
(ފޮތޯ ކްރެޑިޓްސް: ރޮއިޓާރސް)
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތު ފޯރުކޮށްދޭ މީހަކަށް ދިނުމަށް އެމެރިކާއިން ހުށަހަޅާފައިވާ ފައިސާގެ އިނާމުގެ ޢަދަދު އެ ޤައުމުން ދެގުނަ އިތުރުކޮށްފިއެވެ. އެ ފަދަ މަޢުލޫމާތެއް ފޯރުކޮށްދޭ މީހަކަށް 50 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް އެ ޤައުމުން މިހާރު ވަނީ ނިންމައިފައެވެ. 2020 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ދައުރުގައި އެމެރިކާއިން ވަނީ މަދޫރޯ ހައްޔަރުކުރުމަށް މަގުފަހިވާ މަޢުލޫމާތެއް ފޯރުކޮށްދޭ މީހަކަށް 15 މިލިޔަން އެމެރިކާ ޑޮލަރުގެ އިނާމެއް ހުށަހަޅައިފައެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެ ޢަދަދު ވަނީ 25 މިލިޔަން އެމެރިކާ ޑޮލަރަށް އިތުރުކޮށްފައެވެ. އެއީ ވެނެޒުއެލާގެ ރައީސްގެ މަޤާމަށް ތިންވަނަ ދައުރަަކަށް މަދޫރޯ ހޮވިވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިންނެވެ. އެ ފަހަރު މަދޫރޯގެ އިތުރުން ވެނެޒުއެލާގެ ބައެއް އިސް އޮފިޝަލުންނާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވެއެވެ.
މިދިޔަ ފެބްރުއައީ މަހުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ވެނެޒުއެލާގެ ގޭންގެއް ކަމަށްވާ ޓްރެން ޑީ އަރަގުއާއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފައެވެ. އެމެރިކާއިން ކަނޑައަޅާފައި ވަނީ ޓްރެން ޑީ އަރަގުއާއަކީ އެމެރިކާއާއި މެދުތެރޭ އެމެރިކާގައި ޙަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އެމްއެސް-13އާއި މެކްސިކޯގެ ގިނަ ކާޓެލްތަކަކާ ނިރުބަވެރިކަމުގައި އެއް ދަރަޖައެއްގެ ޖަމާޢަތެއް ކަމަށެވެ. އެއަށްފަހު، ނިމުނު ޖުލައި މަހުގެ ތެރޭގައި ވެސް އެމެރިކާއިން ވަނީ ވެނެޒުއެލާގެ ކާޓެލް ޑީ ލޮސް ސޯލްސްއަކީ ވެސް ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ބަނޑާރަ ނައިބު، ޕެމް ބޮންޑައި ވަނީ ޑްރަގްގެ ވިޔަފާރި ކުރުމާއި އެހެނިހެން ކުށްތައް ކުރާ ގޭންގުތަކާއި މަދޫރޯއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރައްވައިފައެވެ. އެ ގޮތުން ޓްރެން ޑީ އަރަގުއާއާއި ސިނަލޯ ކާޓެލްއާ މަދޫރޯ މަސައްކަތް ކުރައްވާ ކަމަށް އޭނާ ތުރުމަތުކުރައްވާފައިވެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ނެރުއްވި ބަޔާނެއްގައި ވެސް ވިދާޅުވީ ކާޓެލް ޑީ ލޮސް ސޯލްސްގެ އިސް ފަރާތެއްގެ ގޮތުގައި މަދޫރޯ މަސައްކަތްކުރައްވަމުންދާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެމެރިކާއަށް ޑްރަގް އެތެރެކުރުމުގައި އެ ޖަމާޢަތުން ބައިވެރިވާ ކަމަށް ވެސް ރޫބިޔޯ ވިދާޅުވެފައިވެއެވެ. އެ ތުހުމަތުތަކާ ގުޅިގެން ވެނެޒުއެލާގެ ޚާރިޖީ ވަޒީރު، ވަން ގިލް ވަނީ އެމެރިކާއިން އިނާމުގެ ޢަދަދު ބޮޑުކުރުމަކީ ކޮންމެ ވެސް އެހެން ކައްތައްތަކެއް ފޮރުވައި އެ ކަންކަމުން ސަމާލުކަން ގެއްލުވާލުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. ނިރުބަވެރިކަމޭ ބުނެ އެމެރިކާއިން ހީލަތްތެރިކަމާއެކު އުފައްދާ ރޭވުންތަކުގެ ހަޤީޤަތް ވެނެޒުއެލާއިން ހާމަކުރަމުންދާއިރު، އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ވެނެޒުއެލާގެ އިދިކޮޅު ޕާޓީއގެ ރުހުން ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޤައުމުގެ ކަރާމާތަކީ ވިއްކާލެވޭނެ އެއްޗެއް ނޫން ކަމަށާއި ވެނެޒުއެލާގެ އަގު ވައްޓައިލުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތް ބަލައިނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
