
އަސާސީ ޚިދުމަތްތަކުގެ އަގުތައް %2.99 ދަށަށް ގޮސްފައިވާކަމަށް ޤައުމީ ތަފާސްހިސާބާ ބެހޭ އިދާރާއިން ނެރެފައިވާ ކޮންސިއުމަރ ޕްރައިސް ރިޕޯޓުން ދައްކައިފިއެވެ. ޤައުމީ ތަފާސްހިސާބާ ބެހޭ އިދާރާއިން ތައްޔާރުކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުން ފެށިގެން ފާއިތުވެދިޔަ 12 މަސްދުވަހުގެ ތަފާސްހިސާބުގެ މައްޗަށް ބިނާކޮށެވެ. ކޮންސިއުމާ ޕްރައިސް އިންޑެކްސް، ސީޕީއައިއަކީ އެވަރެޖްކޮށް ރާއްޖޭގައި މީހުން ބޭނުންކޮށްއުޅޭ ތަކެއްޗާއި ޚިދުމަތްތަކުގެ އަގަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ. ސީޕީއައި އެންމެ އާއްމުކޮށް ބޭނުންކުރަނީ އިންފްލޭޝަން ރޭޓް ނުވަތަ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށެވެ. މީގެ އިތުރުން، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ ސިޔާސަތުތަށް ދިރާސާކުރުމަށްވެސް ސީޕީއައި ބޭނުންކުރެއެވެ.
ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީއަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ހެދުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ހައުސިންގ މިނިސްޓްރީ)
ޤައުމީ ތަފާސްހިސާބާ ބެހޭ އިދާރާއިން ނެރެފައިވާ ދިވެހިރާއްޖޭގެ ބާޒާރުގައި މުދަލާ ތަކެތީގެ އަގުތައް ހުރިގޮތް ދައްކުވައިދޭ ތަފާސްހިސާބަށް ބަލާއިރު، ވޭތުވެދިޔަ އަހަރުދުވަހުގެ ތެރޭގައި އާންމު ދިރިއުޅުމުގައި ބޭނުންކުރާ އަސާސީ ޚިދުމަތަކުގެ އަގުތަށް ވަނީ ދަށަށްގޮސްފައެވެ. އެގޮތުން ފެން، ކަރަންޓް، އަދި ގޭހާއި، ތެލުގެ އަގުތައް ވަނީ ޖުމްލަ ގޮތެއްގައި %2.99 ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަސާސީ ޚިދުމަތްތަކުގެ އަގުތައް މައިގަނޑު ގޮތެއްގައި ދަށަށް ގޮސްފައިވަނީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލާއި ކަރަންޓްގެ އަގު ހެޔޮވުމުގެ ސަބަބުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަގުތައް އެންމެބޮޑަށް މައްޗަށް ގޮސްފައިވަނީ ދުންފަތުގެ ބާވަތްތަކުންނެވެ. ދެން އަގުތައް މައްޗަށްގޮސްފައިވަނީ ހޮޓާ ރެސްޓޯރެންޓްގެ ބައިންނެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން އަގުތައް %55.94 އުފުލިފައިވާއިރު، ރެސްޓޯރެންޓާއި ހޮޓާތަކުންދޭ ހިދުމަތްތަކުގެ އަގުތައް ވަނީ %29.26 އުފުލިފައެވެ.
ޤައުމީ ތަފާސްހިސާބާ ބެހޭ އިދާރާއިން ނެރެފައިވާ ސީޕީއައި ރިޕޯޓުގައި މިދިޔަ ޖޫން މަހު ރާއްޖޭގެ ބާޒާރުގައި މުދަލާ ތަކެތީގެ އަގުތައް ހުރިގޮތް ދައްކުވައިދޭ ތަފާސްހިސާބުތައްވެސް ވަނީ ހިމަނާފައެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޖޫން މަހު އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ ކަރަންޓުގެ އަގެވެ. އެގޮތުން ޖޫން މަހުގެ ކަރަންޓް ބިލްތަކުން %3.18 ވަނީ ދަށަށް ގޮަސްފައެވެ.
ޖޫން މަހު އަގުތައް ދަށަށް ދިޔަ ބައިތައް
* މަސް – %1.20
* ގޭގައި ހިފާ ގެންގުޅޭ ސާމާނު – %2.34
* ރެކޯޑިންއާ ގުޅޭ ސާމާނު – %1.88
* މަތިންދާ ބޯޓް ޓިކެޓް – %0.73
* ސައިކަލް – %0.32

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫން މަހު އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ މޭވާއާއި ކިރު އަދި ކިރުން އުފައްދާ ބާވަތްތަކުގެ އަގުތަކެވެ. އެގޮތުން ޖޫން މަހު މޭވާގެ އަގުތައް %3.20، ކިރާއި ކިރުގެ ބާވަތްތައް އަދި ކުޅުޅު ބިހުގެ އަގުތައް ވަނީ %1.22، އަދި ތަރުކާރީގެ އަގުތައް ވަނީ %0.83 އުފުލިފައެވެ.
މިއަހަރަށް ފާސްކުރި ބަޖެޓަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ފޮނުވި ލަފާގައި މިއަހަރު ރާއްޖޭގެ އިންފްލޭޝަން މަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ވަނީ ލަފާކޮށްފައެވެ. މަރުކަޒީ ބޭންކުން އަންދާޒާގައިވާގޮތުގައި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ޚަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަންނަ އަހަރު އޭޕްރީލު މަހުގައި ތަންފީޒުކުރުމުން މިއަހަރު %0.8 ހުރި އިންފުލޭޝަން އަންނަ އަހަރު %3.9އަށް މަތިވާނެއެވެ. އެހެންނަމަވެސް ސަރުކާރުން ވިދާޅުވެފައިވަނީ އިންފުލޭޝަން އެއަށްވުރެ ބޮޑަށް މަތިނުވާނެ ކަމަށް ބަލާފައިވަނީ މާލީ އިސްލާހުތަކާއެކު ސަރުކާރުން ރައްޔިތުންނަށް ސީދާ ފޯރުކޮށްދޭ އެހީތެރިކަމާއި ދުނިޔޭގެ ބާޒާރުގައި މިހާރު މުދަލާއި ހިދުމަތުގެ އަގުތައް ހުރި ގޮތަށް ރިއާޔަތްކޮށްކަމުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
