
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، މިނިވަން ކަމާ އެކު ދިރިއުޅުމުގެ ޙައްޤު ފަލަސްޠީނުގެ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމުގެ އެއްވެސް ވިސްނުމެއް އެމެރިކާގެ ސަރުކާރުގައި ނެތް ކަން ނައިބު ރައީސް ޖޭޑީ ވޭންސް ހާމަ ކުރައްވައިފިއެވެ. ފަލަސްޠީން ބަލައިގަތުމަށް އެމެރިކާއިން އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަން ވޭންސް ހާމަ ކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގައި ގޮތުގައި ބަލައިގަތުމަށް ބާރުގަދަ ބައެއް ޤައުމުތަކުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އެމެރިކާގެ ގާތް އެކުވެރިން، އަދި ޔަހޫދީންގެ އިސް މަދަދުގާރުންގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ކެނެޑާ ހިމެނެއެވެ. ސެޕްޓެންބަރު މަހު އެމެރިކާގެ ނިއު ޔޯކްގައި ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އެ ކަން ރަސްމީކޮށް އިޢުލާނު ކުރާނެ ކަން އެ ތިން ޤައުމުން ވާނީ ހާމަކޮށްފައެވެ.
ލެމީއާ އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވޭންސް ވިދާޅުވީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެންނާނެ ގޮތަކާ މެދު އެމެރިކާއާއި އިނގިރޭސިވިލާތުން ގެންގުޅެނީ ތަފާތު ދެ ޚިޔާލެއް ކަމުގައެވެ. ނަމަވެސް، ޣައްޒާގެ މައްސަލައަށް ޙައްލެއް ހޯދުމަށް އެމެރިކާއިން ބޭނުންވާ ކަމުގައި އޭނާ ވިދާޅުވިއެވެ. “ފަލަސްޠީނުގެ މިނިވަން ދައުލަތެއް ބަލައިގަތުމުގެ ޙަޤީޤީ މާނައަކީ ކޮބައި ކަން އަޅުގަނޑަށް ސާފެއް ނުވޭ، ސަބަބަކީ ފަލަސްޠީނުގައި ރަނގަޅަށް ހިނގާ ސަރުކާރެއް ނެތުން،” އިނގިރޭސިވިލާތުގެ ނިންމުމާ މެދު ނޫސްވެރިން ސުވާލު ކުރުމުން ވޭންސް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ އަމާޒު ވަރަށް ސާފު. ކުށެއް ނެތް މީހުން [ޔަހޫދީން] މެރުމުގެ ފުރުޞަތު [ޣައްޒާގައި ވެރިކަން ކުރާ މުޖާހިދުންގެ ޖަމާޢަތް ކަމުގައިވާ] ޙަމާސަށް ނުދިނުން. ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތް ހައްލު ކުރަން އަޅުގަނޑުމެން ބޭނުން.”
ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން އިންސާނީ މުސީބާތެއްގެ ތެރެއަށް ވައްޓައިލާފައި ވަނީ އެމެރިކާގެ އެހީތެރިކަމާއި ބައިވެރިވުމާ އެކުގައެވެ. ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ، އަދި ބައިވެރިއަކީ އެމެރިކާއެވެ. ޚާއްޞަ ގޮތެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ފަލަސްޠީނުގެ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ޝަހީދު ކުރުމަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ބޭނުން ކުރަމުންދާ ގިނަ ހަތިޔާރުތަކަކީ ޓްރަމްޕްގެ އަމުރަށް އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރުތަކެވެ.
ވޭންސަކީ މީގެ ކުރިން އިނގިރޭސިވިލާތުގެ ސަރުކާރާއި ވެރިކަން ކުރާ ލޭބަރ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ބޭފުޅެކެވެ. އަދި، އެމެރިކާ ކުރިއެރުވުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ފުރިހަމައަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. ލޭބަރ ޕާޓީން އިނގިރޭސިވިލާތުގެ ވެރިކަން ކާމިޔާބު ކުރުމާ އެކު ވޭންސް ވަނީ އެ ކަމާ މެދު ނުރުހުން ފާޅު ކުރައްވާފައެވެ. އަދި، އިނގިރޭސިވިލާތަކީ ނިއުކްލިޔަރ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ފުރަތަމަ “އިސްލާމީ” ޤައުމު ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
ލެމީއަކީ ވެސް މީގެ ކުރިން ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނުރުހުމުގެ ބަސްތައް އަމާޒު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޓްރަމްޕަކީ ކަނާތު ފިޔައިގެ ހަރުކަށި ފިކުރަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އަދި، ޓްރަމްޕަކީ ނާޒީންގެ ހަރުކަށި ފިކުރާއި، ހަމުގެ ކުލަ ދޮން މީހުންގެ ފިކުރު ކުރިއަރުވައި، ނަސްލީ ތަފާތު ކުރުންތަކަށް ތާޢީދުކޮށް ކުރިއަރުވަން މަސައްކަތް ކުރައްވާ ‘ނިޔޯ-ނާޒީ’އެއްގެ ގޮތުގައި ސިފަ ލެމީ ކުރިން ސިފަ ކުރައްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
