
ޗެލްސީ ފުޓްބޯޅަ ކްލަބްގެ އެކަޑެމީގެ ކުޅުންތެރިން ވިއްކައިގެން ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ކްލަބަށް 250 މިލިއަން ޕައުންޑް ލިބިއްޖެ އެވެ. ޗެލްސީގެ އެކަޑެމީ ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ފަހުން އެ ކްލަބުން ވިއްކާލާފައިވަނީ ބާރންލީ އަށް އާމަންޑޯ ބްރޯހާ އެވެ. އޭނާ ވިއްކާލައިގެން ޗެލްސީއަށް ވަނީ 20 މިލިއަން ޕައުންޑް ލިބިފަ އެވެ. ޓޮޑް ބޮއެލީ އެންޑް ކްލިއަލޭކް ކެޕިޓަލް އިން ޗެލްސީ ގަތް ފަހުން އެ ޓީމަށް ލިބޭ އާމްދަނީއަށްވުރެ ހަރަދުތައް ބޮޑުވެފައިވާކަމަށްބުނެ ޕްރިމިއާ ލީގުން ވަނީ އެ ޓީމުގެ މާލީ ކަންތައްތައް ހަމައަކަށް އެޅުވުމަށް އަންގާފަ އެވެ. އަދި އެކަމަށް ޔޫއެފާ އިން ވެސް ވަނީ އެ ކްލަބަށް އަންގާފަ އެވެ.
އާމަންޑޯ ބްރޯހާ ވިއްކާލުމާއިއެކު މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގައި އެ ކްލަބަށް ވަނީ އެކަޑެމީ ކުޅުންތެރިން ވިއްކައިގެން 41.2 މިލިއަން ޕައުންޑް ލިބިފަ އެވެ. އޭގެ ތެރޭގައި ޑިފެންޑާރ ބަޝީރު ހަމްފްރޭސް އާއި އިޝޭ ސެމުއެލް ސްމިތް ހިމެނެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އެ ޓީމުގެ ފޯވަޑް ތައިރިގް ޖޯޖްގެ އިތުރުން ޓްރެވަރ ޗަލޮބާ ވެސް ވިއްކާލުމަކީ ކައިރި ކަމެއް ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. މި ސީޒަނުގައި ޗެލްސީ އަށް ކުޅުންތެރިން ވިއްކައިގެން އާމްދަނީގެ ގޮތުގައި 225.5 މިލިއަން ޕައުންޑް ލިބިފައިވާއިރު އެކަޑެމީ ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިސާ އަކީ ސާފު ފައިދާކަމަށް ބަލާތީވެ އެ ޓީމަށް ވަނީ މި ސީޒަނުގައި އިތުރު ކުޅުންތެރިން ހޯދުމަށް ފަސޭހަވެފަ އެވެ.
ޓްރާންސްފަރ ބާޒާރު އަންނަ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހަށް ހަމަވާއިރު މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވަޑް އަލެހަންދްރޯ ގަރްނާޗޯ ހޯދުމަށް ޗެލްސީން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ލައިޕްޒިގްގެ ޒަވީ ސައިމަންސް އަށްވެސް އެ ކްލަބުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
