
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަދާ އެއްވެސް އެއްބަސްވުމަކާ އެކު ޔޫކްރެއިންގެ އިތުރުން ވިލާތުގެ ޤައުމުތަކުގެ ސަލާމަތީ މަސްލަހަތު ޙިމާޔަތް ކުރެވިގެން ދާންޖެހޭނެ ކަމުގައި ވިލާތުގެ ބާރުތަކުން ބުނެފިއެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ އިތުރުން އިޓަލީވިލާތާއި ޕޮލެންޑާއި ފިންލެންޑު އަދި ވިލާތުގެ ކޮމިޝަނުން މި މޭރުމުން ބުނެފައި މި ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޕުޓިންއާއި ޓްރަމްޕްގެ ބައްދަލުވުމުގެ ކުރިން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ މި ވަނީ ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ އިތުރުން ހުޅަނގު ސަލާމަތީ އިއްތިޙާދު (ނޭޓޯ)ގެ ތާޢީދު ކަށަވަރު ކުރައްވާފައެވެ. ޕުޓިންއާއި ޓްރަމްޕްގެ ބައްދަލުވުމުގައި ތިން އަހަރާއި ހަ މަހަށް ދެމިގެން ގޮސްފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޕުޓިންއާއި ޓްރަމްޕާ ދެމެދު ބާއްވާ މަޝްވަރާތަކަށް ފަހު، ޔޫކްރެއިންގެ ބައެއް ބިންތައް ރަޝިޔާއަށް ދޫކޮށްލުމަށް ޓްރަމްޕް ބާރު އަޅުއްވާނެ ކަމަށް ބެލެވޭ ކަމުގައި ޔޫކްރެއިނުން ޤަބޫލު ކުރެއެވެ. އެއީ، ޒެލެންސްކީ އަދި ވިލާތުގެ ބާރުތަކުން ކަންބޮޑުވާ މައްސަލައެކެވެ. އޮގަސްޓު 15ވަނަ ދުވަހު ޕުޓިންއާ އެކު މުހިންމު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރައްވާފައި މި ވަނީ، ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވަމުން ގެންދަވާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އެލެސްކާގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ޒެލެންސްކީއަށް އަރުވާފައެއް ނުވެއެވެ. ނަމަވެސް، ވައިޓް ހައުސްގެ އޮފިޝަލަކު ބުނީ، އެ ފުރުޞަތު ޒެލެންސްކީއަށް އަރުވަން ޓްރަމްޕް ބޭނުންފުޅުވާ ކަމުގައެވެ. ޕުޓިން ވިދާޅުވެފައި ވަނީ، ޒެލެންސްކީއާ ބައްލު ކުރެއްވުން އަދި އަވަސް ކަމުގައެވެ. އަދި، އެ ފަދަ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން ޔޫކްރެއިނުން ފުރިހަމަ ކުރުމަށް އޭނާ ބޭނުންފުޅުވާ ޝަރުޠުތައް ޒެލެންސްކީ ފުރިހަމަ ކުރައްވާފައި ނުވާ ކަމުގައެވެ. ރަޝިޔާއާ ދެކޮޅަށް އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ޒެލެންސްކީ މިހާރު ވެސް ގެންދަވަނީ ގޮވައިލައްވަމުންނެވެ.
ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަވަން ޓްރަމްޕް ވަނީ މަސައްކަތް ފަށްޓަވާފައެވެ. ޓްރަމްޕް ވިދާޅުވީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހު ފަށާފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޔޫކްރެއިނުން އެ ޤައުމުގެ ބައެއް ބިންތައް ރަޝިޔާއަށް ދޫކޮށްލުމަށް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގައި ހިމެނޭ ދޮންޏެސްކާއި ލުހާންސްކުގެ އިތުރުން ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތަކަށް ރަޝިޔާއިން ވަނީ އަތްގަދަ ކޮށްފައެވެ. ޓްރަމްޕް އިޝާރާތް ކުރައްވާފައި އެ ވަނީ އެ ސަރަޙައްދުތަކަށް ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ނަމަވެސް، އެ ސަރަޙައްދުތައް ރަޝިޔާއަށް ދޫކޮށްލުމަކީ ޒެލެންސްކީ އެއްބަސްވެ ވަޑައިގަންނަވާނެ ކަމެއް ނޫން ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، އީޔޫއާއި ނޭޓޯގެ ބާރުތަކުން ވެސް އެ ކަމަށް އިންކާރު ކުރާނެއެވެ.
“ސީރިޔަސްވެ މަޝްވަރާ ކުރުމަށް ރަޝިޔާއަށް މަޖުބޫރު ކުރުމުގެ ބާރު އެމެރިކާގެ ކިބައިގައި އެބައޮތް. ރަޝިޔާއާއި އެމެރިކާއާ އެކު ހަދާ ކޮންމެ އެއްބަސްވުމެއްގައި ޔޫކްރެއިނާއި އީޔޫ ބައިވެރި ކުރަން ޖެހޭނެ، ސަބަބަކީ އެއީ ޔޫކްރެއިންގެ އިތުރުން މުޅި ވިލާތުގެ ސަލާމަތާ ގުޅިފައިވާ ކަމަށް ވުން،” އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ކާޔާ ކައްލާސް ވިދާޅުވިއެވެ. ޕުޓިންއާއި ޓްރަމްޕްގެ ބައްދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އީޔޫގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އޮގަސްޓު 11ވަނަ ދުވަހު ބައްދަލު ކުރެއްވުމަށް އޮތީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
