
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާން ފުޅާކޮށް، އެ ސަހަރު ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރުމަށް ނިންމާ އެ ކަން އިޢުލާނުކުރުމާ ގުޅިގެން، އެ މަސައްކަތުގައި ޔަހޫދީން ޣައްޒާގައި ބޭނުންކޮށްފާނެ އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމަށް ޖަރުމަނުވިލާތުން ނިންމައިފިއެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރު ފްރީޑްެރިޗް މަރޒްގެ ކުއްލި ނިންމުމަކީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާއި، އެ ސަހަރަށް ކުރިމަތިކުރުވާފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތުގެ ސަބަބުން ޔަހޫދީންނާ ދެކޮޅަށް ބަސް ބުނުމަށް ޖަރުމަނުވިލާތުގެ ރައްޔިތުންގެ އިތުރުން އިއްތިޙާދީ ސަރުކާރުގެ ބައިވެރިންގެ ފަރާތުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ.
ޗާންސެލަރު މަރޒް ނެރުއްވި ބަޔާނެއްގައި ވަނީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ޣައްޒާ ގެންދިޔުމަށް ޔަހޫދީން ނިންމާފައިވާ ނިންމުމުގެ ސަބަބުން، ޔަހޫދީން ޣައްޒާގައި ޢުދުވާން ހިންގަމުންދާ މަޤްސަދު ކަމަށް އެ ބައި މީހުން ބުނަމުންދާ ކަންކަން ޙާޞިލް ކުރަން އުނދަގޫވާނެ ކަމަށް ފާހަގަކުރައްވައިފައެވެ. ޖަރުމަންވިލާތަކީ އެމެރިކާއަށް ފަހު ޔަހޫދީންނަށް އެންމެ ގިނަ ޢަދަދަކަށް ހަތިޔާރު ފޯރުކޮށްދޭ ޤައުމެވެ. އައި އެއީ ޔަހޫދީންނަށް އެންމެ ބޮޑަށް މަދަދުވެރިވާ އެއް ޤައުމު ވެސް މެއެވެ. ނަމަވެސް މިދިޔަ ޖޫން މަހު ނެގި ޚިޔާލުހޯދުމުގެ ޕޯލްއަކުން ދައްކާ ގޮތުގައި ޖަރުމަނުވިލާތުގެ ރައްޔިތުންގެ 73 އިންސައްތަ މީހުން ބޭނުން ވަނީ އެ ޤައުމުގެ ހަތިޔާރު ބޭރުކުރުމުގެ އުޞޫލު ހަރުކަށިކުރާށެވެ. 30 އިންސައްތަ މީހުން ޖަރުމަނުވިިލާތުން އެއްވެސް މިންވަރަކަށް ހަތިޔާރު ބޭރު ކުރުމަށް ނޭދެއެވެ.
ޖަރުމަނުވިލާތުގެ ޗާންސެލަރުގެ ނައިބު އަަދި މާލީ ވަޒީރު ލަރސް ކްލިންގބެއިލް ވިދާޅުވީ ހަތިޔާރު ބޭުރުކުރުން މެދުކަނޑައިލުމަށް ނިންމި ނިންމުމަމީ ރަނގަޅު ނިންމުމެއް ކަމަށެވެ. ޣައްޒާގެ އިންސާނީ ޙާލަތަކީ އިންސާނަކަށް ތަޙައްމަލްކުރެވޭ ވަރުގެ ޙާލަތެއް ނޫން ކަމަށް ވެސް އެނާ ވަނީ ސިފަކުރައްވައިފައެވެ. ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް އިންސްޓިޓިއުޓުން ބުނީ 2019ވަނަ އަހަރާއި 2023ވަަނަ އަހަރާ ދެމެދު ޔަހޫދީން އެތެރެކުރި ހަތިޔާރުގެ 30 އިންސައްތަ ފޯރުކޮށްދީފައި ވަނީ ޖަރުމަނުވިލާތުން ކަމަށެވެ. އޭގެ ތެރޭގައި ހަނގުރާމަމަތީ މަނަވަރުތައް ވެސް ހިމެނެއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣަައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މި ހަތިޔާރުތައް ބޭނުންކުރެއެވެ.
ޖަރުމަނިވިލާތުގެ ޤާނުނުހަދާ މަޖިލީހުން މިދިޔަ ޖޫން މަހުގެ ތެރޭގައި ބުނީ 7 އޮކްޓޯބަރު 2023އާއި 13 މެއި 2025އާ ދެމެދު 564 މިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ ސާމާނު ޔަހޫދީންނަށް ފޯރުކޮށްދިނުމަށް އެ ޤައުމުން އެކްސްޕޯޓު ލައިސެންސު ދޫކޮށްފައިވާ ކަމަށެވެ. އޮކްޓޯބަރު 7ގެ ފަހުން ޖަރުމަނުވިލާތުން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދޭ މިންވަރު ވަނީ 10 ގުނަ އިތުރުވެފައެވެ. ޖަރުމަނުވިލާތުން ފޯރުކޮށްދޭ ހަތިޔާރު ޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް ހުއްޓުމެއްނެތި ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ބޭނުންކުރުން އެކަށީގެންވާ ކަމަށް ބުނެ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ވަނީ ޤާނޫނީ މައްސަލަތައް ވެސް ހުށަހަޅައިފައެވެ. ނަމަވެސް އެ ފަދަ އެއްވެސް މައްސަލައެެއް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.
މަރޒް ވިދާޅުވީ ޖަރުމަނުވިލާތުގެ ނިންމުމުގެ ފަހަގަތުގައިވާ އެންމެ މުހިންމު މަޤްސްދަކީ ޙަމާސްގެ ބެލުމުގެ ދަށުގައިވާ އަސީރުން މިނިވަންކޮށް ޢުދުވާން ހުއްޓައިލުމާބެހޭ އެއްބަސްވުމަކާ ހަމައަށް އައުމުގެ އިތުރުން ޣައްޒާގެ ރައްޔިތުންގެ ޙާލަތު ރަނގަޅުކުރުން ކަމަށެވެ. އޭނާ ވަނީ ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އިތުރު ސަރަޙައްދުތައް ފޭރި ނުގަތުމަށް ވެސް ޔަހޫދީންނަށް އިލްތިމާސްކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
