
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ވީސީއެލް ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ރެޒިޑެންސް “ބްލޫ ލެގޫން” ޕްރޮޖެކްޓު ރޭ އިފުތިތާހުކޮށްފި އެވެ. ހުޅުމާލެ 2 ގައި ހަދާ މި އިމާރާތުގެ ޕްރޮޖެކްޓު އިފުތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެ ކުންފުނީގެ ޗެއާމަން ވަރިންދާ ގާގް އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރެވެ.
ޖެން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވީސީއެލް ގްރޫޕުގެ ޗެއާމަން ވަރިންދާ ގާގް ވިދާޅުވީ، އެ ކުންފުންޏަކީ އިންޑިއާގައި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބައެއް ކަމަށެވެ. ވީސީއެލް ގުރޫޕް އުފެއްދީއްސުރެ، އިންޑިއާ އިން ބޭރަށް މަސައްކަތްތައް ފުޅާކުރުމުގެ ތަސައްވުރެއް ގެންގުޅުނު ކަމަށާއި އެ ކުންފުނީގެ ފުރަތަމަ ގްލޯބަލް ޕްރޮޖެކްޓަކީ މޮރިޝަސްގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ގާގް ވިދާޅުވީ ވީސީއެލް ގުރޫޕްގެ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ވަގުތަށް ނިންމުމަށް ކަމަށާއި މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: މިހާރު)
ބްލޫ ލެގޫންއަކީ ކޮބާ؟
ވީސީއެލް ގުރޫޕްގެ “ބްލޫ ލެގޫން” އަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް އާކިޓެކްޗާ ފާމް، ހަފީޒް ކޮންޓްރެކްޓަރުން ޑިޒައިން ކޮށްފައިވާ އިމާރާތެކެވެ. އެ ތަން ޑިޒައިން ކޮށްފައި ވަނީ ޖާގަ ތަނަވަސް އެޕާޓްމަންޓުތަކަކާއި ހިތްހަމަޖައްސައި ލުމަށް ބޭނުން ކުރާނެ ގިނަ ވަސީލަތްތަކަކާ އެކު އެވެ. އެ އިމާރާތުގެ އެޕާޓްމަންޓުތަށް ގުދުރަތީ އަލި ފުރިހަމަ އަށް ލިބޭނެ އެވެ. މި ތަނުގެ ރޫފްޓޮޕްގައި ބޮޑު ސުވިމިންޕޫލަކާ އެކު ގާޑަންއަކާއި ބާބަކިއު އަށް ހާއްސަ ސަރަހައްދެއް ހަދާނެ އެވެ. އަދި އެ ތަނުގައި ޑޭކެއާ ސެންޓަރަކާއި ކުޑަކުދިން ކުޅޭނެ ތަނަކާއި މަލްޓި ޕާޕަސް ހޯލާއި ފިލްމު ބަލަން ތިއޭޓަރެއްގެ އިތުރުން ޖިމެއް ވެސް ހުންނާނެ އެވެ. މި އިމާރާތުގައި 15،000 އަކަފޫޓުގެ ކްލަބް ހައުސްއެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ދެ ޓަވަރެއް ހިމެނޭ ގޮތަށް ހަދާ މި އިމާރާތަކީ ރާއްޖޭގައި ހަދާ މިފަދަ އެންމެ ބޮޑު އެއް އިމާރާތަށް ވާނެ އެވެ. މި ތަނުގައި ޕްރައިވެސީ އިސްކަންދިނިމުގެ ގޮތުން ލޮބީއަށް ވަކިން ވަދެވޭނެ އެންޓްރެންސަކާއި ކޮންމެ ޓަވަރެއްގައި ހަ ލިފްޓު ވެސް ބަހައްޓާނެ އެވެ.

(ފޮޓޯ ކްރެޑިޓްސް: މިހާރު)
“ބްލޫ ލެގޫން”ގައި ހެދުމަށް ހަމަޖެހިފައި ވަނީ 1،035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓާއި 1،340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓާއި 1،795، 1،825 އަދި 1،875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓެވެ. “ބްލޫ ލެގޫން”ގެ އެޕާޓުމަންޓުތަކުގެ ތެރެއިން 1،035 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓު ވިއްކަން ފަށާ އަގަކީ 3.6 މިލިއަން ރުފިޔާ އެވެ. އަދި 1،280 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަން ފަށާ އަގަކީ 3.9 މިލިއަން ރުފިޔާ އެވެ. ކުރިމަގުގައި ހިތްގައިމު މި އިމާރާތުގެ 1،340 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަން ފަށާ އަގަކީ 4.5 މިލިއަނެވެ. އަދި 1،795، 1،825 އާއި 1،875 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކަން ފަށާ އަގަކީ 6.1 މިލިއަން ރުފިޔާ އެވެ.
“ބްލޫ ލެގޫން” އަކީ ވީސީއެލް ގްރޫޕުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ރެސިޑެންޝަލް މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެންމެ ފަހުގެ އެއް މަޝްރޫ އެވެ. މި ކުންފުނިން 1987 ވަނަ އަހަރުން ފެށިގެން ރެސިޑެންޝަލް ކޮމްޕްލެކްސްތަކާއި މޯލްތަކުގެ އިތުރުން ހޮސްޕިޓަލުތަކާއި މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. ވީސީއެލްއަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި ހިންގާ ހައުސިން ޕްރޮޖެކްޓުގެ ތެރެއިން އެންބީސީސީ އާއި ހަވާލުކުރި 11 ޓަވަރުގެ މަސައްކަތް ކުރި ކުންފުނި ވެސް މެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
