
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ބޭނުންވަނީ ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން ތާރު ނާޅާކަމަށް ކަމަދޫ ކައުންސިލް ރައީސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ކަމަދޫ ކައުންސިލްގެ ރައީސް ޙަސަން ޒަރީރު ވިދާޅުވީ، ކަމަދޫއަކީ ލޯކަލް ޓުރިޒަމް ފުޅާވެފައިވާ ރަށެއްކަމަށެވެ. އެހެންކަމުން އެރަށުގެ ރައްޔިތުން ބޭނުންވަނީ ޒަމާނީ ތަރައްޤީ ރަށަށް ގެންނައިރުވެސް ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން ތަރައްޤީކުރަންކަމަށެވެ. އެގޮތުން މއެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު އެމަސައްކަތް ތާރު ނާޅާ ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވާނެކަމަށް ޒަރީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ރައީސްއަށް ދެންނެވިން، އަޅުގަނޑުމެން ކަމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ބޭނުންވަނީ ތާރުއަޅައިގެން ނޫނޭ. ކަމަދޫއަކީ ފަތުރުވެރިކަން ތަރައްޤީވެފައިވާ ރަށެއްކަމުން މިރަށު ރައްޔިތުން އެދެނީ މަގުތަކުގެ ފެން ހިނދޭނެފަދަ ގޮތަކަށް ތާރުނާޅާ މަގު ހަދަން. ރައީސް ދެއްވި އެގޮތަށް މަގުތައް ހަދައިދޭނެކަމުގެ ޔަގީންކަން” ޙަސަން ޒަރީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކަމަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢު މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ކަމަދޫ ރައްޔިތުން އެދޭގޮތަށް މަގުތައް ހެދުމުގެ މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ ކަމަދޫއަކީ ރާއްޖޭގެ ލޯކަލް ޓުރިޒަމްގައި ފާހަގަކޮށްލެވޭ ރަށެކެވެ. ކަމަދޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެރަށުގެ ކައުންސިލާއި ރައްޔިތުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެރަށުގެ ލަފާފުރުމުގެ މައްސަލަ ހައްލުކުރުމަށް ބަނދަރު ތަރައްޤިކޮށްފައިވާއިރު އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސްވަނީ ކޮށްފައެވެ.
މިހާރު އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ޚިދުމަތްތައް ރަށުގައި ޤާއިމުކުރުމަށް ކައުންސިލުންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެރަށުކައިރީން ފަތުރުވެރިންނާއި އެރަށުގެ ރައްޔިތުން ދަތުރުދާނެ ރަށެއް ހަމަޖައްސަވާދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
