
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބޭރުފައިސާގެ ޤާނޫނު ތަންފީޒުވުމާއެކު ރަސްމީ ރިޒާވުން ލޯނު ދެއްކުމަށް ކުރި ޚަރަދު މިދިޔަ އަހަރާއި އަޅާބަލާއިރު %60 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ މަނިޓަރީ ސިޔާސަތު ނުވަތަ ފައިސާއާއިބެހޭ ސިޔާސަތު އެކުލަވާލައި، ތަންފީޒުކުރުމަކީ އެމްއެމްއޭގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ. މިސިޔާސަތު ތަންފީޒުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މި ވޭތުވެ ދިޔަ އަހަރު ތެރޭގައި އަޅާފައިވާ ފިޔަވަޅުތައް ހިއްސާ ކުރައްވާ، އެ ބޭންކުން ވަނީ ރަސްމީ ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ވިދާޅުވެފައެވެ.
ރަސްމީ ރިޒާވަކީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ކަނޑައެޅުމުގައި ބަލާ މުހިންމު މިންގަނޑަކަށްވާއިރު، ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހައްޓަން ޖެހޭ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ މަރުކަޒީ ބޭންކުން ވިދާޅުވީ ކޯވިޑަށް ފަހު، ފަތުރުވެރިކަމުގެ ސިނާޢަތް މަޑުޖެހި ބޭރުފައިސާގެ އާމްދަނީއަށް ބޮޑު އަސަރެއް، ކުރި ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަން ކުރިއަރައި އާމްދަނީ އިތުރުވި ކަމަށެވެ. ނަމަވެސް މިކަމުން ރިޒާވަށް ހެޔޮ ބަދަލެއް ނައިސް، ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އޮތް ޕްރެޝަރު ނުވަތަ ޑޮލަރުގެ އަގު އުފުލިގެން ދިޔަ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކޯވިޑަށް ފަހު ރަސްމީ ރިޒާވް ދިޔައީ ދަށަށް
މަރުކަޒީ ބޭންކުން ވިދާޅުވީ 2022 ވަނަ އަހަރުން ފެށިގެން ތެލައް ކުރާ ޚަރަދު އިތުވެފައިވާ ކަމަށެވެ. އަދި ބޭރުފައިސާ ވިއްކުމުގެ ސިޔާސަތުގެ ދަށުން ބޭރު ފައިސާ ވިއްކި ނިސްބަތް 2022 ވަނަ އަހަރު %33ގައި ހުރިނަމަވެސް މިދިޔަ އަހަރު އެއަދަދު %49އަށް އަރާފައިިވާކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. އަދި އެސްއޯއީތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާ ޑޮލަރު އިތުރުވުމާއި، ވިޔަފާރިތަކާއި އާންމުން ބޭނުންތަކަށް ވިއްކާ ޑޮލަރު އިތުރުވުންވެސް އެމްއެމްއޭއިން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ސަބަބުން 2021 ވަނަ އަހަރުން ފެށިގެން ރިޒާވު ދަށްވަމުން އައިސް 2024 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރަސްމީ ރިޒާވް 371.2 މިލިޔަން ޑޮލަރަށް ވެއްޓުނުކަންވެސް އެމްއެމްއޭއިން ފާހަގަކުރައްވައެވެ. ދައުލަތުގެ ރިޒާވް ދަށްވުމާއެކު، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އިތުރުވެ މިދިޔަ ދެތިން އަހަރު ތެރޭގައި ސަރުކާރަށް ބޭރުން އެހީ ހޯދުމަށް ދަތިވިކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.
ދައުލަތުގެ ރިޒާވް މިހާ ބޮޑަށް ދަށްވެފައިވަނިކޮށް މިކަން ހައްލުކުރަން އެމްއެމްއޭއިން އެޅި ފިޔަވަޅުތަކުން ރަސްމީ ރިޒާވް އިތުވެފައިވާކަމަށާއި، އެގޮތުން މިދިޔަ ޖޫން މަހުގެ އެ ޢަދަދު 832.4 މިލިޔަން ޑޮލަރަށް އިތުރުވެފައިވާކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ. ރަސްމީ ރިޒާވަށް ހެޔޮ ބަދަލުތަކެއް އައުމާއެކު ބޭރުގެ ރޭޓިން އެޖެންސީތަކުން އެންމެ ފަހުން ރާއްޖެއަށް ދިން ކްރެޑިޓް ރޭޓިންވެސް ވަނީ ބަދަލެއް ނުގެނެސް ދަމަހައްޓާފައެވެ. އަދި ރިޒާވްގައި ހުރި މިންވަރު އިތުރުވުމުން، ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ކުރާ ޚަރަދުތައް އިތުރުވެގެން ދިޔަކަން އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރިޒާވް އިތުރުވި ސަބަބުތައް
– ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުވުން
– ބޭރު ފައިސާއާއި ބެހޭ ޤާނޫނު ތަންފީޒުކުރުން
– ސާރކް ފްރޭމްވޯރކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑީއާއެކު ސޮއިކޮށްފައިވާ ކަރަންސީ ސްވޮޕް
އަހަރުން އަހަރަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، މިދިޔަ އަހަރު ރާއްޖެއަށް ލިބުނު ބޭރުފައިސާގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. މީގެ ސަބަބުން، މިއަހަރުގެ ޖުލައި މަހާހަމައަށް ލިބުނު ބޭރުފައިސާގެ އާމްދަނީ މިދިޔަ އަހަރާއި އަޅާ ބަލާއިރު %30 އިތުރުވެފައިކަމަށްވެސް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ބޭރުފައިސާގެ ޤާނޫނުގެ ދަށުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ %90 ވިއްކަމުން ދަނީ އެމްއެމްއޭއަށެވެ. މީގެ ތެރެއިން %50 ރިޒާވް ހަރުދަނާކޮށް، ދަރަނި ދެއްކުމާއި އަސާސީ ބޭނުންތަކަށް ތަކެތި ގަތުމަށް ބޭނުން ކުރެއެވެ. އަދި %40 ކޮންމެ ހަފްތާއަކުވެސް ބޭންކުތަކަށް ވިއްކަމުން ދަނީ ވިޔަފާރިތަކަށް ދޫކުރުމަށެވެ. މިއަހަރު ޖެނުއަރީ މަހު ޤާނޫނު ތަންފީޒުކުރަން ފެށުމުން، ބޭންކުތަކަށް މާރުކުރި ޑޮލަރުގެ ތެރެއިން އެމްއެމްއޭއަށް 247.2 މިލިޔަން ޑޮލަރު ލިބިފައިވާކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުން ދަރަނިތައް ދެއްކުންވެސް ވަނީ އިތުރުވެފައެވެ. މިއަހަރު ޖުލައި މަހުގެ ނިޔަލަށް ދަރަނި ދެއްކުމަށް އެކަނި 212.6 މިލިޔަން ޑޮލަރު ރީޒާވުން ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ޚަރަދާއި ބަލައި %60 އިތުރު އަދަދެކެވެ. ތެލާއި، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށްޓަކައި އެސްޓީއޯއަށް މި މުއްދަތުގައި 274.3 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާކަމަށްވެސް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މަރުކަޒީ ބޭންކުގެ އަމާޒު ހިފާފައިވަނީ ބޭރުފައިސާގެ ޤާނޫނުގެ ތެރެއިން ލިބޭ ބޭރުފައިސާއިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ ނިސްބަތް %50 އަށް އިތުރު ކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
