
އިނގިރޭސިވިލާތުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅެވޭ ކޮމިއުނިޓީ ޝީލްޑް ޕެނަލްޓީ ޖަހައިގެން 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ކްރިސްޓަލް ޕެލަސް އިން ހޯދައިފި އެވެ. ލަންޑަނުގެ ވެމްބްލީ ސްޓޭޑީއަމްގައި އަށްޑިހަ ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު 20 ވަނަ މިނިޓުގައި ކާރު އެކްސިޑެންޓެއްގައި ދާދި ފަހުން މަރުވި ލިވަޕޫލްގެ ޑިއެގޯ ޖޮޓާގެ ހަނދާނުގައި ވަނީ ސުކޫތެއް ގެނެސްފަ އެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ.
މި ސީޒަނުގައި އަލަށް ލިވަޕޫލް އާއި ގުޅުނު ފަސް ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިން ފުރަތަމަ ޓީމުގައި ހިމެނި ލިވަޕޫލް އަށް ކުޅެފައިވާ މި މެޗުގެ ހަތަރުވަނަ މިނިޓުގައި ހޫގޯ އެކިޓީކޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑު ޖަހަން އޭނާއަށް ފުރުސަތު ތަނަވަސްކޮދީފައިވަނީ 116 މިލިއަން ޕައުންޑްގެ ފީއަކަށް މި ސީޒަނުގައި އަލަށް ލިވަޕޫލް އާއި ގުޅުނު ފްލޯރިއަން ވާޓްޒް އެވެ. ނަމަވެސް އޭގެ 13 މިނިޓު ފަހުން ކްރިސްޓަލް ޕެލަސް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިޔާ ތެރެއިން އިސްމާއިލާ ސާރ އަށް ވެންޑައިކް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓި އަކުން ޝޯން ފިލިޕް މަޓޭޓާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ލިވަޕޫލް އިން ދެވަނަ ފަހަރަށް މި މެޗުގައި ކުރި ހޯދާފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި އެ ޓީމާއި އަލަށް ގުޅުނު ޖެރެމީ ފްރިމްޕޮންގް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ލިވަޕޫލް އިން 2-1 ގެ ނަތީޖާއަކުން ކުރީގައި އޮތް ނަމަވެސް ކްރިސްޓަލް ޕެލަސް އިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ. ކްރިސްޓަލް ޕެލަސް އިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި އިސްމައިލާ ސާރ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން ކްރިސްޓަލް ޕެލަސް އިން ކުރި ހޯދިއިރު އެ ޓީމުގެ ގޯލުކީޕަރު ޑީން ހެންޑަރސަން ވަނީ އެލެކްސިސް މެކަލިސްޓާ އާއި ހާވޭ އެލިއޮޓް ޖެހި ޕެނަލްޓީ މަތަކޮށްފަ އެވެ. އަދި މުހައްމަދު ސަލާ ޖެހި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑި މަތިން ގޮސްފައިވާއިރު ކްރިސްޓަލް ޕެލަސް މޮޅުވި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ 21 އަހަރުގެ މިޑްފީލްޑަރ ޖަސްޓިން ޑެވެނީ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
