
ކ. ދިއްފުށިން ފަތުރުވެރިކަމުގެ ބޭނުމަށް 4 ބިމެއް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ބިންތައް ދޫކުރަނީ ދިއްފުށީގައި ފަތުރުވެރިކަމުގެ ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުންނެވެ. ދިއްފުށީ ކައުންސިލުން ވިދާޅުވީ ފަތުރުވެރިކަމަށް ބިން ދޫކުރަނީ އެރަށުގައި ރަށު ފަތުރުވެރިކަމާއި އިޤްތިސާދު ކުރިއެރުވުމަށްކަމަށެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްޤީކޮށް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އެރަށުގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ދިއްފުށިން ފަތުރުވެރިކަމަށް މި ބިންތައް ދޫކުރަނީ 50 އަހަރަށެވެ. މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ. ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ. ބީލަން ހުށައެޅޭނީ 07 އޮގަސްޓް 2025 އިން 14 އޮގަސްޓް 2025 އަށެވެ. ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 12:45 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމް އަދި ފޯމާއި އެކު ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ.
ބީލަންފޮތުގެ އަގަކީ 25،000 ރުފިޔާއެވެ. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 21 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގައި ދިއްފުށީ ކައުންސިލް އިދާރާގައިކަމަށް ވަނީ ވިދާޅުވެފައެވެ. ދިއްފުއްޓަކީ މިހާރުވެސް ރަށު ފަތުރުވެރިކަން ފެށި ފުޅާވަމުން އަންނަ ރަށެކެވެ. މިއީ ގިނަ ދިވެހިންވެސް ޗުއްޓީ ހޭދަކުރަން މިހާރު ދާ ރަށެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
