
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޭޝަނަލް ގާޑުގެ 800 ސިފައިން އެމެރިކާގެ ވޮޝިންޓަނަށް ފޮނުވައި އެ ސަހަރުގެ ފުލުހުންގެ އިދާރާ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށަށް ބަދަލުކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. ޓްރަމްޕް ވިދާޅުވީ އެ ގޮތަށް އަމަލުކުރެއްވުމަށް ނިންމެވީ ވޮޝިންޓަންގައި ކުށް ގިނަވެ، ޤާނޫނާ ޚިލާފު އެތައް ކަމެއް ހިނގަމުންދާތީ ކަމަށެވެ. އޭނާ ވިދާޅުވީ ވޮޝިންޓަން ސަލާމަތް ކުރުމަށް އެއީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ. ވޮޝިންޓަންގައި އަނިޔާވެރި ގޭންގުތަކާއި މުޖުރިމުން ރަސްކަންކުރަމުންދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023ވަނަ އަހަރު ވޮޝިންޓަންގައި އަނިޔާވެރި ޖަރީމާތައް ހިންގާ މިންވަރު ވަނީ އިތުރުވެފައެވެ. ނަމަވެސް އޭގެ ފަހުން ވޮޝިންޓަންގައި އެ ފަދަ ކުށްތައް ކުރާ މިންވަރު ދަނީ ހަލުވިކަމާއެކު ދަށަށް ދަމުންނެވެ. ޓްރަމްޕް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ވޮޝިންޓަނަށް ތަފާތު ފެޑެރަލް އިދާރާތަކުގެ އެތައް ސަތޭކަ އޮފިސަރުންނާއި އޭޖެންޓުން ފޮނުވާފައިވާ ކަމަށެވެ. ވޮޝިންޓަންގެ ފުލުހުންގެ އިދާރާ ހިންގަވާނީ ބަންޑާރަ ނައިބު ޕޭމް ބޮންޑައި ކަމަށް ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ޓްރަމްޕް މި ފަދަ ނިންމެވުމެއް ނިންމަވާ ދެވަނަ ފަހަރެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ކެލިފޯނިޔާ ސްޓޭޓުގެ ގަވަރުނަރު، ގާވިން ނިއުސަމްގެ ފެހި ސިގްނަލާ ނުލައި ލޮސް އެންޖެލީސްއަށް ނޭޝަނަލް ގާޑުގެ ސިފައިން ފޮނުއްވައިފައެވެ. އެ ނިންމެވުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްތޯ ބެލުމަށް މިހާރު ދަނީ ޝަރީޢަތް ހިންގަމުންނެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެރިކަމުގެ ދެވަނަ ދައުރަކާ ޙަވާލުވެޑައިގެންނެވި ޓްރަމްޕް، ހިނގަމުންދާ ދައުރުގައި ޓްރަމްޕް އަމަލުކުރައްވަމުންދަނީ އެހެން ރައީސުން ވެރިކަންކުރެއްވި ގޮތްތަކާ ޚިލާފަށް، އާދަޔާޚިލާފު އަދި ތަފާތު ނިންމެވުންތައް ނިންމަވަމުންނެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ސިޓީތަކަށް ވެސް ނޭޝަނަލް ގާޑު ފޮނުއްވާނެ ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވައިފައެވެ. އެގޮތުން ޗިކާގޯގެ ކަންކަން ގޯސްވެފައިވާ ކަމަށާއި އެ ސިޓީއަށް ނޭޝަނަލް ގާޑު ފޮނުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
