
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ބ. އަތޮޅުގެ ރަށްތަކުން އެދިފައިހުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދަނީ އެ އަތޮޅުގެ ރައްޔިތުންނާ ގާތުން ޚިޔާލާއި މަޝްވަރާ ހޯދައިގެން، އެ ރައްޔިތުން އެދޭ ގޮތަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ކުޅިވަރާ ބެހޭ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބ. ކެންދޫއަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ވަޒީރު ވިދާޅުވީ ރަށްރަށުގައި ގާއިމު ކުރާ ކުޅިވަރު ކުޅޭ ދަނޑުތަކާއި ކޯޓުތަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތުގެ އިތުރުން މޮޅެތި ކުޅުންތެރިން އުފެއްދުމަށް ގާއިމުކުރެވޭ ވަސީލަތްތަކެއް ކަމަށެވެ.
ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތައް ކުރިޔަށްދަނީ ބައެއް ޕްރޮޖެކްޓްތައް ސަރުކާރު ކުންފުނިތަކާއި ހަވާލުކޮށްގެން ކަމަށާއި، އެގޮތުން ހަވާލުކޮށްފައިވާ މަސައްކަތްތައް ނިންމުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ބަލްކްކޮށް ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބޭނުންވާ ސާމާނު ގަނޑުކޮށް އެސްޓީއޯ މެދުވެރިކޮށް ގެންނައުމަށް މިނިސްޓްރީ އާއި އެސްޓީއޯގެ ޓީމެއް މިހާރުވެސް ޗައިނާގައި ވެއްޖެ ކަމަށާއި، ރާއްޖެ ފަދަ މާހައުލަކަށް ގިނަދވަހު ބޭނުންކުރެވޭ ކަހަލަ ތަކެތި ހޯދުމުގެ މަސައްކަތް އެޓީމުން ކުރިޔަށް ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރިއާއި މިހާރާ ތަފާތަކީ ކުރީގައި ދަނޑުތައް ހަދާއިރު ހުންނަނީ ބައިބަޔަށް އެކި ކުންފުނިތަކާއި ހަވލާލުކޮށްފައި ކަމަށާއި އެހެންކަމުން ޕްރޮޖެކްޓުތައް ނިންމަން ވަރަށް ގިނަ ދުވަސްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާރު މަޝްރޫއުތައް ހަވާލުކުރަނީ އެއްބަޔަކަށްދީގެން އެއްފަހަރާ ހުރިހާ ކަމެއް ނިންމާ ގޮތަށް ކަމަށާއި، އޭގެ ސަބަބުން ވަގުތުވެސް ސަލާމަތްކުރެވި ރައްޔިތުންނަށް ފައިދާވާ ގޮތަށް މަޝްރޫއުތައް އަވަހަށް ނިމިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރަށްރަށުގައި ގާއިމުކުރާ ފިޓްނެސް ސެންޓަރުތަކަކީ ވަރަށް މުހިންމު ތަންތަން ކަމަށާއި އެތަންތަނުގައި ޖިމް އާއި އެރޮބިކްސް ކުލާސްތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ ކަމަށާއި، މީގެ އިތުން ކުލާސްރޫމާއި މީޓީން ރޫމުތައް ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކޯޗުންނާއި އޮފިޝަލުން ތަމްރީނުކުރުންކފަދަ ކަންކަމަށް އެކި ފަހަރު މަތިން ބާއްވާ ކޯސްތައް ބޭއްވޭނެ ކުލާސްރޫމުތައްވެސް ފިޓްނެސް ސެންޓަރުތަކުގައި ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
