
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލުބުނާނުގެ ހަތިޔާރު ގުދަނެއް ބަލައި ފާސްކޮށް އެ ގުދަނުގައި ހުރި ހަތިޔާރު ރައްކާތެރިކަމާއެކު ރޫޅައިލަމުގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ބޮޑު ގޮވުމެއް ގޮވައި، އެ ޤައުމުގެ ހަ ސިފައިން މަރުވެއްޖެއެވެ. ލުބުނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި އެ ޤައުމުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޞޫރުގައި ގޮވުން ގޮވުމަށް މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައެއް ސަލާމަތީ މަސްދަރުތަކުން ބުނީ ގޮވުން މެދުވެރިވީ ޔަހޫދީންނާއި ލުބުނާނުގެ ޙިޒްބުاللهއާ ދެމެދު ޞޫރުގައި ކުރި ހަނގުރާމައިގައި ބޭނުންކޮށްފައި ހުރި ހަތިޔާރުތަކެއްގެ ސަބަބުން ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީން ވަނީ ޙިޒްބުاللهއަށް އަމާޒުކޮށް ލުބުނާނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެއީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ޙިޒްބުاللهއިން ޣައްޒާއަށް ވާގިވެރިވުމުގެ ގޮތުން ސަރަޙައްދީ ރޮނގު ކައިރީގައިވާ ޔަހޫދީ އަސްކަރީ މަޤާމުތަކަށް ޙަމަލާދޭން ފެށުމުންނެވެ.
2024ވަނަ އަހަރުގެ ނޮވެމްަބަރު މަހުގެ ތެރޭގައި އެމެރިކާގެ އެހީތެރިކަމާއެކު ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ވަނީ ޤާއިމުކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ލުބުނާނުގެ އަސްކަރިއްޔާ ނޫން އެެހެން ޖަމާޢަތްތަކުން ގެންގުޅޭ ހަތިޔާރުތައް އަތުލަން ޖެހެއެވެ. އޭގެ ބަދަލުގައި ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުމަށް އެއްބަސްވުމުގައި ޝަރުތުކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
