
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ދަރިކޮޅުގެ ހަތިޔާރު އެޅި ޖަމާޢަތް، ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފާ) އެކު ސުލްޙައިގެ މަޝްވަރާތައް ބޭއްވުމަށް އެ ޤައުމުގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން އިންކާރު ކޮށްފިއެވެ. ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި އޮތީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައެވެ. ނަމަވެސް، އެޗްޓީއެސް ސަރުކާރުގެ މަޞްދަރުތަކުން ބުނީ، މަޝްވަރާތަކުގައި ބައިވެރިވުމަށް ޕެރިހަށް ދަތުރު ނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. އެޗްޓީއެސުން އަސްކަރީ ބަޣާވާތެއްކޮށް ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެއަށް ފަހު، ގުޅިފައިވާ ސަރުކާރެއް އެކުލަވައިލާނެ ކަން އެޗްޓީއެސްގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު ވަނީ އިޢުލާނު ކޮށްފައެވެ. އަދި، ސޫރިޔާގެ އަސްކަރިއްޔާއާ ރަސްމީ ގޮތުން ގުޅުމުގެ ފުރުޞަތު މިހާރު ރައީސްގެ މަޤާމު ފުރަމުންދާ ޝަރާޢު ވަނީ އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ހުޅުވައިލާފައެވެ.
އެ ފުރުޞަތުގެ ދަށުން އެސްޑީއެފުން ވަނީ ސޫރިޔާގެ އަސްކަރިއްޔާއާ ގުޅުމަށް ނިންމައި، މާރޗު މަހުގެ ތެރޭގައި އެޗްޓީއެސްގެ ސަރުކާރާ އެކު އެއްބަސްވުމެއް އެކުލަވައިލާފައެވެ. ނަމަވެސް، އެ އެއްބަސްވުން ތަންފީޒު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވުމަށް ޝަރާޢުގެ ސަރުކާރުން އިންކާރު ކުރުމާ އެކު، އެ ކަން ތަންފީޒު ކުރެވޭނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެސްޑީއެފަކީ އެމެރިކާއިން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތެކެވެ. 2014ން ފެށިގެން 2019އާ ދެމެދު ސޫރިޔާއާއި ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާ ނިރުބަވެރި ޖަމާޢަތް، އައިއެސާ ދެކޮޅަށް އެމެރިކާއިން އިސްނަގައިގެން ކުރި ހަނގުރާމައިގައި އެސްޑީއެފުން އިސް ދައުރެއް އަދާކޮށްފައިވެއެވެ. ސޫރިޔާގެ އިރުއުތުރުގެ ބައެއް ސަރަޙައްދުތައް މިހާރު ވެސް އޮތީ އެސްޑީއެފްގެ ބާރުގެ ދަށުގައެވެ. އެ ސަރަޙައްދުތައް ދިމިޝްޤުގެ ކޮންޓުރޯލުގެ ދަށަށް ގެންދިޔުމަކީ ޝަރާޢުގެ އަމާޒެކެވެ.
ޕެރިހުގައި ބާއްވާފައިވާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ދަޢުވަތު އެޗްޓީއެސްގެ ސަރުކާރަށް އަރުވާފައި ވަނީ އެސްޑީއެފުންނެވެ. ނަމަވެސް، އެޗްޓީއެސް ސަރުކާރުގެ މަޞްދަރުތަކާ ޙަވާލާދީ ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ، “ކުރީގެ ވެރިކަން އިޔާދަ ކުރުމަށް” މަސައްކަތް ކުރާ ބަޔަކާ އެކު މަޝްވަރާ ކުރުމަށް ޝަރާޢުގެ ސަރުކާރުން ބޭނުން ނުވާ ކަމުގައެވެ. އަދި، އެއީ މާރިޗު މަހުގެ އެއްބަސްވުމާ ތަޢާރުޒުވާ ހުށަހެޅުންތަކަކާ މެދު މަޝްވަރާ ކުރުމަށް ރާވާފައިވާ ބައްދަލުވުމެއްގެ ގޮތުގައި ވެސް އެޗްޓީއެސް ސަރުކާރުން މަޞްދަރުތަކުން ސިފަ ކުރިއެވެ. ޝަރާޢުގެ ވެރިކަމުގައި ތަންފީޒު ކުރަމުންދާ ދުސްތޫރީ ޤަރާރެއް މުރާޖާ ކުރުމަށް ވެސް އެސްޑީއެފުން ވަނީ ގޮވައިލާފައެވެ. އެ ޖަމާޢަތުން ބުނީ، އެ ޤަރާރުގެ ދަށުން ސޫރިޔާގައި ހަމަހަމަ ކަން ޤާއިމު ކޮށްދެވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. ދާދި ފަހުން ސޫރިޔާގެ ދެކުނުގައިވާ އަލް-ސުވަޔިދާއާއި އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ހިންގާފައިވާ ހަމަނުޖެހުންތައް ވެސް ޕެރިހުގެ ބައްދަލުވުމުގެ ބައިވެރިން ވަނީ ކުށްވެރި ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
