
(ފޮޓޯ ކްރެޑިޓްސް: އިމާރާތްކުރުމާއި ގެދޮރުވެރިކަމާއިބެހޭ ވުޒާރާ)
2027 ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރަން ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ފެނާއި ނަރުދަމާގެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތެރެއިން 61 މެންބަރުންގެ އިއްތިފާގުންނެވެ. 7 މެންބަރަކު ދެކޮޅަށް ވޯޓުދެއްވިއެވެ. 2027ވަނަ އަހަރުގެ ކުރިން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރަން ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށައެޅީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ފެނާއި ނަރުދަމާގެ ޤާނޫނުގައި މިހާރު އޮންނަ ގޮތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ފެނާއި ނަރުދަމާގެ ޤާނޫނަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 5 އަހަރުގެ ތެރޭގައި ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެ ކަމަށެވެ. މި ޤާނޫނު ތަސްދީޤުކުރީ 2020 ވަނަ އަހަރުއެވެ. އެހެންކަމުން ޤާނޫނުގައި ބުނާ 5 އަހަރު ދުވަހުގެ މުއްދަތު މިއަހަރަށް ހަމަވާނެއެވެ. ޤާނޫނަށް އިސްލާހު ހުށައަޅަން ބިލެއް ހުށައެޅުމުގެ މައިގަނޑު ބޭނުމަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރަންޖެހޭ މުއްދަތު އިތުރުކުރުމެވެ. އެ ގޮތުން މިހާރު ހުށައަޅާފައިވާ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަންވާނެ ކަމަށެވެ.
ހަމައެއާއެކު މި ބިލުގައި ރާއްޖޭގައި ޤާއިމުކުރެވޭ ލެބޯޓަރީތަކުގައި ޢާންމު ބޭނުންތަކަށް ދޫކުރާ ފެނުގެ ފެންވަރާއި ރައްކާތެރިކަން ބަލައި ތަޙުލީލުކުރުމުގެ ޚިދުމަތް ދިނުމަށްޓަކައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި އެ ލެބޯޓަރީތަކުގައި ފެން ޓަޙްލީލުކުރުމުގެ ޚިދުމަތް ދިނުމާގުޅޭ ޝަރުތުތައް ކަނޑައެޅުން ހިމެނޭހެން ވިޔަފާރިއާއި ޢާންމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުނަންޖެހޭ މިންގަނޑުތައް ކަނޑައެޅުން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކޮންމެ މީލާދީ އަހަރެއް ނިމުމުން ފެނާއި ނަރުދަމާ ޚިދުމަތުގެ ޕާސޯމެންސް ރިޕޯޓު ހުށައަޅަން އޮންނަ މާއްދާ ބިލުގައި ވަނީ އިތުރަށް ތަފްސީލުކޮށްފައެވެ. އެ ގޮތުން ޚިދުމަތްދޭ ފަރާތުން ކުރިއަށް އޮތް އަހަރު ޚިދުމަތް ދިނުމަށް ކަނޑައަޅާ ގޮތުގެ ޕްލޭންއަކާއި ވޭތުވެދިޔަ އަހަރު އެ ފަރާތުން ފޯރުކޮށްދިން ޚިދުމަތް ފޯރުކޮށްދިން ގޮތާގުޅޭ ޕާފޯމަންސް ރިޕޯޓެއްގެ މައްޗަށް އެކުލެވޭ އަހަރީ ރިޕޯޓެއް ކޮންމެ މީލާދީ އަހަރެއް ނިމުމުން ހުށައަޅަންޖެހޭނެކަމަށް އައު ބިލުގައި ބަޔާންކުރެއެވެ.
ފެނާއި ނަރުދަމާގެ ޤާނޫނަށް ގެނައި އިސްލާހުތަކުގައި ބައެއް ކުށްތަކަށް އަދަބު ކަނޑައަޅާފައިވެސްވެއެވެ. އެ ގޮތުން ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ކުރާ ފަރާތެއްގެ އަދަބަކީ 1 މިލިޔަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުންކަމާއި ބިމުގެ ފެން ފަށަލަ ތަޣައްޔަރުވާފަދަ ޢަމަލެއް ކޮށްފިނަމަ އެފަދަ ފަރާތެއްގެ އަދަބަކީ 100،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުންކަމުގައި ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝައިޢުކުރާ ދުވަހުން ފެށިގެންނެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
