
މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީގެ 9 ކުޅުންތެރިން ހިމެނިއްޖެ އެވެ. ފްރާންސް ފުޓްބޯލް އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނަން އިއްޔެ އިއުލާން ކުރިއިރު މި ލިސްޓުގައި ހިމެނިފައިވާ ޕީއެސްޖީގެ ނުވަ ކުޅުންތެރިންނަކީ އުސްމާން ޑެމްބެލޭ, ޖިއާންލުއިޖީ ޑޮންނަރޫމާ, ޑިސަޔާ ޑުއޭ, އަޝްރަފް ހަކީމީ, ކްވިޗާ ކްވަރަޓްސްކޭލިއާ, ނޫނޯ މެންޑޭޒް, ޖޮއާއޯ ނެވޭސް, ފަބިއަން ރުއިޒް ގެ އިތުރުން ވިޓީނިއާ އެވެ.
ނިމިގެންދިޔަ ސީޒަނުގައި ޕީއެސްޖީ އިން ތިން މުބާރާތް ކާމިޔާބު ކޮށްފައިވާއިރު އެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ޕީއެސްޖީ އިން ވަނީ ފްރެންޗް ލީގުގެ ޗެމްޕިއަންކަމުގެ އިތުރުން ފްރެންޗް ކަޕް ވެސް ހޯދާފަ އެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީ އިން ހޯދި ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ހުރިހާ މުބާރާތެއްގައި އެ ކްލަބަށް 35 ލަނޑު ޖަހައިދިން އުސްމާން ޑެމްބެލޭ އެވެ.
ބެލޮންޑިއޯ އަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ބާސެލޯނާގެ ރަފީނިއާ އާއި ލަމީން ޔަމާލްގެ އިތުރުން ލިވަޕޫލްގެ މުހައްމަދު ސަލާ އާއި މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑް އެވެ. މީގެ ތެރެއިން އުމުރުން 18 އަހަރުގެ ލަމީން ޔަމާލް ވަނީ ކޮޕާ ޓްރޮފީއަށްވެސް ނޮމިނޭޓް ވެފަ އެވެ. ކޮޕާ ޓްރޮފީ އަކީ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
