
އެފްއޭއެމަށް ހުޅުމާލޭން ދިން ބިމާ، މާފަންނު ސްޓޭޑިއަމްގައި ގުދަންބަރިއެއް ހަދާފައިވާ ބިމުގައި އެއްވެސް އިތުރު މަސައްކަތެއް ނުކުރުމަށް އަންގައިފިއެވެ. އެފްއޭއެމުން ރޭ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ބިންތަކަށް އެއްވެސް އުނި އިތުރެއް ގެނެސްގެން ނުވާނެ ކަމަށެވެ. އެ ބިންތަކަށް އިތުރު ބަދަލެއް ނުގެނައުމަށް އަންގާ އެފްއޭއެމުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މާލޭ 387 ނަމްބަރު ކޮށީގެ ބިމަކީ ފީފާގެ ހަރަދުގައި އޮފީހަކާއިއެކު ސްފޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް ދީފައިވާ ބިމެއްކަމަށެވެ. އެ ބިން ދޫކޮށްފައިވަނީ 1 ފެބުރުވަރީ 2017 ވަނަ އަހަރު 50 އަހަރަށް ސްޕޯޓްސް މިނިސްޓްރީއަށެވެ.
އެފްއޭއެމުން އެދިފައިވަނީ މާފަންނު ސްޓޭޑިއަމް އޮފީސް ހުރި ބިން މިހާރު ބޭނުން ކުރާ ފަރާތްތަކުން އެތަން ބޭނުން ކުރުމުގައި އެފްއޭއެމުއާއި އެކު ނުވަތަ އެހެން ފަރާތަކާއި މެދު އެއްބަސްވުމެއްވެފައިވާނަމަ އެއްބަސްވުމުގެ ކޮފީއާއި ކަމާއިގުޅޭ ލިޔެކިއުންތައް މިމަހުގެ 24 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެފްއޭއެމަށް އީމެއިލްގެ ޒަރިއްޔާއިން ނުވަތަ ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އިދާރާއަށް ހުށަހެޅުމަށެވެ. މީގެ އިތުރުން އެފްއޭއެމުން އެދިފައިވަނީ ހުޅުމާލޭ ފުޓްބޯޅަ ސުކޫލު އެޅުމަށް އެއިދާރާއަށް ދިން ބިމުގައިވެސް އެއްވެސް އިމަރާތެއް ނުކުރުމާށާއި އެއްވެސް ބަދަލެއް ނުގެނައުމަށެވެ. ހުޅުމާލޭގައި ފުޓްބޯޅަ ސުކޫލު އެޅުމަށް އެޗްޑީސީން އެފްއޭއެމަށް ބިމެއް ދިނީ 11 ޖުލައި 2018 ގައެވެ.
އެއީ ފުޓްބޯޅަ ޓްރޭނިން ފެސިލިޓީތަކާއި އެހެނިހެން ހިދުމަތްތަކާއެކު ފުޓްބޯޅަ ސުކޫލެއް ތަރައްޤީކުރުމަށް 25 އަހަރަށް އެއްވެސް ކުއްޔެއް ނުނަގާގޮތަށް ދިން ބިމެކެވެ. އެހެންނަމަވެސް އެފްއޭއެމްގެ އޭރުގެ ވެރިންވަނީ އެ ބިން 15 ފަރާތަކަށް ސަބްލީސްކޮށް ކުލި ނަގަން ފަށާފައެވެ. އަދި 7 ޑިސެމްބަރު 2022 ގައި ވަނީ ބިމުގެ އެއްބައިން އެޗްޑީސީއަށް ކުލި ދައްކަން ޖެހޭ ގޮތަށް އެގްރީމެންޓަށް ބަދަލު ގެނެސްފައެވެ. އެފްއޭއެމުން އެ ބިމަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ދައްކާފައިނުވާތީ ބިން ހުސްކުރަން އަގާ އެޗްޑީން ވަނީ އެބިން އެޗްޑީސީއާއި ހަވާލުކޮށްފައިނުވާތީ އެ ބިން އަނބުރާ ހޯދުމަށް އެދި އެޗްޑީސީން ވަނީ ސިވިލްކޯޓުގައި ދައުވާވެސް ކޮށްފައެވެ.
އެފްއޭއެމުން ރޭ ނެރެފައިވާ އިއުލާނުގައިވަނީ ފުޓްބޯޅަ ސުކޫލުގެ ބިމާއި ގުޅޭ ގޮތުން އެއްވެސް ސައްހަ އެއްބަސްވުމެއް އޮތްނަމަ އެކަން މިމަހުގެ 24 ވަނަ ދުވަހުގެ 14:00ގެ ކުރިން އެފްއޭއެމަށް އެންގުމަށް އެދޭކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
