
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ޔޫއެފާ އިން އިންތިޒާމު ކުރާ މުބާރާތްތަކުގެ އެއް މެޗަށް ސަސްޕެންޑްކޮށް ޖުރިމަނާ ކޮށްފި އެވެ. ނިމިގެންދިޔަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިންޓަރ މިލާން އަތުން 4-3 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވި މެޗުގައި ރެފްރީގެ ނިންމުން ތަކާއި ދެކޮޅަށް ހެންސީ ފްލިކް އާއި އޭނާގެ އެސިސްޓެންޓް މާކާސް ސޯގް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެ މައްސަލަ ޔޫއެފާގެ ޑިސިޕްލިނަރީ ކޮމިޓީ އިން ބެލުމަށްފަހު އިއްޔެ ނިންމާފައިވަނީ ހެންސީ ފްލިކްގެ އިތުރުން މާކަސް ސޯގް އެއް މެޗަށް ސަސްޕެންޑް ކޮށް 20 ހާސް ޔޫރޯ އިން ޖުރިމަނާ ކުރުމަށެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާގެ މި ނިންމުމާއިއެކު ކުރިއަށް އޮތް ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި ކޯޗާއި އެސިސްޓެންޓް ކޯޗަށް ބައިވެރި ނުވެވޭނެ އެވެ. މީގެ އިތުރުން ޔޫއެފާ އިން ވަނީ ބާސެލޯނާގެ ލަމީން ޔަމާލް އާއި ރޮބަޓް ލެވަންޑޯސްކީ ވެސް ޖުރިމަނާކޮށްފަ އެވެ. އެގޮތުން ކޮންމެ ކުޅުންތެރިއެއް ފަސް ހާސް ޔޫރޯ އިން ޖުރިމަނާ ކޮށްފައިވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި އެންޓި ޑޯޕިން އޮފިސަރގެ އެންގުމާއި އެއްގޮތަށް ޑޯޕިން ޓެސްޓް ހެދުމަށް ދިއުން ލަސް ކުރުމާއި ގުޅިގެންނެވެ.
އަދި ބާސެލޯނާގެ ސަޕޯޓަރުން އެ މެޗުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާ 7950 ޔޫރޯ އިން އެ ކްލަބް ވަނީ ޖުރިމަނާކޮށްފަ އެވެ. އޭގެ ތެރެއިން 5250 ޔޫރޯ އަކީ ދަނޑު މައްޗަށް އެއްޗެތި އުކުމުގެ ސަބަބުން އައިސްފައިވާ ޖުރިމަނާ އެކެވެ. އަދި 2500 ޔޫރޯއިން ޖުރިމަނާ ކޮށްފައިވަނީ ފަޔަރވޯކްސް ރޯކުރުމާއި ގުޅިގެންނެވެ. މި މެޗުގައި އިންޓަރ މިލާނުގެ ސަޕޯޓަރުން އާންމުން ހިނގާ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން އެ ޓީމު 22 ހާސް ޔޫރޯ އިން ޖުރިމަނާ ކޮށްފައިވާއިރު ފަޔަރވޯކްސް ރޯ ކުރުމާއި ގުޅިގެން އެ ކްލަބް ވަނީ 11,500 ޔޫރޯ އިން ޖުރިމަނާ ކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
