
(ފޮޓޯ ކްރެޑިޓްސް: އެކްސް/ޔޮރުކުލްސިކް)
ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު، ޓީސީޖީ ވޮލްކަން (ޕީ-343) މިއަދު ރާއްޖެއަށް ގެނެސްފިއެވެ. ޑޯގަން-ކްލާސްގެ މި މިސައިލް މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގައެވެ. މި މަނަވަރު ރާއްޖެއަށް ހަދިޔާކުރީ ދިފާއީ ގާބިލްކަން އިތުރުކުރުމުގެ މަގުސަދުގައި ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހި އަސްކަރިއްޔާގެ ގާބިލްކަން ވަރުގަދަ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާއިރު، އަސްކަރީ ޑްރޯންތަކާއި އެހެނިހެން އުޅަނދުތައް ވެސް ވަނީ ހޯދާފައެވެ.
މިއީ 45 އަހަރުވީ މަނަވަރެއް ނަމަވެސް، މިދިޔަ އަހަރު ވަނީ މަރާމާތުކޮށް، ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި އަލުން ގިންތިކޮށްފައެވެ. މި މަނަވަރު އޮޕަރޭޓްކުރުމަށް ދިވެހި ސިފައިންނަށް ވަނީ ތުރުކީގައި ހާއްސަ ތަމްރީނު ދީފައެވެ. އަންނަ ހަފުތާގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި މި މަނަވަރު އިފްތިތާހު ކުރެވޭނެއެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖެއަކީ ފަހުރުވެރި މިނިވަން ގައުމެއް ކަމަށާއި، މި ގައުމުގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ ދިވެހިން އަމިއްލައަށް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
