
ސިއްޙީ ޚިދުމަތުގެ ފެންވަރު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް އިފްތިތާހްކޮށްދެއްވައިފިއެވެ. މިޚިދުމަތް އެހޮސްޕިޓަލުގައި އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަމްގެ ޚިދުމަތް ފައްޓަވާދެއްވާފައިވާއިރު، ރާއްޖެއަކީ އާބާދީގެ ނިސްބަތުން ކެންސަރު ބަލި ގިނަ ޤައުމެކެވެ. ކެންސަރު ބަލީގެ އެކި ބާވަތްތަކުގެ ތެރެއިންވެސް ރާއްޖޭގައި އެންމެ އާންމު ކެންސަރުތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ގިނަކަން ތަފާސްހިސާބުތަކުން ދައްކައެވެ. އޭދަފުށީގައި މެމޮގްރަފިގެ ޚިދުމަތް ފެށިގެންދިޔުމާއެކު އެސަރަޙައްދުގެ ރައްޔިތުން އެޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް އަންނާނެއެވެ. އަދި މިޚިދުމަތާއެކު އަންހެނުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތް އޭދަފުށީގައި އިތުރު ހަރުފަތަކަށް ޖެހިގެންދާނެއެވެ.
ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. މިޚިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސްވަނީ މެމޮގްރަފީގެ ޚިދުމަތް ދިނުމަށް ހަމަޖައްސަވާ އުރަމަތީގެ ކެންސަރ ސްކްރީނިން ކޮޓަރި ބައްލަވާލައްވާފައެވެ.
ކެންސަރު ބައްޔަކީ ދުރާލާ ދެނެގަނެވިއްޖެނަމަ ޒަމާނީ ބޭހާއެކު ފަރުވާދީގެން ރަނގަޅުކުރެވޭ ބައްޔެކެވެ. އެހެންކަމަށްވުމާއެކު ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް މިބަލި ދުރާލާ ދެނެގަނެވޭނެ އިންތިޒާމު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ޤާއިމުކުރެވުމާއެކު ދުރާލާ އުރަމަތީގެ ކެންސަރަށް އެހޮސްޕިޓަލުގައި ސްކްރީންކުރެވޭނެއެވެ. އެހޮސްޕިޓަލުގައިވަނީ މެމޮގްރަފީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމްކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
