
ހުޅުމާލޭގައި އެންސިސް ފިޝަރީޒްއިން ހިންގަމުންއައި މަސް ކާރުޚާނާ މިފްކޯއިން ގަތުމަށް މަސައްކަތްކުރައްވާކަމަށް ސަރުކާރޔގެ މަސްކުންފުނި، މިފްކޯއިން ވިދާޅުވެއްޖެއެވެ. ދަޅުގައި މަސް ބަންދުކުރުމަށް ޤާއިމްކޮށްފައިވާ 25 މިލިއަން ޑޮލަރު ނުވަތަ 385 މިލިއަން ރުފިޔާގެ އިންވެސްޓުމަންޓެއްކަމަށްވާ “އެންސިސް މަސް ފެކްޓްރީ” ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ 9 ވަނަ ދުވަހުއެވެ. މިއީ ގްރޭޓަރ މާލޭ ސަރަޙައްދުގައި މިހާތަނަށް ހިންގަމުން އައި އެންމެ ބޮޑު މަސް ކާރުޚާނާއެވެ.
“އެންސިސް މަސް ފެކްޓްރީ”ގައި ދުވާލަކު 25 ޓަނުގެ މަސް ދަޅު އުފެއްދުމުގެ ޤާބިލްކަން ހުރެއެވެ. އަދި 1000 ޓަނުގެ އައިސް ޕްލާންޓަކާއި 1200 ޓަނުގެ ފިނިކުރި މަސް ރައްކާކުރުމުގެ ޤާބިލުކަންވެސް މި ކާރުޚާނާގައި ހުރެއެވެ. މީގެ އިތުރުން މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ގަސްކާނާ ބަންދުކުރެވޭނެ ފިޝްމީލް ޕްލާންޓެއްވެސް އެ ކާރުޚާނާގައި ގާއިމުކޮށްފައިވެއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރެ މި ފެކްޓްރީ މިހާރު ވަނީ ބަންދުކޮށްފައެވެ.

އެ ކާރުޚާނާ އަލުން ބޭނުންކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ. މިފްކޯއިން ވިދާޅުވީ ފަހުގެ މެޝިނަރީއާއި އާލަތްތަކާއެކު އިންވެސްޓްކުރުމަށްފަހު، ދޮޅުއަހަރަށް ހުއްޓިފައިހުރ،ި އެންސިސް ކޭނަރީގެ ޕްރޮސެސިންގް ކެޕޭސީޓީ، މިފްކޯއަށް ހޯދުމުގެ ދިރާސާތައް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު އެތަން ގަތުމައްޓަކައި އެންސިސްއާއިއެކު މަޝްވަރާ ކުރަމުން އަންނަކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ. ދުއިސައްތައެއްހާ މުވައްޒަފުންނާއެކު ހިންގަމުން އައިި އެންސިސް މަސް ކާރުޚާނާ ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ، ކުރީ ސަރުކާރުން ކަޅުބިލަމަހުގެ ކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމެވެ. މިއާއެކު އެ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނުކަމަށް އެކުންފުނިން ބުނެފައިވެއެވެ.
އެންސިސް ފިޝަރީސް ކުންފުނި ވުޖޫދަށް އައީ 2002 ވަނަ އަހަރު ބޮޑު ކަންނެލި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރުމުގެ ތެރެއިންނެވެ. އެއަށްފަހު އެކުންފުނިން ވަނީ 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަސް ފެކްޓްރީއެއް ޤާއިމްކޮށްފައެވެ. އޭގެ ފަހުން “އެންޒީ” ގެ ނަމުގައި އަމިއްލަ މަސް ބްރޭންޑެއް ތަޢާރަފްކޮށް އެންސިސްއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް މަސް އެކްސްޕޯޓުކުރިއެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
