
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި އަލްޖަޒީރާގެ ނޫސްވެރިން ޙަރަކާތްތެރިވާ ފޭލިގެއަކަށް ޙަމަލާދީ، މުޅި ދުނިޔެއަށް ޣައްޒާގެ ޚަބަރުތައް ގެނެސްދެމުންދިޔަ ނޫސްވެރިއެއްކަމަށްވާ އަނަސް އަލް ޝަރީފްއާއި އިތުރު ތިން ނޫސްވެރިންނާއި އެސިސްޓަންޓެއް ޔަހޫދީން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީން ވަނީ އިރުމަތީ ޣައްޒާގައި ހުންނަ އަލް ޝިފާ ހަސްފަތާލު ކައިރީގައި ޤާއިމްކޮށްފައިވާ ނޫސްވެރިންގެ ފޭލިގެއަކަށް އަމާޒުކޮށް ރޮކެޓު ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި ނޫސްވެރިންގެ އިތުރުން އިތުރު ދެ މީހުން ވެސް ޝަހީދުވެފައިވެއެވެ. ޔަހޫދީންގެ ޙަމަލާގައި ދެން ޝަހީދުވި ނޫސްވެރިންނަކީ މުޙައްމަދު ނައުފަލްއާއި މުޙައްމަދު ޤަރީޤަޢު އާއި އިބްރާޙިމް ޒާހިރެވެ. ޝަހީދުވި ނޫސްވެރިންގެ ތެރޭގައި ހިމެނޭ އަނަސް އަލް ޝަރީފްއަކީ 2024ވަނަ އަހަރު ޕުލިޓްޒަރ އިނާމު ލިބިފައިވާ ރޮއިޓަރސްގެ ޓީމެއްގައި ވެސް ހިމެނުނު ނޫސްވެރިއެކެވެ. އެ އިނާމު ލިބިފައިވަނީ ވެސް ޣައްޒާ ހަނގުރާމައާ ގުޅުންހުރި ފޮޓޯތަކަކަށެވެ.
އަލްޖަޒީރާއިން އަނަސް ސިފަކޮށްފައި ވަނީ ޣައްޒާގައި ތިބި ނޫސްވެރިންގެ ތެރެއިން އެންމެ ހިތްވަރުގަދަ އެއް ނޫސްވެރިޔާގެ ގޮތުގައެވެ. ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނީ ޙަމަލާތަކުގެ ޚަބަރުތައް ދުނިޔެއަށް ފޯރުކޮށްދިނުމުގައި އަނަސް ޙަރަކާތްތެރިވަމުން ދިޔައީ އޭނާއަށް ގިނަ އިންޒާރުތައް ޔަހޫދީންގެ ފަރާތުން ލިބެމުންދަނިކޮށެވެ. ޔަހޫދީން މަސައްކަތް ކުރަމުންދަނީ ޣައްޒާގައި ޙަރަކާތްތެރިވާ ނޫސްވެރިންގެ އަޑު ކަނޑުވާލައި ޣައްޒާގެ ވާހަކަތައް ދުނިޔެއަށް ފޯރުކޮށްދޭ މަގުތައް ބަންދުކުރާށެވެ. އަލްޖަޒީރާއިން ބުނީ އަނަސްއާއި އޭނާއާއެކު މަސައްކަތްކުރި ނޫސްވެރިންގެ އަޑަކީ ޣައްޒާގެ ހިތާމަވެރި ހަޤީޤަތް ދުނިޔެއަށް ފޯރުކޮށްދިނުމަށް ޣައްޒާގައި ޙަރަކާތްތެރިވަމުންދިޔަ އެންމެ ފަހު އަޑުތަކުގެ ތެރެއިން އަޑެއް ކަމަށެވެ.
ދުނިޔޭގެ އެކި ސަރަޙައްދަުތަކުގައި ޙަރަކާތްތެރިވާ ނޫސްވެރިންނާއި ނޫސްވެރިކަމާ ބެހޭ ޖަމުޢިއްޔާތަކުން ވަނީ ނޫސްވެރިންގެ ފޭލިގެއަށް ޔަހޫދީން ދިން މި ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މީގެ ކުރިން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމުޢިއްޔާއަކާއި އދގެ ތަޖުރިބާކާރަކު ވަނީ އަނަސް އަލް ޝަރީފު ގެނެސްދެމުންދާ ޚަބަރުތަކުގެ ސަބަބުން އޭނާ ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ އިންޒާރު ދީފައެވެ. ޔަހޫދީން ދިޔައީ އަލް ޝަރީފްއާ ޙަމާސްއާ ގުޅުންހުރި ކަމަށް ބުނެ ދޮގުތައް ފަތުރަމުންނެވެ.
އަނަސް އަލް-ޝަރީފު ވަނީ އޭނާ ޝަހީދުވެދާނެ ކަމަށް ވިސްނައި، އޭނާ ޝަހީދުވުމުން މީސްމީޑިޔާގައި ޙިއްޞާކުރާނެ މެސެޖެއް ތައްޔާރުކޮށްފައެވެ. އެ މެސެޖުގައި އަނަސް ބުނީ ކިތަންމެ ވޭނެއް ތަހައްމަލް ކުރި ނަމަވެސް ހަޤީޤަތް އޭގެ އެންމެ ފުރިހަމަގޮތުގައި އެއްވެސް އުނިއިތުރުކުރުމެއް ބަދަލުކުރުމެއް ނެތި ދުނިޔެއަށް ފޯރުކޮށްދިނުމަށް އޭނާ ދުވަހަކު ވެސް ފަސް ނުޖެހޭ ކަމަށެވެ. ޔަހޫދީން ޣައްޒާއަށް ލާއިންސާނީ ޙަމަލާތައް ދެމުންދާއިރު ހަނު ހުންނަ ފަރާތްތައް ހެއްދެވި ފަރާތުން ދެނެވޮޑިގެންވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ޙިއްޞާކުރި ޖަޒުބާތީ މެސެޖުގައި އިތުރަށް ބުނީ އޭނާ މި ދުނިޔެއާ އަލްވަދާއު ކިޔަނީ އެންމެ މީހުންނާ މުސްލިމުންގެ ޖަވާހިރެއް ފަދަ އަދި މިނިވަނެއްގެ ގޮތުގައި ހުރި ކޮންމެ މީހެއްގެ ހިތުގެ ވިންދުފަދަ ލޮބުވެތި ޣައްޒާއާއި ޣައްޒާގެ ރައްޔިތުން ޙަވާލުކޮށްފައި ކަމަށެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ޙަމަލާތަކުގައި މިހާތަނަށް 237 ނޫސްވެރިން ޝަހީދުކޮށްލާފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
