
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާ އަންނަ ހުކުރު ދުވަހު ބައްދަލުކުރައްވަން ނިންމެވި ނިންމުމެއް މަރުޙަބާ ވިދާޅުވުމާއެކު، ހަނގުރާމަ ހުއްޓައިލުމުގެ ކުރެވޭ މަޝްވަރާތަކުގައި އިސްކުރަންޖެހޭނީ ޔޫކްރެއިނުގެ މަޞްލަޙަތުކަމަށް ވިލާތުގެ ޤައުމުތަކުގެ އިއްތިހާދު، އީޔޫގެ ވެރިން ޓްރަމްޕަށް ގޮވައިލައްވައިފިއެވެ. އެލަސްކާގައި ޕުޓިންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން ޓްރަމްޕް އިޢުލާނުކުރެއްވީ، 2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް އައުމާ ގާތްވެފައިވާ ކަމަށް އޭނާ އޭގެ ކުރިން ވިދާޅުވެފައިވަނިކޮށެވެ.
ރަޝިޔާ އާއި ޔޫކްރެއިނު ވެސް އެއް މޭޒެއްގެ ދޮށަށް ގެނައުމުގެ ވިސްނުން ޓްރަމްޕް ގެންގުޅުއްވިޔަސް، މި ވަގުތަށް ޕުޓިން ވެސް އެދިވަޑައިގެންފައިވާ ގޮތަށް، ޓްރަމްޕް ނިންމަވާފައިވަނީ، ހުކުރު ދުވަހު ބާއްވާ މަޝްވަރާތަކުގައި ޔުކްރެއިނު ބައިވެރިނުކުރުމަށް ކަމަށް އެމެރިކާގެ ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މަސްލަހަތަށާއި ހެވާއި ލާބައަށް ރަޝިޔާއާއި ޔޫކްރެއިނުން ކޮންމެ ވެސް ވަރަކަށް ބިން ބަދަލުކުރަން ޖެހޭނެއެވެ. ފަރަންސޭސިވިލާތާއި، އިޓަލީވިލާތާއި، ޖަރުމަނުވިލާތާއި، ޕޮލަންޑު، އިނގިރޭސިވިލާތް އަދި ފިންލޭންޑްގެ ވެރިންނާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް ގުޅިގެން ނެރުއްވި ބަޔާނެއްގައި ވަނީ ޓްރަމްޕްގެ އިސްނެންގެވުމަށް މަރުޙާބާ ވިދާޅުވެފައެވެ.
ނަމަވެސް، ޔުކްރެއިނަށް އޮތް ތާޢީދު ދަމަހައްޓައި، ރަޝިޔާއަށް ފިއްތުންތައް ކުރިމަތިކުރުވާފައި ބޭއްވުމަށް އެ ބަޔާނުގައި ބާރުއެޅުމުގެ އިތުރަށް، ޔުކްރެއިނުގެ ބައިވެރިވުމެއް ނެތި، ޔުކްރެއިނުގައި ސުލްޙަ ޤާއިމުނުކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ޔުކްރެއިނުގެ މިނިވަންކަމާއި އިސްތިޤުލާލު ދިފާޢު ކުރެވޭނެކަމުގެ ޔަޤީންކަން ލިއްބައިދޭންޖެހޭކަމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވަނީ އީޔޫ ވެރިންގެ އެ ބަޔާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ހަނގުރާމަ ނިންމުމަށް އެކުލަވައިލެވޭ އެއްބަސްވުމެއް ޔުކްރެއިނަށް އިންސާފުވެރިވާންޖެހޭނެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ޕުޓިން ވިދާޅުވާ ގޮތުގައި ޔޫކްރެއިންގެ ލުހާންސްކާއި ދޮނެސްކާއި ޒަޕޮރިއްޒިޔާއާއި ޚާސަން އާއި ކްރިމިޔާ އަކީ ރަޝިޔާގެ ބައެކެވެ. 2014ވަނަ އަހަރު ރަޝިޔާ ވަނީ ކްރިމިޔާ އެ ޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ދެން ހުރި ސަރަޙައްދުތަކުގެ ފުރިހަމަ ބާރު އަދި ރަޝިޔާއަކަށް ނުލިބެއެވެ.
ބައެއް މަސްދަރުތަކުން ބުނީ އެމެރިކާއާއި ރަޝިޔާއިން ކުރަމުންދާ މަޝްވަރާތަކުގައި ރަޝިޔާއިން ޔޫކްރެއިނުން އަތުލައިގެންފައިވާ ސަރަޙައްދުތައް އެއީ ރަޝިޔާގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުން ހިމެނޭ ކަމަށެވެ. ނަމަވެސް އެ ކަމާ ގުޅޭގޮތުން ވައިޓް ހައުސުން ބުނީ އެއީ ހީއެއްގެ މައްޗަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ. އެ ކަމާ ގުޅޭގޮތުން ކްރެމްލިނުން އެއްޗެއް ބުނެފައެއް ނުުވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
