
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަރްމީނިޔާއާއި އަޒަރްބައިޖާނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައިފިއެވެ. 35 އަހަރަށް ފަހު ދެ ޤައުމުން ސުލްޙައިގެ އެއްބަސްވުމުގައި ސޮއިކޮށްފައި މި ވަނީ އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދެކުނު ކޯކަސަސް ސަރަޙައްދުގެ ދެ ޤައުމު ކަމުގައިވާ އަރްމީނިޔާއާއި އަޒަރްބައިޖާނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައި މި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިއެއްގެ ގޮތުގައި ކުރެއްވި މަސައްކަތުންނެވެ. ޓްރަމްޕާ އެކު ބޭއްވި ބައްދަލުވުމެއްގައި ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔެފާއި އަރްމީނިޔާގެ ބޮޑުވަޒީރު ނީކޮލް ޕަޝީނިޔާނެވެ. ދެކުނު ކޯކަސަސް ސަރަޙައްދުގެ ޤައުމުތަކަކީ ރަޝިޔާގެ ބާރާއި ނުފޫޒު ހިނގާ ޤައުމުތަކެއްގެ ގޮތުގައި ކްރެމްލިނުން ޤަބޫލު ކުރެއެވެ. ނަމަވެސް، އަރްމީނިޔާއާއި އަޒަރްބައިޖާނާ ދެމެދު ސުލްޙަ ޤާއިމު ކޮށްފައި މި ވަނީ އެމެރިކާއިން މެދުވެރިއެއްގެ ގޮތުގައި ކުރި މަސައްކަތުންނެވެ. އެހެންކަމުން، މިއީ އެމެރިކާއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ވޮޝިންގްޓަނުން ޤަބޫލު ކުރާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
“އެއީ ވަރަށް ދިގު މުއްދަތެއް، 35 އަހަރު، އެ މީހުން ހަނގުރާމަ ކުރި ނަމަވެސް މިހާރު އެއީ ރަޙުމަތްތެރިން، އަދި އެ ރަޙުމަތްތެރިކަން އެތަކެއް އަހަރަކަށް ދެމިގެންދާނެ،” ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވިއެވެ. އަރްމީނިޔާއާއި އަޒަރްބައިޖާނާ ދެމެދު ދެބަސްވުންތަކެއް އުފެދި، ހަނގުރާމަ ކުރަން ފަށާފައި ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. އެ ކަން މެދުވެރިވީ، އަޒަރްބައިޖާނުގެ ފަރުބަދަމަތީ ސަރަަޙައްދެއް ކަމުގައިވާ ނަގޯރްނީ-ކަރާބަޚްގައި ދިރިއުޅޭ ރައްޔިތުން އެ ޤައުމުން ވަކިވެ، އަރްމީނިޔާއަށް ތާޢީދު ކުރަން ނިންމުމާ ގުޅިގެންނެވެ. އެއީ، އަރްމީނިޔާއަށް ނިސްބަތްވާ ދަރިކޮޅުތަކުގެ މީހުން ދިރިއުޅޭ ސަރަޙައްދެކެވެ.
2023ވަނަ އަހަރު އަޒަރްބައިޖާނުގެ އަސްކަރިއްޔާއިން ވަނީ ނަގޯރްނީ-ކަރާބަޚް ސަރަޙައްދު އަތުލައި، އެ ޤައުމުގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަޒަރްބައިޖާނުގެ ސިފައިން އެ ސަރަޙައްދަށް އެރުމާ އެކު، އެ ސަރަޙައްދުގައި ދިރިއުޅެމުން ދިޔަ 100,000އެއްހާ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް އަރްމީނިޔާއަށް ހިޖުރަ ކުރިއެވެ. ޓްރަމްޕް ވިދާޅުވީ ސުލްޙައިގެ އެއްބަސްވުމާ އެކު އަރްމީނިޔާއާއި އަޒަރްބައިޖާނުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން އެއްބަސްވެފައިވާ ކަމުގައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކޮށް، ދެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމަށް އިޙުތިރާމު ކުރުމަށް އަހުދުވެފައިވާ ކަމުގައެވެ. ދެ ޤައުމުގެ ދެމެދުގައި މުދާ އުފުލުމަށް ޚާއްޞަ ކޮށްފައިވާ މަގެއް ބިނާ ކުރުމަށް ވެސް އެއްބަސްވުމުގައި ހިމަނާފައިވެއެވެ. ނަމަވެސް، އެ މަގު ތަރައްޤީ ކުރުމުގެ ހުރިހާ ބާރެއް ދޫކޮށްލާފައި ވަނީ އެމެރިކާގެ އަތްމައްޗަށެވެ. ވައިޓް ހައުސުން ބުނީ، އެ މަގާ އެކު ވިޔަފާރި މުދަލާއި ހަކަތައާއި އެހެނިހެން ސާމާނު އުފުލުމަށް ލުއިފަސޭހަވެގެން ދާނެ ކަމުގައެވެ.
މީގެ އިތުރުން، އެ ދެ ޤައުމާއި އެމެރިކާއާ ދެމެދު ވަކިވަކި އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. އެއީ، ހަކަތައާއި، ވިޔަފާރިއާއި، ޓެކްނޮލޮޖީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކެކެވެ. އެ އެއްބަސްވުންތަކާ ގުޅޭ އިތުރު ތަފުސީލު ވައިޓް ހައުސުން ހާމަކޮށްފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
