
ދުނިޔެ އާއި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އައި ބްލޮންޑީއޯ އެވޯޑްގެ އަގުވެއްޓީއްޖެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަކީ މި އެވޯޑް ދެ ވަނަ އަށް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާ އެވެ. ޖުމުލަ ފަސް ފަހަރު އޭނާ ވަނީ މި އެވޯޑް ހާސިލް ކޮށްފަ އެވެ. ނަމަވެސް ރޮނާލްޑޯ އެވޯޑަށް ފާޑުކިއުން އޮއްސާލީ މި އަހަރުގެ އެވޯޑަށް ވާޑަކުރާ 30 ކުޅުންތެރިންގެ ލިސްޓުގައި އޭނާގެ ނަން ނެތުމުންނެވެ. މިއީ ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ގަދަ 30ގައި ނުހިމެނު ތިން ވަނަ ފަހަރެވެ. ނަމަވެސް އޭނާ ވަނީ ގައުމީ ޓީމާއި ކުލަބުގައި ހުސްވި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މިހެންވެ ރޮނާލްޑޯ ބުނީ “އެއީ ވަކިގޮތަކަށް ނިންމާފައި،” އޮންނަ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ދެއްކި ހުސްވި އަހަރުގެ އެވޯޑް ބްރެޒިލް އާއި ރެއާލް މެޑްރިޑްގެ ވިނީޝިއުސް އަށް ނުދިނުމެވެ. ހުސްވި އަހަރު އެވޯޑް ލިބުނޫ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މެންޗެސްޓާ ސިޓީ އާއި ސްޕޭނުގެ މިޑްފީލްޑަރު ރޮޑްރީ އެވެ. ނަމަވެސް ފީފާގެ ދަ ބެސްޓް ލިބުނީ ރެއާލް މެޑްރިޑްގައި މޮޅަށް ކުޅެ އެ ކުލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ވިނީޝިއުސް އެވެ. “އަހަރެން ދެކޭ ގޮތުގައި ހުސްވި އަހަރު އެވޯޑް ލިބެންވާނީ ވިނީޝިއުސް އަށް. މިހާރު އޭގެ އަގެއް ނެތް. އަހަރެން މިހުރީ ވަރަށް ރުޅި އައިސްފައި،” ރޮނާލްޑޯ ބުންޏެވެ.
މި އެވޯޑް އެންމެ ގިނައިން ލިބިފައިވަނީ ރޮނާލްޑޯއާ އެންމެ ވާދަވެރި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށެވެ. އެއީ އަށް ފަހަރު އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
