
(ފޮޓޯ ކްރެޑިޓްސް: މިހާރު)
އެމްޕީއެލްއިން 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލުނު މައްސަލައިގައި ފިޔަވަޅުތައް އެޅުމަށް އެމްޕީއެލްއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ. މި މައްސަލަ ފެންމަތިވީ އޮޑިޓް އޮފީހުން 2018-2020 ވަނަ އަހަރުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހެދުމަށް ފަހު ނެރުނު ރިޕޯޓަކުންނެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ ތެޔޮ ގެއްލުމުގައި އެމްޕީއެލްއާއި އެފްއެސްއެމްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި، މިހާތަނަށް ވެސް ގެއްލުނު ފައިސާ ނުހޯދޭ ކަމަށެވެ.
މާލިއްޔަތު ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު ތައްޔާރުކުރި ރިޕޯޓުގައި ވަނީ ފަސް ކަމެއް ކުރަން އެންގުމަށް ހުށަހަޅާފަ އެވެ. އެއީ:
- އޮޑިޓް ރިޕޯޓްގައި ފާހަގަކުރި ކަންކަން ތަންފީޒުކުރުން.
- ތެޔޮ ވިއްކާ އުޅަނދުތައް މޮނީޓާކުރުމަށް ކެމެރާ ސިސްޓަމްތަކާއި ތެޔޮ ދޫކުރާ މީޓަރުތައް ޑިޖިޓަލްކޮށް، ލައިވް ރިޕޯޓް ނެގޭ ގޮތަށް ހެދުން؛ އަދި ބާޖުތަކުގެ ތެޔޮ ޓޭންކްތަކުގެ މިންވަރު 45 ދުވަސް ތެރޭގައި ލައިވްކޮށް އެނގޭނެ ގޮތް ހެދުން.
- އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް އަވަސްކޮށް، އެކަމުގައި ޕީޖީ އޮފީހާއި ކޯޓުތަކުން ކުރާ މަސައްކަތުގެ ތަފްސީލީ ރިޕޯޓެއް މަޖިލީހަށް ހުށަހެޅުން.
- އެމްޕީއެލްގެ އެތެރޭގެ މާލީ މުއާމަލާތްތައް ހަރުދަނާކޮށް، ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނަރަލްގެ އޮފީހަށް އެންގުން.
- މާލެ ސަރަހައްދުން ތެޔޮ އުޅަނދުތައް ބޭރުވުމަށް ފަހު ވެސް މޮނިޓާ ކުރެވޭނެ ސިސްޓަމްތައް ތިން މަސް ތެރޭގައި ގާއިމްކުރުން.
އޮޑިޓް އޮފީހުން ކުރިން ނެރުނު ރިޕޯޓުގައި މި މައްސަލަ އޭސީސީއަށާއި ފުލުހުންނަށް ހުށަހަޅައި ތަހުގީގުކުރުމަށާއި، ގެއްލުނު ފައިސާ ހޯދުމަށާއި، ތެޔޮ ބޭނުންކުރާ މިންވަރު ބަލައި، ޓޭންކްތަކުގައި މީޓަރު ހަރުކުރުން ފަދަ ނުވަ ކަމެއް އިސްލާހުކުރަން ލަފާދީފައިވެ އެވެ. ކޮމިޓީގެ ރިޕޯޓާ މެދު މަޖިލީހުގައި މިއަދު ބަހުސްކޮށްފައިވާއިރު، ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ކުރީގެ ސަރުކާރުގައި ހިޔާނާތް ގިނަ ކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ. މި ރިޕޯޓް ފާސްކުރުމާ ގުޅޭ ގޮތުން މިއަދު ވޯޓަށް އަހާނެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
