
ކަމަދޫ ބ. އަތޮޅުގެ ތަރައްޤީގެ ލިސްޓުގެ ފަހަތުގައި އޮތްއޮތުން ނިމުމަކަށްގެނެސް، އެރަށާމެދު އޮތް ތަފާތުކުރުން ނައްތާލައި، ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކަމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެތެރެއިން އެއަތޮޅުގެ ކަމަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެރަށަށް ވަޑައިގަތީ ރައްޔިތުން ބޭނުންވާ ކަންކަން ބާރު ސްޕީޑުގައި ކުރިއަށްދަވާނެކަމުގެ ޔަޤީންކަން ދެއްވުމަށްކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ކަމަދޫ ސްކޫލަކީ ޖާގަ ކުޑަ އަދި އިތުރު ވަސީލަތްތައް ބޭޏުންވާ ސްކޫލެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ދަތުރުފުޅުގެތެރެއިން ސޮއިކުރި ސްކޫލްގެ އައު އިމާރާތުގެ އެއްބަސްވުމާއެކު އެ ސްކޫލަށް ވަސީލަތާއި އިމާރާތުގެ ގޮތުން ޖާގަ ތަނަވަސް އިމާރާތެއް ޤާއިމްވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަމަދޫއަށް ސީޕްލޭން ފެށުމަށް ހޯކްސް ހޮޓެލްއާއެކު ވެފައިވާ އެއްބަސްވުމާއެކު އިޤްތިޞާދީގޮތުން ކުރިއެރުންތަކެއް ރަށަށްލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކަމަދޫގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު ސަމާލުކަމެއްދޭކަމަށް ވިދާޅުވެ ރައީސް ވަނީ، މީގެކުރިން އެއަތޮޅުގެ ތަރައްޤީގެ ލިސްޓުގައި ކަމަދޫ އޮންނަނީ ފަހަތުގައިކަން ފާހަގަކުރައްވައި، އެ ތަފާތުކުރުން ނައްތާލައި ކަމަދުއަށް ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ކަމަދުއަށް ސިއްޙީ ޚިދުމަތުގެ ކުރިއެރުން މުހިންމުކަމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ސިއްޙީ ޚިދުމަތް ތަރައްްޤީކުރުން މުހިންމުވެފައިވާތީ ވަރަށް އަވަހަށް ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢު ބަޔަކާ ހަވާލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. “ކުރިއަށް އޮތް މަދު ސުވަސްކޮޅެއްތެރޭ ސިއްޙީ މަރުކަޒުގެ ވަސީލަތް އިތުރުކޮށް އަދި ޖާގަ ގޮތުން އޮތް މައްސަލަ ހައްލުކޮށް، ސިއްޙީ ޚިދުމަތް 16 ގަޑިއިރަށް ޚިދުމަތްދިނުމާއެކު މުޅި މައްސަލައަށް ހައްލު ހޯދައިދޭނަން. އަންނަ ސެޕްޓެމްބަރު މަހު ބަޔަކާއެކު ސޮއިކޮށް، ދެމަހެއްހާ ދުވަސްތެރޭ މޮބަލައިޒްކޮށް، ބަޔަކާ ހަވާލުކޮށް މިއަހަރު ނިމުމުގެ ކުރިން މަޝްރޫޢޫ ފެށޭނެ” ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާއިން އެރަށަށް ވަޢުދުތަކެއް ވެފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ، ކުޅިވަރުގެ ވަސީލަތް ގާއިމްކުރުމަށް ބޭނުންވާ ތަކެތި ގެނައުން އެސްޓީއޯއާ ހަވާލުކޮށްފައިވާކަމަށެވެ. މިއާއެކު ޓާފް ގެނެވުނުހާ އަވަހަށް ފުޓުބޯޅަ ދަނޑު އެޅި ކުޅިވަރުގެ ވައުދުތައް ފުއްދަވައިދެއްވާނެކަމަށް އެމަނިކުފާޏު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ކަމަދޫގެ މަގު ހެދުމަށް ނިންމާފައިވާކަންވެސް ފާހަގަކުރައްވާ ވިދާޅުވީ، ކޮންމެ ރަށަކަށް ތާރު ނުވަތަ ގައު އަތުރައިގެން މަގު ހެދުން މުހިންމު ނޫންކަމަށާއި، ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށަށް ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭގޮތަށް މަގުހެދުން މުހިންމުކަމަށެވެ. އެގޮތުން ކަމަދޫގެ ރައްޔިތުން ބޭނުންވަނީ ރަނގަޅަށް ފެންހިންދޭ ގޮތަށް މަގުތައް ބޭނުންކުރުން ކަމަށްވާތީ އެގޮތަށް އެމަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެރަށު ބަނދަރުގެ މަސައްކަތައް ދިމާވެފައިވާ ކަންކަން ހައްލުކޮށް އެމަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވައި ނިންމަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި މުޅި ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނީ ތަރުތީބުންކަމަށާއި، އެކަން ކުރިއަށްދާނެގޮތް ރާވާފައިވާކަަމަށް ވިދާޅުވިއެވެ. އެގޮތުން ކަމަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސް މަޝްރޫޢުތައް ފުރިހަމައަށް ކުރިއަށްދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކަމަދޫގައި އައު މިސްކިތެއް އަޅުއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި އޭގެ އިތުރަށްވެސް ތަރައްޤީގެ މަޝްރޫޢުތައް ކަމަދޫގައި ކުރިއަށްދާނެކަމަށާއި، ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ކުރިއަށްދާ ރަށަކަށްވާތީ ރަށް ކައިރިން ފަޅުރަށެއް ޕިކްނިކް ރަށެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށްފަހު އެރަށަށް ރަސްމީ ހައިސިއްޔަތުން ރައީސަކު ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ. އެކަން ފާހަގަކޮށް އެރަށު ކައުންސިލުން ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
