
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހޮޓަލެއް އަދި ސވިާސް ބިލްޑިން އެއް އެޅުމަށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ބީލަން ހުށަހެޅުމަށް ދައުވަތު ދީފިއެވެ. މި މަޝްރޫއަކީ ހައްޖު ކޯޕަރޭޝަންގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ މާފުށި އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް (އެމްއައިޓީ) ގެ ފަރާތުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ބައިނަލްއަގުވާމީ ވާދަވެރި ބީލަން ކުރުމުގެ އުސޫލު (އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން – އައި.ސީ.ބީ) އާއި އެއްގޮތަށް، ދިވެހިރާއްޖޭގެ މާލީ ގަވާއިދުތަކާއި، މިނިސްޓްރީގެ ގަވާއިދުތަކާއި އެއްގޮތަށެވެ. މި މަޝްރޫއަށް ބިޑްކުރާ ފަރާތްތަކުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކޮންޓްރެކްޓާސް ރެގިއުލޭޝަން، މާލީ މިނިސްޓްރީން ނެރެފައިވާ ކެޕިން ޕޮލިސީ އަދި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ސަމާލުކަން ދޭންޖެހޭނެއެވެ.
ބީލަމަށް ޝައުގުވެރިވާ ފަރާތްތަކުން ހައްޖު ކޯޕަރޭޝަން ލިމިޓެޑްގައި ރަޖިސްޓްރީ ވާންޖެހޭނެއެވެ. ރަޖިސްޓްރީވުމުގެ މުއްދަތަކީ މިއަދުން ފެށިގެން އޮގަސްޓު 13 ގެ ހެނދުނު 15:00 ގެ ކުރިންނެވެ. ރަޖިސްޓްރީވުމަށް އޮންލައިން ފޯމެއް މެދުވެރިކޮށް މައުލޫމާތު ފުރިހަމަ ކުރަން ޖެހޭނެއެވެ. ރަޖިސްޓްރީވުމަށް ފަހު، ފައިސާ ދައްކާނެ މައުލޫމާތު އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ. ރަޖިސްޓްރީވުމަށްފަހު އަނބުރާ ނުލިބޭ ގޮތަށް 30,000.00 ރުފިޔާ ނުވަތަ 2,000.00 އެމެރިކާ ޑޮލަރު 2025 އޮގަސްޓު 13 ވާ ދުވަހުގެ 16:00 ގެ ކުރިން ދައްކަން ޖެހޭނެއެވެ.
ފައިސާ ލިބުމުން، ބީލަމުގެ ފުރިހަމަ ޑޮކިއުމެންޓްތަކާއި ގުޅުންހުރި އެހެނިހެން މައުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. މި މަޝްރޫއަށް ބިޑްކުރާ ފަރާތްތަކުން 800,000.00 ރުފިޔާ (ނުވަތަ އެއާ އެއްވަރުގެ އެމެރިކާ ޑޮލަރު) ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ހުށަހަޅަން ޖެހޭނެއެވެ. މި ބިޑް ސެކިއުރިޓީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހުގެ މުއްދަތަށް ސައްހަ ވާންޖެހެއެވެ.
މަޝްރޫއާ ގުޅޭގޮތުން ސާފުކުރަން ބޭނުންވާ އެއްވެސް ކަމެއް ވާނަމަ، އޮގަސްޓު 20 ވާ ދުވަހުގެ 15:00 ގެ ކުރިން މައުލޫމާތު ސާފުކުރުމަށާއި ހުރިހާ ސުވާލުތަކަށް ދެވޭ ޖަވާބުތައް، ރަޖިސްޓްރީވެފައިވާ ހުރިހާ ބިޑް ކުރާ ފަރާތްތަކާ އޮގަސްޓު 26 ވާ ދުވަހުގެ 15:00 ގެ ކުރިން ހިއްސާ ކުރެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. ހުށަހަޅާ ބިޑްތައް ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހުގެ މުއްދަތަށް ސައްހަވާން ޖެހޭނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
