
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާޢިބެހޭ ވުޒާރާ)
އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވެގެން އަންނައިރު ލިޔެކިއުންތައް ރަނގަޅަށް ނުބެލެހެއްޓި ތާރީހު ރަނގަޅަށް ދެނެގަތުން މިވަނީ އުނދަގޫ ކަމަކަށް ވެފައިކަމަށާއި، ކުޅިވަރުގެ ކާމިޔާބީތަކުގެ ތާރީހު ބެލެއްޓެމުކީ ވަރަށް މުހިންމު ކަމެއް ކަމަށް ކުރީގެ ކުޅިވަރު ވަޒީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. ކުރިވަރުން ރާއްޖެއަށް ހޯދިފައިވާ މުހިންމު ކާމިޔާބީތައް އަރުޝީފުކުރަން ފެއްޓުމާއި ކުރީގެ ކުޅިވަރު ވަޒީރުންގެ އަގު ވަޒަން ކުރުމަށް ބޭއްވި ހަފްލާއަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއެއްގައި މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގައި ކާމިޔާބީތައް ހޯދައިދިން ފަރާތްތައް އެނގުމަކީ އަރުޝީފުގެ ބޭނުން ހިފޭނެ ކަމެއް ކަމަށާއި ގައުމަށް ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދައިދީފައި ތިބި ދޮށީ އުމުރުގެ މީހުން އަރުޝީފެއް ނެތުމުން މިއަދުގެ ޖީލަށް ނޭންގޭނެ ކަމަށެވެ.
މިހާރު ޔޫއޭއީއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ ކުޅިވަރުތަކުން ރާއްޖެއަށް ކާމިޔާބީތައް ލިބިފައިހުރީ އޮލިމްޕިކް ކޮމިޓީއާއި ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓާއި ސްޕޯޓްސް ކޮމިޝަނަރގެ އޮފީހާއި އެސޯސިއޭޝަންތައް ގުޅިގެން ފަރުދާގެ ފުރަގަހުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމެވެ. އޭނާ ވިދާޅުވީ ނަތީޖާ ނިކުންނަނީ ވަރަށް ގިނަ ބަޔަކު ފަހަތުގައި މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އެގޮތުން ރާއްޖޭއިން އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ އަމާޒުގައި ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖްފާން ރަޝީދު ފަދަ އެތުލީޓުންނަށް އިންވެސްޓްކޮށް ޖެމެއިކާ އާއި މެލޭޝިއާއިން ދިން ތަމްރީނުތަކަކީ ކުޅިވަރުގައި ކާމިޔާބީ ހޯދުމަށް އޭރުގެ ކުޅވަރު ވުޒާރާއިން ކުރި މުހިންމު ކަންތައްތައް ކަމަށް ފާހަގަ ކުރެއްވިއެވެ.
އަދި ރާއްޖެއަށް ކުޅިވަރުން ކާމިޔާބީތައް ހޯދައިދިނުމުގައި ޕޮލިސީ ލެވެލްގައި މަސައްކަތް ކުރެއްވި ބޭފުޅުންނަކީ ވަރަށް ތަޖުރިބާ ހުންނާނެ ބައެއް ކަމަށާއި، އެ ބޭފުޅުން މިއަދުވެސް އެކި ކަންކަމުގައި ޝާމިލުކުރަން ޖެހޭ ކަމަށް މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވިއެވެ. “މިހާރު އެބޭފުޅުންގެ ކާމިޔާބީ މިއަދުގެ ޒުވާނުންނަކަށް ނޭންގޭނެ. އެބޭފުޅުން ކޮށްދެއްވީ މުހިންމު ޤައުމީ ހިދުމަތަކަށްވާތީ އެބޭފުޅުންގެ އަގު ވަޒަން ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވާ ކަމެއް” މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ. އޭރުގެ ތަޖުރިބާ ހުރި ބޭފުޅުން މިއަދުގެ އެތުލީޓުންނާއި ބައްދަލުވުމަކީވެސް މިއަދުގެ އެތުލީޓުންނަށް ލިބޭނެ ވަރަށް ބޮޑު އިންސްޕިރޭޝަނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ކޮންމެ ކުޅިވަރެއްވެސް ކާމިޔާބު ކުރީ ކިހިނެތްތޯއާއި ކޮން ބައެއްގެ ބައިވެރިވުމާއެކުގައިތޯ އަދި މެޑަލްތައް ލިބުނީ ކޮން ބަޔަކަށް ކޮން ކޮން ކުޅިވަރަކުންކަން އެންގުން ނުހަނު މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރުގެ މޮޅެތި އެތުލީޓުންގެ ދަފްތަރެއް ހަދާލެވުނަސް އެއީ ވަރަށް ބޮޑު ކަމަކަށް ވާނެ ކަމަށާއި، ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފު ކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
