
އޭދަފުށީގައި ބިނާކުރުމަށް ނިންމާފައިވާ 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އޭދަފުއްޓަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 7 ރަށުގެ ތެރެއިން 1 ރަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރިޔާސީ މެނިފެސްޓޯގައި ރާއްޖޭގެ ތަރައްްޤީއަށް، މެދު ރާސްތާ އަދި ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލާފައިވާކަމަށާއި، އެ ޕްލޭން ރައްޔިތުން ބަލައިގަނެފައިވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ އެކި ރަށްރަށް ތަރައްޤީކުރުމާއި، އެކި ސަރަހައްދުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުންކަމަށް ރައީސް ވިދާޅުވިއެވެ. މީގެތެރޭގައި އާބަން ސެންޓަރުތައްވެސް ޤާއިމްކުރުން ހިމެނޭކަމަށާއި، އޭގެތެރެއިން އެއް އާބަން ސެންޓަރަކީ އޭދަފުށިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވެރިކަމުގެ ފުރަތަމަ އަހަރު އިޤްތިޞާދީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ތަކުރާރުކުރައްވަމުން ވިދާޅުވީ ފުރަތަމަ އަހަރު ތަރައްޤީ ގެންދެވުނީ އެމަނިކުފާނު ބޭނުންފުޅުވި ބާރުމިނުގައި ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުން މިހާރު ކުރިއެރުންތަކެއް ލިބިފައިވާތީ، ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްއޮތްތަނުގައި ބާރު ސްޕީޑުގައި ކުރިއަށްގެންދެވޭނެކަމަށް ވިދާޅުވިއެވެ. އޭދަފުށީގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށެވެ.
ސަރުކާރުން ވަނީ އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައެވެ. އެ މަޝްރޫޢުއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަަރު ފަށްޓަވާނެކަމަށެވެ. އަދި މިދައުރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. “1000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާއިރު ބައިބަޔަށް ނުނީ ބެޗް ބެޗަށް ނޫނީ ފޭސްތަކަށް ބަހާލަންޖެހިދާނެ. އެ 1000 ހައުސިން މަޝްރޫޢޫ އަޅުގަނޑުމެން މިއަހަރު ފަށާނަން. މިރަށާ، އަދިއެއްފަސްކުރުމުގެ ސިޔާސަތުން މިރަށަށް އަންނަން ބެނުންވާ މީހުންނާއި، އިޤްތިޞާދީ ބޭނުންތަކަށް މިރަށުގައި ތިބެން ބޭނުންވާ ފރާތްތަކަށް އެ ހައުސިން ލިބޭނެ. މިއީ 100 ޕަސެންޓު ފީސިބަލް ޕްރޮޖެކްޓެއް.” ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި 2040 ވަނަ އަހަރަށްދާއިރު ރާއްޖެއަކީ ތަރައްްޤީވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަސައްވުރަށް އިޝާރާތްކުރައްވާ ވިދާޅުވީ ތަރައްްގީގެ އެފަދަ މަޝްރޫޢުތައް ކުރިއަށްގެންދަނީ ދުރު ރާސްތާއަށް ވިސްނަވައިގެންކަމަށެވެ. އަދި އެއީ ވަރަށް ސީރިއަސް މަސައްކަތްތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ދަތުރުފުޅުގައި ވަނީ އޭދަފުށީ ހޮސްޕިޓަލަށް އިތުރުކުރެވޭ އައު ޢިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައެވެ. އަދި ޤައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ތަރައްޤީކުރުން އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ މަޝްރޫޢުއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހޮސްޕިޓަލްގެ އައު ޢިމާރާތާއެކު އައު ޚިދުމަތްތައް އެ ސަރަހައްދަށް އަންނާނެކަމަށެވެ. އެގޮތުން އާބަން ސެންޓަރަކަށް ބޭނުންވާނެ ހުރިހާ ޚިދުމަތެއް ހޮސްޕިޓަލުން ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭދަފުއްޓަކީ ތައުލީމީ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރެވުމަކީ ޢިލްމީ ސިކުނޑިތަކެއް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ސިފަކުރައްވާފައެވެ.
އޭދަފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވެފައިވާކަަމަށާއި، އެ މަޝްރޫޢުގެ ދަށުން އެރަށުގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މިހާރު ކުރެވޭ މަސައްކަތްވެސް 6 މަސްދުވަސްތެރޭ ނިންމާލެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އޭދަފުއްޓަކީ ކުޅިވަރުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ރައީސް ވަނީ އެ ދާއިރާއިންވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށް ވިދާޅުވެފައެވެ.
“އެންމެ މުހިންމީ އިންޑޯ ކުޅިވަރު ކުޅޭވޭނެގޮތަށް ސްޕޯޓްސް އިންޑޯ މަލްޓި ކޮމްޕްލެކްސްއެއް އެޅުން. އެކަމުގެ އަމަލީ މަސައްކަތްވެސް މިއަހަރު ފެށޭނެ. މުޅި ރާއްޖޭގައި މަލްޓި އިންޑޯ ކޮމްޕްލެކްސްގެ އެޅުމަށް ނިންމާފައިވަނީ 5 ކޮމްޕްލެކްސް. އޭގެތެރެއިން އެރަށް މިރަށަކީ. 1200 މީހުންނަށް ކުޅިވަރު ބަލަން ތިބެވޭނެ ސްޓޭޓް އޮފް އާޓް ކޮމްޕްލެސްއެއް އެއީ” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޑޮލަރު އޭޓީއެމްއެއް މިއަހަރު އޭދަފުށީގައި ޤާއިމްކުރެވޭނެކަމަށާއި، އަންނަ އަހަރު ކޮންވެންޝަން ސެންޓަރެއްވެސް އެޅުމަށް ނިންމާފައިވާކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ތަރައްޤީގެ ހުރިހާ މަޝްރޫޢުއެއްވެސް ކުރިއަށްދަނީ ވަކި ތަރުތީބަކުންކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ހުރިހާ މަޝްރޫޢުއެއް މިދައުރުގައި ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
