
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރުމުން، ރާއްޖޭގެ އިޤްތިޞާދަށް އިތުރުވި ފައިސާގެ ތެރެއިން 2.1 ބިލިޔަން ރުފިޔާ ނަގާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ. މަރުކަޒީ ބޭންކް އެމްއެމްއޭއިން މިހެން ވިދާޅުވީ، މަނިޓަރީ ސިޔާސަތު ތަންފީޒުކުރުމަށް އެ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. ނިމިދިޔަ ސަރުކާރުން ކޯވިޑުގެ ދުވަސްވަރު ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ޢަމަލުކުރުން މަޑު ޖައްސާލުމަށްފަހު ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، ބޭރު ފައިސާގެ އަގު އިންތިހާއަށް އުފުލިގެންދިޔައެވެ.
މަރުކަޒީ ބޭންކުން ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކޮށް، އެ ފައިސާ ތިން ފަހަރެއްްގެ މަތިން ދިގު މުއްދަތުގެ ބޮންޑުތަކަކަށް ބަދަލުކޮށްފައިވާކަމަށެވެ. މީގެ ސަބަބުން ރުފިޔާ ލިކުއިޑިޓީ ނުވަތަ ބޭންކިން ނިޒާމުގައި ދައުރުވަމުން ދިޔަ ދިވެހި ރުފިޔާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވިކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ. އަދި ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާއި އިޤްތިޞާދުގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު %178 އިތުރުވެފައިކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
މިމައްސަލަ ހައްލުކުރުމަށް، އެމްއެމްއޭއިން ވަނީ އޯޕަން މާކެޓް އޮޕަރޭޝަން ނުވަތަ ޗާޕުކޮށްފައިވާ ފައިސާ އިޤްތިޞާދުން ނެގުމުގެ މަސައްކަތް މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ފައްޓަވާފައެވެ. މިމަސައްކަތުގެ ތެރެއިން އިޤްތިޞާދުގައި ދައުރުވަމުންދިޔަ ޗާޕުކުރި ފައިސާގެ ތެރެއިން 2.1 ބިލިއަން ރުފިޔާ ނަގާފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
ދިވެހި ރުފިޔާ މިހާރުވެސް ބޭންކިން ނިޒާމުގައި އިތުރުވަމުން ދާއިރު، މިދިޔަ ޖޫން މަހުގެ ނިޔަލަށް ބޭންކުތަކުގައި ދިވެހި ރުފިޔާގެ ޑިޕޮސިޓްސް ވަނީ އަހަރުން އަހަރަށް އަޅާ ބަލާއިރު %18 އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ. ދިވެހި ރުފިޔާގެ ޑިޕޮސިޓްތައް އިތުރުވިނަމަވެސް، ބޭރުފައިސާ ޖަމާކުރާ މިންވަރު 2022 ވަނަ އަހަރުން ފެށިގެން އިތުރުވާ މިންވަރު ދަށްވެފައިވާކަން މަރުކަޒީ ބޭންކުން ފާހަގަކުރެއެވެ. އެމްއެމްއޭއިން ވިދާޅުވީ، ބޭންކުތަކަށް ސަރުކާރުން ވިއްކާ ޓީބިލްތަކާއި ބޮންޑުތަކުގައި އިންވެސްޓްކުރުމާއި ގުޅިގެން ރުފިޔާއިން ދޫކުރާ ލޯނު އިތުރުވިކަމަށެވެ. މީގެ ސަބަބުން މިދިޔަ އަހަރު ބޭންކިންގ ނިޒާމުގައި އިތުރަށް ހުރި ރުފިޔާގެ މިންވަރު ދަށްވި ނަމަވެސް، މިއަހަރު މިއަދަދު އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
މި އަހަރުގެ ޖޫން މަހު ބޭންކިންގ ނިޒާމުގެ ތެރޭގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު އެވްރެޖްކޮށް ހުރީ 7 ބިލިއަން ރުފިޔާކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކައެވެ. މިއީ، އަހަރުން އަހަރަށް ބަލާއިރު %2 އިތުރު އަދަދެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރައްވައެވެ. ބޭންކުތަކުން ދޫކުރާ ލޯނުގެ ތެރެއިން ދިވެހި ރުފިޔާގެ ލޯނު ވަރަށް ބޮޑުތަނުން އިތުރުވެފައި ވީނަމަވެސް، ބޭރު ފައިސާއިން ލޯނު ދޫކުރާ މިންވަރު ވަނީ ދަށްވެފައެވެ. މިކަންކަމުގެ ސަބަބުން އިޤްތިޞާދުގައި ދިވެހި ރުފިޔާ އިތުރުވެ ބޭރުފައިސާ މަދުވުމުން، ދިވެހި ރުފިޔާގެ އަގަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންކަމަށް އެމްއެމްއޭއިން ވިދާޅިވިއެވެ.
ރާއްޖެއަކީ ހުޅުވާލެވިފައިވާ އިޤްތިޞާދެއްގެ ތެރެއިން ޒަމާނުއްސުރެ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވާއިރު، ރާއްޖޭގެ ބާޒާރުގެ އަގުތައް ބިނާ ވަނީ ބައިނަލްއަޤްވާމީ ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތަކަށް އަންނަ ކުއްލި ބަދަލުތަކާއި ރާއްޖޭގައި ބޭރު ފައިސާ މާރުކުރާ އަގުތަކަށްކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ. ފައިސާ ޗާޕްކުރުމުން އިޤްތީޞާދަށް އިތުރުވި ފައިސާގެ ނެގުމުގެ މަސައްކަތް އެމްއެމްއޭއިން ފަށާފައިވާއިރު، މިއީ 2014 ވަނަ އަހަރުގެ ފަހުން މިމަސައްކަތް ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަމަށްވެސް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
