
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ހަދާފައިވާ އެގްރީމެންޓްގެ ދަށުން ލިބިފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ބޭނުންކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ. އެމްއެމްއޭ އިން ބުނީ، 30 ބިލިއަން ރުފީސްގެ ފެސިލިޓީ ބޭނުން ކުރަން ފަށާނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވާން ޖެހޭ އިދާރީ ތައްޔާރީތައް އެ ބޭންކުން އަންނަނީ ވަމުންނެވެ. އެ ފެސިލިޓީ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެ ދަތުރުފުޅުގައި އިންޑިއާ އިން ވަނީ ކަރެންސީ ސްވޮޕްގެ 400 މިލިއަން ޑޮލަރުގެ ފެސިލިޓީ ވެސް އާކޮށްދީފަ އެވެ. އެ ފެސިލިޓީ ނެގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ އަށް ފަހު، އޭގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރު ކޮށްފައިވެ އެވެ. އާ ފެސިލިޓީ ނަގަނީ، ކުރިން ނެގި 400 މިލިއަން ޑޮލަރުގެ ފެސިލިޓީ ހަމަވުމުންނެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ރިޒާވް އެންމެ ބޮޑަށް ދަށްވި އެއް އަހަރެވެ. ރިޒާވް ދަށްވަނީ، ސަރުކާރުން ތެލާއި އެހެނިހެން ހަރަދުތައް ހަމަޖެއްސުމުގެ އިތުރުން ދަރަނި އަދާކުރަން ޖެހޭ އަދަދު އިތުރުވުމުންނެވެ. މި އަހަރުގެ މިހާތަނަށް ދަރަނި އަދާކުރުމަށް ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެ އެވެ. ތެލާއި ކާޑާއި ބޭހާއި މެޑިކަލް ސާމާނު އެތެރެކުރުމަށް އެސްޓީއޯ އަށް ރިޒާވުން 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ދީފައި ވެ އެވެ.
މިދިޔަ ޖޫން މަހުގެ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ. އެ މަހުގައި ޔޫޒަބަލް ރިޒާވްގެ އަދަދަކީ 202 މިލިއަން ޑޮލަރެވެ. ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމްއެމްއޭ އިން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތައް ގެނެސް، ޑޮލަރު ބޭންކްތަކަށް ޖަމާކުރާ އަދަދު އިތުރު ކޮށްފަ އެވެ. ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 247.2 މިލިއަން ޑޮލަރު ލިބުނު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
