
ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ކުޅެން ކުވޭތުގެ އަލް އަރަބީގެ މުހިންމު އެޓޭކިން މިޑްފީލްޑަރަކު ބަހައްޓާފައި މާލެ އަތުވެއްޖެ އެވެ. މި ދެ ޓީމު މާދަމާ ގަލޮޅު ދަނޑުގައި ކުޅޭ މެޗަކީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޯފް މެޗެކެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖަށް ދެވޭނީ މި މެޗު ކާމިޔާބު ކުރާ ޓީމަކަށެވެ. ހުސްވި އަހަރުގެ މުބާރާތުގެ ސެމީ ފައިނަލް ކުޅުނު ޓީމުގެ މިޑްފީލްޑަރު އަދި ކުވޭތު ގައުމީ ޓީމަށް ވެސް ކުޅޭ އަލީ ހަލަފް މި މެޗަށް ނައީ އޭނާ އަށް ލިބިފައިވާ އަނިޔާ އަކަށް ފަރުވާ ހޯދަމުންދާތީ އެވެ. ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅުވާން 10 ދުވަސް ނަގާނެ ކަމަށް އެ ޓީމުން ވަނީ މައުލޫމާދުދީފަ އެވެ.
އުމުރުން މިހާރު 30 އަހަރުގެ ހަލަފް ވަނީ އަރަބީ އަށް ކުޅެދިން 78 މެޗުގައި 14 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ ކުވޭތުގެ ގައުމީ ޓީމަށް 22 މެޗުން އެއް ގޯލު ޖަހައިފަ އެވެ. ހަލަފް ނެތް ނަމަވެސް އަރަބީ ޓީމުގައި ކުވޭތުގެ ގައުމީ ޓީމުގެ ހަ ކުޅުންތެރިންނާއި ބިދޭސީ ހަ ކުޅުންތެރިން އެބަތިއްބެވެ. އެއީ ސީރިއާގެ އާއި ޔުގެންޑާގެ ދެ ޑިފެންޑަރުންނާއި ނައިޖީރިއާ އާއި ދެ ފޯވަޑުންނާއި ފްރާންސާއި އިރާނުގެ ދެ މިޑްފީލްޑަރުންނެވެ. މީގެ ތެރެއިން ފްރާންސްގެ މިޑްފީލްޑަރުގެ ކުޅުން ގޯސްކަމުން އޭނާ ދޫކޮށްލަން ވަނީ ނިންމާފަ އެވެ.
އަރަބީ މާލެ އައީ އަބޫދާބީގައި ކޭމްޕްކޮށް ތިން މެޗު ކުޅުމަށް ފަހު އެވެ. މި ގޮތުން އަލް ބަނިޔާސް އާއި ހައްޓާ އަދި އަލްވަހުދާއާއެކު ކުޅުނު މެޗުން ތަކުން އަރަބީ ވަނީ ބަލިވެފަ އެވެ. މި ޓީމު ވާދަވެރި ތިން މެޗު ކުޅުނުއިރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓިފައި އޮންނަތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. މީގެ ސަބަބުން މާޒިޔާ އަށް ވާދަވެރި މެޗެއް ކުޅެން ލިބިފައިނުވެ އެވެ. މި ދެ ޓީމު ވަނީ ހުސްވި އަހަރު ކުވޭތުގައި ކުޅުނު ޗެމްޕިއަންސް ލީގު ގްރޫޕް ފިޔަވަހީގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗުން މާޒިޔާ ބަލިވީ 2-0 އިންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
