
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ބޭންކް ކާޑު ބޭނުން ނުކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ބޭނުންކުރެވޭ ނެޝަނަލް ކިއުއާރް ކޯޑެއް ތައާރަފްކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ. އެ ބޭންކުން ބުނީ، އަންނަ އަހަރު އެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށައި އޭރުން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. މި ހިދުމަތް ދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމެންޓް ސިސްޓަމް “ފަވަރަ” ގެ ތެރެއިންނެވެ. އެ ހިދުމަތާ އެކު، ފަސޭހައިން އަދި ރައްކާތެރިކަމާ އެކު ފައިސާ ދެއްކޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
“އޭރުން ކިއުއާރް ކޯޑު ސްކޭން ކޮށްގެން އިންޑއާއަށް ވެސް ޕޭމެންޓް ހެދޭނެ އަދި އަޅުގަނޑުމެން ޔޫޕީއައި [އިންޑިއާގެ ޕޭމެންޓް ސިސްޓަމް] އާ އިންޓަގްރޭޓްވީމާ،” އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި އެވެ. ނެޝަނަލް ކިއުއާރް ކޯޑާ އެކު ހުރިރާ ވެންޑަރުންނަށް ވެސް ކާޑުގެ ބަދަލުގައި އެ ހިދުމަތް ބޭނުން ކުރެވޭނެ އެވެ. އޭރުން ބޭންކް ކާޑުތަކުން ފައިސާ ދައްކާއިރު މިހާރު ނަގާ ފީ ވެސް ނުނަގާނެ އެވެ. އެފަދަ ކާޑުތަކަށް ވިޔަފާރިތަކުން މިހާރު 2.5 ޕަސެންޓުގެ ފީއެއް މީހާރު ދައްކަ އެވެ. “މާރުކޭޓުގައި ހުންނަ ފިހާރަތަކުން ވެސް އެމީހުން ވެސް ބޭނުންކުރާނީ ކިއުއާރް ކޯޑު. އޭރުން ވަގުތުން ފައިސާ ދެއްކޭނެ،” އޮފިޝަލް ވިދާޅުވި އެވެ.
މި ހިދުމަތަށް ހާއްސަކޮށް، ރާއްޖޭގެ ބޭންކްތަކާ ގުޅިގެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. މިކަމަށް އެމްއެމްއޭ އިން އަންނަނީ ޕޭމަންޓް ސިސްޓަމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން މަސައްކަތްކުރަމުންނެވެ. އެ ކުންފުނީގެ ބޭނުމަކީ، ޕޭމަންޓްތައް ހެދުމުގައި އާންމުނަށް ލުއިފަސޭހަ އާ ޒަމާނީ ހިދުމަތްތައް ތައާރަފް ކުރުމެވެ. އެ ކުންފުނި މަސައްކަތްކުރާނީ ދުނިޔޭގެ އެހެން ނެޝަނަލް ޕޭމަންޓްތައް ހިންގުމަށް ހަދާފައިވާ ކުންފުނިތައް މަސައްކަތްކުރާ އުސޫލުންނެވެ. އެއާ އެކު އޯޕަން ބޭންކިން އާއި ޑިޖިޓަލް ބޭންކިންގެ ހިދުމަތްތައް ވެސް ތައާރަފް ކުރެވޭނެ އެވެ.
ކިއުއާރް ކޯޑު ޕޭމަންޓް ނިޒާމަކީ، ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ އެއް ހިދުމަތެވެ. ކާޑުގެ ބަދަލުގައި އެ ހިދުމަތް ބޭނުންކުރާ މިންވަރު ދުނިޔޭގައި އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ އިރު 2023 އިން 2030 އެ ދާއިރާ 17 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެ އެވެ. ދުނިޔޭގެ ކިއުއާރް ކޯޑު މާކެޓު ސައިޒުގެ އަގު މިހާރު ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރަށް އަރަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
