
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންގެ މައި ގޭސް ދަނޑެއް ކަމަށްވާ ލެވިއަތަނުން މިޞްރަށް ގޭސް ބޭރުކުރުމުގެ ބިޔަ އެއްބަސްވުމެއް ޔަހޫދީންނާއި މިޞްރާ ދެމެދު ސޮއިކޮށްފިއެވެ. މިއީ ޔަހޫދީ ދައުލަތުން މިހާތަނަށް ސޮއި ކޮށްފައިވާ މި ފަދަ އެންމެ އަގުބޮޑު މަޝްރޫޢުއެވެ. މި މަޝްރޫޢު އިޢުލާނުކޮށްފައި ވަނީ ލެވިއަތަން ގޭސް ދަނޑުގެ މައި ހިއްސާދާރެއް ކަމަށްވާ ނިއުމެޑް އެނަރޖީއިންނެވެ. ޔަހޫދީންނަކީ ފަލަސްޠީނުގެ މުސްލިމުންނަށް ގޯނާކޮށް ދުއްތުރާކުރާ ބަޔަކަށް ވިއިރު، އަދި މިހާރު ވެސް ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޢުދުވާނީ ޙަމަލާތައްދީ 61،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، އެ ސަހަރުގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ޢަރަބި ޤައުމަކަށްވެ ހުރެ މިޞްރުން ޔަހޫދީންނާއެކު މި ފަދަ އެއްބަސްވުމެއް ޤާއިމްކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ޤައުމަށް އަމާޒުވެފައެވެ. މިޞްރުގެ ގިނަ ރައްޔިތުން ވެސް ސަރުކާރުގެ ނިންމުމަށް ދެކޮޅުހަދައެވެ. ޔަހޫދީންނާއެކު މި ފަދަ އެއްބަސްވުމެއް ޤާއިމްކުރުމަކީ ޣައްޒާ ހަނގުރާމައިގައި ޔަހޫދީންނަށް މަދަދުވެރިވުން ކަމުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
35 ބިލިޔަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢުގެ ދަށުން ލެވިއަތަނުން މިޞްރަށް ގޭސް ފޯރުކޮށްދޭނެއެވެ. އެ އެއްބަސްވުމުގެ ސަބަބުން މިޞްރަށް ކުރިމަތިވެފައިވާ ހަކަތައިގެ މައްސަަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިޞްރުގައި އުފައްދާ ގޭހުގެ މިންވަރު ދަށަށް ދާން ފެށީ 2022ވަނަ އަހަރުގެ ތެރޭގައެވެ. މިޞްރުގައި އުފައްދާ ގޭހުން ރައްޔިތުންނަށް ނުފުދޭތީ އެ ޤައުމުން ދިޔައީ ބޭރު ޤައުމުތަކުން ގޭސް ދިޔާކޮށްގެން އެ ޤައުމަށް އެތެރެކުރުމަށް އެތައް ބިލިޔަން ޑޮލަރެއް ޚަރަދުުކުރަމުންނެވެ. ގޭސް ހޯދުމަށް ޔަހޫދީންގެ މައްޗަށް މިޞްރުން އާއްމުކޮށް ބަރޯސާވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިޞްރުގައި ބޭނުންކުރާ ގޭހުގެ 20 އިންސައްތައަކީ މިހާރު ވެސް ޔަހޫދީންގެ އަތުން ގަންނަ ގޭހެވެ. ލެވިއަތަނުން މިޞްރަށް ގޭސް ފޯރުކޮށްދޭން ފަށާފައި ވަނީ 2020ވަނަ އަހަރު އެ ގޭސް ދަނޑު އަލަށް ޤާއިމްކުރި އިރެެވެ. ޢަރަބި ޤައުމުތަކުގެ ތެރެއިން މިޞްރުގެ އިތުރުން އުރުދުނަށް ވެސް ޔަހޫދީން ގޭސް ބޭރުކުރެއެވެ.
ޔަހޫދީންނާއި އީރާނާ ދެމެދު މިދިޔަ ޖޫން މަހުގެ ތެރޭގައި ކުރި 12 ދުވަހުގެ ހަނގުރާމައިގެ މުއްދަތުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ލެވިއަތަނުން ގޭސް ބޭރުކުރުން ވަނީ މެދުކަނޑައިލައިފައެވެ. ނަމަވެސް މިހާރު އެ ކުންފުނިން އެ މަސައްކަތް އަލުން ވަނީ ފަށައިފައެވެ. އަލަށް އިޢުލާނުކުރި އެއްބަސްވުމުގެ ދަށުން، ޔަހޫދީ ދައުލަތުގެ އައްސޭރިފަށުގައި އަދި މެޑިތެރޭނިއަން ކަނޑުގައި ޤާއިމުކޮށްފައިވާ ލެވިއަތަން ގޭސް ދަނޑުން 2040ވަނަ އަހަރާ ހަމައަށް ޖުމްލަ 130 ބިލިއަން ކޮޑި މީޓަރުގެ ގޭސް މިިޞްރަށް ފޯރުކޮށްދޭނެއެވެ. އެ ގޭސް ފޯރުކޮށްދޭނީ ލެވިއަތަނާއި މިޞްރާ ދެމެދު ޤާއިމްކުރާ ގޭސް ހޮޅިތަކެއް މެދުވެރިކޮށެވެ. ގޭސް ދިޔާ ނުކޮށް ގޭހުގެ ގޮތުގައި ފޯރުކޮށްދިނުމަކީ ދިޔާކޮށްފައިވާ ގޭސް ނުވަތަ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ފޯރުކޮށްދިނުމަށްވުރެ އަގުހެޔޮ ގޮތެކެވެ. އެލްއެންޖީގެ އަގު ބޮޑު ވަނީ އެއްތަނުން އަނެއް ތަނަށް ގޭސް ގެންދިޔުމަށް އެ ގޭސް ދިޔާ ކުރުމަށް ގޭސްތައް ވަރަށް ބޮޑަށް ފިރިކުރަން ޖެހޭތީއެވެ. އަދި މަންޒިލާ ހަމައަށް ގެންދެވުމުން އެލްޕީޖީ އަލުން އަނބުރާ ގޭހަށް ބަދަލުކުރަން ޖެހޭތީއެވެ. ބޮޑު ޚަރަދެއް ހިނގާ މި މަސައްކަތް ކުރަން ނުޖެހި ސީދާ ގޭހުގެ ގޮތުގައި އެ ގޭސް މިޞްރަށް ފޯރުކޮށްދެވިއްޖެނަމަ މިޞްރުގެ އިޤްތިޞާދުން އެތައް ބިލިޔަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް ނިއުމެޑުން ބުނެއެވެ.
ޔަހޫދީން މީގެ ކުރިން ގޭސް ވިއްކަމުން ދިޔައީ ކޮންމެ މިލިޔަން ބްރިޓިޝް ތަރމަލް ޔުނިޓެއް (އެމްއެމްބީޓީޔޫ) 7.75 އެމެރިކާ ޑޮލަރަށެވެ. ޔަހޫދީން ގޭސް ވިއްކާ އަގު 25 އިންސައްތައިން އިތުރުކުރުމަށް ބޭނުންވާ ކަމަށް މަސްދަރުތަކުން މިދިޔަ މެއި މަހުގެ ތެރޭގައި ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި މިޞްރާއެކު ޔަހޫދީން ޤާއިމްކުރި އެއްބަސްވުމުގައި ގޭހުގެ އަގު ވަނީ 20 އިންސައްތަ އިތުރުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޔަހޫދީން މިޞްރަށް ގޭސް ފޯރުކޮށްދޭން ފަށާނީ 2026 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ގޭސް ހޮޅިތައް ޤާއިމްކުރުމަށް ފަހުގައެވެ. ފުރަތަމަ ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ 20 ބިލިޔަން ކޮޑި މީޓަރުގެ ގޭހެވެ. ބާކީ 110 ބިލިޔަން ކޮޑި މީޓަރުގެ ގޭސް ފޯރުކޮށްދޭނީ ދެވަނަ މަރުހަލާގައެވެ.
About Post Author
މާދަމާ ނިއުސް
ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ ލޯނުތަކަށް 636 މިލިއަން އަދި އިންޓްރެސްޓަށް...
“ބޮޑު ދެއިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާ އަދަދު އިތުރުވާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ދައުލަތުގެ ޚަރަދުތައް ކުޑަވާނެ...
ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ
(ފޮޓޯ ކްރެޑިޓްސް: ޒަކާތު ހައުސް) ދިވެހިރާއްޖޭގެ ޒަކާތުގެ ޤާނޫނުގެ ދަށުން، ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން މަޖުބޫރުވާ ގޮތަށް އާ ޤަވާއިދެއް އެކުލަވާލުމަށް ޒަކާތު...
މިފަހަރު އެންމެ ގިނަ ވޯޓުފޮށި ހެންވޭރު ދަނޑުގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ އިންތިޚާބުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ...
އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީ ކެންޑިޑޭޓުންނަށް އެކަނި: ރައީސް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު...
“ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިޔަސް ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ބަދަލު...
