
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ކަމަށް އޮސްޓްރޭލިޔާއިން ވެސް އިޢުލާނުކޮށްފިއެވެ. އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސް ވިދާޅުވީ، އަންނަ މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި އޮސްޓްރޭލިޔާއިން ރަސްމީކޮށް ބަލައިގަންނާނެ ކަމަށެވެ. އެއީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ބާރު އެޅުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޮސްޓްރޭލިޔާގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެ ނިންމުން ނިންމާފައިވަނީ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުވެ، އުފައްދާ ސަރުކާރެއްގައި ޙަމާސް ޖަމާޢަތުގެ ދައުރެއް ނޯންނާނެކަމަށް ޕަލަސްޓީނިއަން އޮތޯރިޓީން ދީފައިވާ ޔަޤީންކަމުގެ މައްޗަށް ކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.
އޮސްޓްރޭލިޔާގެ އިތުރުން ނިއު ޒީލޭންޑުން ވެސް ފަލަސްޠީނުގެ މިނިވަން ދަޢުލަތް ބަލައިގަތުމާމެދު ވިސްނަމުންދާ ކަމަށް ވަނީ ބުނެފައެވެ. ނިއު ޒީލޭންޑުގެ ޚާރިޖީ ވަޒީރު ވިންސްޓަން ޕީޓަރސް ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން، އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން އެކަމާމެދު ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށެވެ. ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުއާއްމާ ދެކޮޅަށް މުޅި ދުނިޔެ ތެދުވަމުންދާއިރު، ވިލާތިގެ ޤައުމުތަކުގެ އިއްތިހާދު، އީޔޫގެ ބައެއް ޤައުމުތަކުން ވެސް ދަނީ ވިސްނުން ބަދަލުކޮށް، ފަލަސްޠީނުގެ ދަޢުލަތް ބަލައިގަންނާނެކަމަށް ބުނަމުންނެވެ. މިގޮތުން، އަންނަ ސެޕްޓެމްބަރު މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ކުރިން ޣައްޒާއަށް ދެމުންދާ ޢުދުވާނުތައް ނުހުއްޓައިފިނަމަ، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވެސް ވަނީ ބުނެފައެވެ.
ނަމަވެސް، ޕީޓަރސް ވިދާޅުވި ގޮތުގައި، ނިއު ޒީލޭންޑުގެ ރަހުމަތްތެރި ޤައުމުތަކުން ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައިވިޔަސް، ނިއު ޒީލޭންޑުން ގެންގުޅެނީ މިނިވަން ޚާރިޖީ ސިޔާސަތެއް ކަމަށެވެ. އެހެންކަމުން، ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމާމެދު ގޮތެއް ނިންމުމުގައި، ނިއު ޒީލޭންޑުގެ އުޞޫލުތަކާއި މަސްލަޙަތަށް ފުރިހަމައަށް ރިޢާއަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާއަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ޔަހޫދީންނަށް މިހާރު ވެސް ދަނީ ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިވަމުންނެވެ. ޔަހޫދީންނަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކުގެ ސަބަބުން ބައެެއް ވަގުތުތަކުގައި ޣައްޒާއަށް ޙަމަލާ ދިނުން މެދުކަނޑައިލައި އެހީގެ ސާމާނު އެތެރެކުރުމަށް ފުރުޞަތު ދިނުމަށް ވަނީ މަޖުބޫރުވެފައެވެ. ޖުލައި މަހުގެ 27ވަނަ ދުވަހުން ފެށިގެން އެ ފުރުޞަތު ދޭނެ ކަމަށް ޔަހޫދީން ބުނި ނަމަވެސް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމުޢިއްޔާ، ޑަބްލިޔުއެފްޕީން ވަނީ ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ބޭނުންވާ ޙުއްދަތަޢް އެ ޖަމުޢިއްޔާއަށް ނުލިބޭ ކަމަށް ބުނެފައެވެ.
ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ބަނޑަށްޖެހޭ މީހުންނާއި މެލްނިއުޓްރިޝަން ޙާލަތު ކުރިމަތިވެފައިވާ މީހުންނާއި ބަނޑުހައިހޫނުކަމާ ގުޅުންހުރި އެހެނިހެން ބަލިތައް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވަމުންދާ މީހުންގެ ޢަދަދު ވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެހީދޭ ޖަމުޢިއްޔާތަކުން ދަނީ ބުނަމުންނެވެ. ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން ދުވަސްކޮޅަކަށް މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ.
ޢުދުވާން ފެށުނު ފަހުން ޣައްޒާގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 61،000އަށްވުރެ އިތުރުވެފައެވެ. ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ސުންނާފަތިވެފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
