
(ފޮޓޯ ކްރެޑިޓްސް: ނިއުރޭޑިއަންޓް)
ނިއު ރޭޑިއަންޓްގެ ވައިސް ޗެއާމަނަކަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އައްޔަން ކޮށްފި އެވެ. ރާއްޖޭގައި އެންމެ ކާމިޔާބު އެއް ކްލަބުގެ މަގާމުގައި އޮތް ނިއުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ ލަމްއާން، ނައިބު ރައީސްގެ މަގާމަށް އައްޔަންކުރީ އަސާސީ ގަވާއިދުން އެކްސްކޯ އަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ. ނިއުގެ ނައިބު ރައީސުންގެ މަގާމުގައި މިހާރު ތިން ބޭފުޅަކު ތިއްބަވަ އެވެ. އެއީ އެފްއޭއެމްގެ މިހާރުގެ ލީޑާޝިޕްގައި ވެސް ނައިބު ރައީސްކަން ކުރައްވާ މުޖުތަބާ ޖަލީލާއި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އިބްރާހިމް (ކައްޕި) އެވެ. ކައްޕި އަކީ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް ވެސް މެ އެވެ. އަދި މުޖުތަބާއަކީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރެވެ.
މުބީން ވިދާޅުވީ، މުޖުތަބާ އާއި ކައްޕި އެފްއޭއެމްގެ މަގާމަށް ވަޑައިގަތުމުން، ނިއުގެ މަސައްކަތުގައި އެ ބޭފުޅުންނަށް ބައިވެރިވެވަޑައިގެންނެވޭ މިންވަރު މިހާރު ވަރަށް ކުޑަ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ނިއުރޭޑިއަންޓް)
“އެފްއޭއެމްގެ ރައީސް [އަހްމަދު ތޯރިގް] ޓޮމްއާ އަޅުގަނޑު ބައްދަލުކުރިން. ވިދާޅުވި މުޖޭ އާއި ކައްޕި އެފްއޭއެމްގެ މަސައްކަތުގައި މަސްއޫލުވުން މި ވަގުތު މާ ބޭނުންތެރިއޭ،” މުބީން ވިދާޅުވި އެވެ. “އެހެންވީމާ އަޅުގަނޑަށް އެބަ ބޭނުންވޭ ނައިބު ރައީސުން ކްލަބްގެ މަސައްކަތުގައި ބައިވެރިވެވޭނެ. އެގޮތުން ލަމްއާންގެ ނަން އަޅުގަނޑުމެން އެކްސްކޯ އަށް ހުށަހަޅައިގެން ނައިބު ރައީސްކަމަށް އައްޔަން ކުރީ. އަސާސީ ގަވާއިދުގައި އެ ބާރު އެކްސްކޯ އަށް އެބައޮތް ލިބިދީފައި.”
ދާދި ފަހުން ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުބީން ވިދާޅުވި ގޮތުގައި މި ވަގަތު އޭނާ ފުލުޓައިމްކޮށް ހުސްވެވަޑައިގެން ހުންނެވީ ކްލަބްގެ މަސައްކަތްތަކަށެވެ.

(ފޮޓޯ ކްރެޑިޓްސް: ނިއުރޭޑިއަންޓް)
މުބީން ވިދާޅުވިގޮތުގައި، ނިއުގެ މަސައްކަތްތަކުގައި ހިއްސާވާނެ އިތުރު އެހެން ބޭފުޅަކު ވެސް މަގާމަށް އަދި ގެންނަވާނެ އެވެ. “އަޅުގަނޑުގެ ވިސްނުން އެބަހުރި އިތުރު ބޭފުޅަކު ވެސް ވައިސް ޗެއާމަން ކަމަށް ގެނައުމަށް. ބޭނުމަކީ ކްލަބްގެ މަސައްކަތްތަކަށް ކޮންޓްރިބިއުޓްކޮށް، މި މަސައްކަތުގައި ބައިވެރިވޭނެ އިތުރު ބޭފުޅަކު ގެނައުން،” މި މަހު އެފްއޭއެމުން އެކުލަވާލި ގޯލްޑަން ޖުބްލީގެ ވައިސް ޗެއާމަންގެ މަގާމު ވެސް އަދާކުރައްވާ މުބީން ވިދާޅުވި އެވެ.
ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ނިއު ރޭޑިއަންޓް އޮތީ ދެވަނަ ޑިވިޝަނުގަ އެވެ. އެއްވަނަ ޑިވިޝަނަށް އަރަން އެ ޓީމުން މިދިޔަ ދެ އަހަރު ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
