަށާއި އޭގެ ތެރޭގައި 75 އަހަރުން މަތީގެ 44 މީހުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެ 44 މީހުންނަށް އެހީތެރިން ބޭނުންވާނެ ކަމަށާއި އެ ފުރުސަތު ފަހިކޮށްދޭން އުސޫލުގައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ފުރުސަތު މިއަހަރު ފޯރުކޮށްދެއްވާފައިވާ ކަމަށެވެ.
މީގެއިތުރުން ފަޤީރުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. “1446ވަނަ އަހަރު ދިވެހިރާއްޖޭން މީހުން ޙައްޖަށް ގެންދިއުމަށް ލިބުނު 1000 ކޯޓާގެ ތެރެއިން ޙައްޖު ކޯޕަރޭޝަންގެ ކިޔުއިން 1446 ވަނަ އަހަރު 850 މީހުންނަށް ފުރުސަތު ދެވިފައިވޭ.”
ވަޒީރު ވިދާޅުވީ ޙައްޖު ކޯޕަރޭޝަން ތަރައްގީކޮށް ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިސްލާމިކް ފަންޑް މެނޭޖްމަންޓް އުސޫލުތަކުގައި ހިފަހައްޓައި ސުކޫކް އަދި އެހެނިހެން ޕްރައިވެޓް އިންވެސްޓްމަންޓް ޕްރޮޑަކްޓުތަކުގައި ފައިދާލިބޭގޮތަށް ޙައްޖު ފަންޑު މެނޭޖްކުރަމުންދާ ކަމަށެވެ. އަދި، ސަޢުދީ އަރަބިއްޔާގައި ބޭނުންކުރާނެ ބަސްތައް ގަނެ، ސަޢުދީގައި ދިވެހިންނަށް ޚާއްސަ ހޮޓަލެއް ހަދައި، ޙައްޖު ފަންޑު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަކީ ސަރުކާރުގެ ތަސައްވުރެއް ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
