
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޭނުންކުރި ފަސިންޖަރުންގެ އަދަދު 4 މިލިޔަނަށްވުރެ އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރުވެސް އިތުރު އަދަދެކެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓެވެ. އެ ތަނުން ޚިދުމަތްހޯދާ ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ މި ސަރަހައްދަށް ބަލާއިރުވެސް ބާރުބޮޑު އެއަރޕޯޓެކެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
އެމްއޭސީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައިި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 4،108،845 ފަސިންޖަރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4 އިތުރުވުމެކެވެ. ފުރަތަމަ 6 މަސްދުވަހު ދަތުރުކުރި 4.1 މިލިޔަން ފަސިންޖަރުންގެ ތެރެއިން، ބައިނަލްއަޤްވާމީ ދަތުރުތައް ކޮށްފައިވަނީ 2،669،969 ފަސިންޖަރުންނެވެ. އަދި އެތެރޭގެ ދަތުރުތައް ކޮށްފައިވަނީ 579،079 ފަސިންޖަރުންނެވެ. އަދި ސީޕްލޭންގައި 859،797 ފަސިންޖަރުން ދަތުރުކޮށްފައިވާކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް)
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން އެއް ދުވަހެއްގެ ތެރޭގައި އެއަރޕޯޓު ބޭނުންކޮށްފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހު ވީއައިއޭއިން 26،658 ފަސިންޖަރުން ވަނީ ޚިދުމަތް ހޯދާފައެވެ. މީގެއިތުރުން ސީޕްލޭންއިން އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުން ދަތުރުކޮށްފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހުއެވެ. އެދުވަހު 7،439 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއަރ ޓްރެފިކް މޫވްމަންޓްސްވެސް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު %7 އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއަރ ޓްރެފިކް މޫވްމަންޓްސް ހުރީ 124،665 ގައެވެ. މި މުއްދަތުގައި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ މޫވްމަންޓްސް ހުރީ 17،614 ގައެވެ. އަދި ޑޮމެސްޓިކް މޫވްމަންޓްސް ހުރީ 14،110 ގައެވެ. ސީޕްލޭން މޫވްމަންޓްސް ހުރީ 92،941 ގައެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއޭލް)
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 34،000 ޓަނުގެ ކާގޯ ވަނީ ކްލިއަރކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %6 އިތުރުވުމެއްކަމަށް އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފެސެންޖަރ ޓާމިނަލް ވަނީ މިދިޔަ މަހު ހުޅުވާފައެވެ. އައު ޓާމިނަލަކީ އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޓާމިނަލްއެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
